ދުނިޔޭގެ އައު 7 އަޖައިބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުނިޔޭގެ އައު 7 އަޖައިބު ގެ ގޮތުގައި މުޅިން އަލަށް 7 ތަނެއް ފާހަގަކޮށް އެތަންތަން ހޮވި އިޢުލާން ކުރެވުނީ 7 ޖުލައި 2007 ގައި ޕޯޗުގަލް ގެ ލިޒްބަން ގައެވެ. ސްވިޒްލޭންޑްގައި ގާއިމްކޮށްފައިވާ ނިއުސެވެން ވޮންޑާރސް ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން ދުނިޔޭގެ އައު 7 އަޖައިބު ހޮވުމަށް ހިންގި ޕޯލްގައި 100 މިލިއަނެއްހާ މީހުން ފޯނުންނާއި އިންޓަނެޓް މެދުވެރިކޮށް ވޯޓް ދީފައި ވެއެވެ.

ދުނިޔޭގެ އައު 7 އަޖައިބު ގެ ލިސްޓްގައި ހިމެނުމަށް 177 ތަނެއް 24 ނޮވެމްބަރ 2005 ގައި ލިސްޓް ކުރެވުނެވެ. އަދި މިލިސްޓްގެ އަދަދު 20އަށް 1 ޖެނުއަރީ 2006ގައި ތިރިކުރެވުނެވެ. މިބުނި 20 ތަނަކީ ދުނިޔޭގެ އައު 7 އަޖައިބު ހޮވުމަށް ވޯޓްނެގި ފައިނަލް މަރުހަލާގައި ވޯޓް ދެވުނު 20 ތަނެވެ.ޔު

އަލަށްހޮވުނު ދުނިޔޭގެ އައު 7 އަޖައިބު[އުނިއިތުރު ގެންނަވާ]

ޗީޗެން އީޓްސާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗީޗެން އީޓްސާ

ޗީޗެން އީޓްސާ އަކީ މެކްސިކޯގެ ޔުކާޓަން ސްޓޭޓްގެ ޔުކާޓަން ޕެނިންސޫލާގެ އުތުރު ސަރަހައްދުގައި ހުންނަ އާޘާރީ ބިނާއެކެވެ. މިއީ މާޔާ ސިވިލައިޒޭޝަން ގެ ދުވަސްވަރު ބިނާކޮށްފައިވާ ބިނާއެކެވެ. އަދި މިއީ 2007 ވަނަ އަހަރު ގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އިޢުލާންކުރި ދުނިޔޭގެ އައު 7 އަޖައިބުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ބުނެވޭގޮތުގައި ޗީޗެން އީޓްސާ ގެ މާނައަކީ އީޓްސާ ވަޅުގެ އަނގަމަތި މިއެވެ. އީޓްސާ އަކީ ޔުކާޓަން ޕެނިންސޫލާގެ އުތުރުގައި އުޅުނު ދަރިކޮޅެއްގެ ނަމެވެ. ޗީ ގެ މާނައަކީ އަނގަ ނުވަތަ ދާރަ އެވެ. ޗެން ގެ މާނައަކީ ވަޅު އެވެ.

ކްރައިސްޓް ދިރިޑީމަރގެ ބުދު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކްރައިސްޓް ދިރިޑީމަރގެ ބުދު

ކްރައިސްޓް ދިރިޑީމަރގެ ބުދު އަކީ ބްރެޒިލްގެ ރިއޯޑީ ޖެނެއިރޯގައި ހުންނަ ބުދެކެވެ. މިބުދުގެ ދިގުމިނުގައި 120 ފޫޓް ހުންނައިރު ، ބަރުދަނުގައި 635 ޓަން ހުރެއެވެ. މިބުދު ހުންނަނީ ތިޖޫކާ ފޮރެސްޓް ނެޝަނަލް ޕާރކްގައިވާ 700 މީޓަރުގެ އުސްމިން ހުންނަ ކޯކޮވާޑޯ ފަރުބަދައިގެ އެންމެ މަތީގައެވެ. ބުނެވޭގޮތުގައި މިއީ މިވައްތަރުގެ ދުނިޔޭގައި ހުރި އެންމެ ދިގު ބުދެވެ. މަސީޙީ ދީންގެ ނިޝާން ދައްކައިދޭ މިބުދު ރިއޯޑީ ޖެނެއިރޯ އަދި ބްރެޒިލްގެ ރަމްޒެއްގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ.

ކޮލީޒިއަމް އެމްފިތިއޭޓަރ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކޮލީޒިއަމް އެމްފިތިއޭޓަރ


ޗައިނާގެ ބޮޑު ފާރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗައިނާގެ ބޮޑު ފާރު

ޗައިނާގެ ބޮޑު ފާރަކީ ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ފެށިގެން މީލާދީގެ 16 ވަނަ ގަރުނާއި ދެމެދު ޗައިނާގެ އުތުރު ސަރަހައްދީ ބޯޑަރުގައި ބޭރުގެ ޙަމަލާތަކުން ޗައިނާ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ބިނާކުރެވުނު ފާރެކެވެ. ޗައިނާގެ ބޮޑު ފާރުގެ ތެރޭގައި ގުނާލެވޭ ފާރުގެ އެތަކެއް ބައިތަކެއް ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ބިނާކުރަމުން އައިސްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު ބައި ބިނާކުރެވިފައިވަނީ ޢީސާގެ ފާނުގެ ކުރިން 200 ވަނަ އަހަރާއި، 220 ވަނަ އަހަރާއި ދެމެދު އޭރު ޗައިނާގެ ރަސްކަލަކަށް ހުރި ޗިން ޝީ ހުއަންގ އެވެ. ފާރުގެ މިބައި ބިނާކޮށްފައިވަނީ މިހާރު ފެންނަށް ހުރި ފާރަށްވުރެ މާ އުތުރު ގައެވެ. މިހާރު ފެންނަށް ހުރި ފާރު ބިނާކޮށްފައިވަނީ މިންގ ދަރިފަސް ކޮޅުގެ ފަރާތުންނެވެ.

މާޗޫ ޕީކްޗޫ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މާޗޫ ޕީކްޗޫ

މާޗޫ ޕީކްޗޫ އަކީ ޕެރޫގައި ކަނޑުގެ ސަތަހައަށްވުރެ 2400 މީޓަރު އުހުގައި އޮންނަ ފަރުބަދަ މަތީ ހިސާބެކެވެ. ނުވަތަ ރަށެކެވެ. މިތަން އޮންނަނީ ޕެރޫގެ އުރުބަމްބާ ވާދީގެ އެއްފަޅީގައި އޮންނަ ފަރުބަދަ ތަކުގެ ތެރޭގައެވެ. މިތަން އޮންނަނީ އުރުބަމްބާ ކޯރު އޮންނަ ކަސްކޯގެ ހުޅަގު އުތުރުން 50 މޭލު ދުރުމިނުގައެވެ. މިރަށަށް ނުވަތަ މިހިސާބު ގަނޑަށް އިންކަސް ގެ ގެއްލިފައިވާ ރަށް މިހެން ކިޔައި އުޅެއެވެ. އިންކާ ރަސްކަމުގެ އެންމެ މުހިއްމު އެންމެ އާންމު ރަމްޒު ކަމުގައި ބެލެވޭ ތަނަކީ މާޗޫ ޕީކްޗޫ އެވެ.

ޕެޓްރާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެޓްރާ

ޕެޓްރާ އަކީ ދުނިޔޭގެ އައު 7 އަޖައިބުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިއީ އުރުދުންގެ މައާން ގައިވާ އަރަބާ އޭ ކިޔުނު ވާދީގައިވާ އާޘާރީ ތަނެކެވެ. ގަލުން ކަނޑައި ނެގިގެން ހަދާފައިވާ މިތަން ފުރަތަމަ ހޯދާފައިވަނީ 1812 ވަނަ އަހަރު ސްވިޒްލޭންޑްގެ މީހެއް ކަމުގައިވާ ޖޯހަން ލުޑްވިގް ބާރކަޓް އެވެ. އަރަބާ ވާދީގެ އިރުމަތީ ބިތުގައިވާ މިތަން މަޝްހޫރު ވެފައިވަނީ މިތަން ހެދުމުގެ ބޭނުންކުރެވިފައިވާ ގަލުން ބިންވަޅު ކަނޑައި ނެގުމުގެ ފަރުމާގެ ސަބަބުންނެވެ. ދުނިޔޭގެ އާޘާރީ ތަރިކައެއްގެ ގޮތުގައި ބަލައި ރައްކާކުރެވޭނެ ތަނެއްގެ ގޮތުގައި ޔުނެސްކޯއިން ޕެޓްރާ ކަނޑައެޅީ 1985 ވަނަ އަހަރު އެވެ.

ތާޖް މަޙަލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތާޖް މަޙަލް

ތާޖް މަޙަލް (ހިންދީން: ताज महल) އަކީ ހިންދުސްތާން ގެ އާގަރާ ގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.