ދިދަ ބިބީ: Difference between revisions
m r2.7.2+) (ރޮބޮޓ ބަދަލު ގެނައުނ: nl:Schoolwimpelvis |
m r2.7.2) (ރޮބޮޓ އިތުރު ކުރުނ: af:Skool-koetsier |
||
ފޮޅުވަތް 10: | ފޮޅުވަތް 10: | ||
[[Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް]] |
[[Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް]] |
||
[[af:Skool-koetsier]] |
|||
[[en:Schooling bannerfish]] |
[[en:Schooling bannerfish]] |
||
[[fi:Sysiviirikala]] |
[[fi:Sysiviirikala]] |
12:18, 5 އެޕްރީލް 2012ގެ ނުސްހާ
ދިދަ ބިބީ(ސައިންޓިފިކް ނަން: Heniochus diphreutes)ނުވަތަ (އިނގިރޭސި ބަހުން: Schooling bannerfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ދިދަ މަހަކީ ބިބީ އާއި ވަރަށް އެއްގޮތް މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހުންނަ ހަރުކަށި ތަކުގެ އަދަދު މިދެމަހުގައި ތަފާތެވެ. ދިދަ ބިބީގައި އެއްކަށި އިތުރުވާނެއެވެ. މިއީ ފީނުންތެރިންނަށް މިދެމަސް ވަކިކުރަން އުދަގޫވާ ސަބަބެވެ. ކަރުތާފަތާއި ދިމާ ތިރިން މަހުގެ ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބައި ދިގުވާނެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބައިގެ ހަރުކަށިތައް ހުންނަ ހިސާބު ހުންނަނީ ހުދުކުލައިގައި ކަމުން މިމަސް ފީނުންތެރިންނަށް އަޑީގައި އުޅޭއިރު ދެނެގަތުމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ.
މިމަހަށް ދިދަ ބިބީ ކިޔާފައިވަނީ ދިދަމަސް ބިބީ އާއި ވަރަށް ގިނަ ގޮތްގޮތުން އެއްގޮތް ކަމަށް ވުމާއެކު، ދިވެހިންގެ ތެރޭގައި މިފަދަ މަސްމަހަށް ދިދަމަސް ކިޔާ އުޅޭތީ އާއި އެކުގައެވެ. މިއީ ބޮޑެތި އައިން ހަދައިގެން ކަނޑުގެ މެދުގެ ފުން ހިސާބުތަކުގައި އޮއިމައްޗަށް ނިކުމެއުޅޭ މަހެކެވެ. މިމަސް ބޮޑެތި އައިން ހަދައިގެން ކަނޑުތެރޭ ދިރިއުޅޭ ކުދިކުދި ފަނިފަކުސަ ކެއުމަސް އޮއިމައްޗަށް ނިކުމެއުޅެއެވެ. މިއީ ގާތްގަނޑަކަށް 8 އިންޗި އަށް ބޮޑުވާ މަހެކެވެ.
މަހުގެ މަތީ ކޮތަރިބައިގައި ހަރުކަށީގެ 12 ނުވަތަ 13 ކައްޓާއި، އަދި 23 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ދެފަރާތުގައި ވަރަށް ފުޅާކޮށް ހުންނަ ކަޅުކުލައިގެ ދެރޮނގު ކައްޗަށް ހުރެއެވެ. މަތީ ކޮަތަރިބަޔާއި، ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ.