ކަންފަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަޑު އެހުމުގެ ހިއްސު ފުރިހަމަ ކޮށްދެނީ ކަންފަތުގެ އެހީގައެވެ. ކަންފަތް ބެހިފައިވާ ބައިތައް

ކަންފަތުގެ ބޭރުބައި[އުނިއިތުރު ގެންނަވާ]

ކަންފަތުގެ ބޭރު ބައިގައި ހިމެނެނީ ހަށީގަނޑުން ބޭރުން ކަންފަތުން ފެންނަ އިންނަ ބަޔާއި، ކަންފަތުގެ ފޫޅުގެ އިތުރުން ކަންފަތުގެ ހޮއިން ކަންފަތުގެ ތޫރީގެ ބޭރު ފަށަލަ އާއި ހަމައަށްވާ ބައެވެ.

ކަންފަތުގެ މެދުބައި[އުނިއިތުރު ގެންނަވާ]

ކަންފަތުގެ މެދުބަޔަކީ ކަންފަތުގެ ބޭރު ބަޔާއި، ކަންފަތުގެ އެންމެ އެތެރޭގެ ބަޔާއި ދެމެދުގައިވާ ހިސާބެވެ. މިހިސާބުގައި ހުންނަނީ ކަންފަތުގައި ހުންނަ ކުދި ކަށިކޮޅުތަކާއި، އެތެރޭގައި ވައި-ހަރުލާފައި ހުންނަ "ކަންފަތުގެ ތޫރިގެ މަގާއި، އޮޑިޓަރީ ޓިއުބް އަދި ރައުންޑް ވިންޑޯ އާއި އޯވަލް ވިންޑޯ އެވެ. ކުދިކަށިކޮޅުތައް ހިފަހައްޓައިދޭ އެއްސުންތައް ނޫނީ ލިގަމެންޓްތައް ވެސް ކަންފަތުގެ މެދުބައިގައި ހުރެއެވެ. ކަންފަތަށް ވަންނަ އަޑު ކަންފަތުގެ ތޫރިއަށް ވާޞިލްވުމުން އެއަޑުތައް ބަލައިގަނެ، ދެނެގަނެ، އެއަޑުތައް ކަންފަތުގެ އެތެރޭ ބަޔަށް ފޮނުވައިދެނީ މިހިސާބުގައި ހުންނަ ކުދި ކަށިކޮޅުތަކުންނެވެ. އެގޮތުން މިހިސާބުގައި ހުންނަ ކަށިކޮޅުތަކުގެ ތެރޭގައި 'ސްޓެޕީސް"، އިންކަސް"'، އަދި މެލިއަސް" ހިމެނެއެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ކުޑަ ކަށިކޮޅަކީ ކަންފަތުގެ މެދުބައިގައި އިންނަ ސްޓެޕީސް އޭ ކިޔާ ކަށިކޮޅެވެ. ކަންފަތާއި ކަރުގުޅުވައިދޭ ހޮޅި "ޔޫސްޓެޗިއަން ޓިއުބް" ކަންފަތަށް ގުޅިފައިވަނީ ވެސް ކަންފަތުގެ މެދުބައިންނެވެ.

ކަންފަތުގެ އެތެރޭ ބައި[އުނިއިތުރު ގެންނަވާ]

ކަންފަތުގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

ކަންފަތުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އަޑުއިވުމުގެ ހިއްސު ގެނެސްދިނުމާއި ހަށިގަނޑުގެ ހަމަ ހިފެހެއްޓުމެވެ

Anatomy of the human ear. (The length of the auditory canal is greatly exaggerated in this image)