ލޭމަދުވުން: Difference between revisions
Content deleted Content added
m r2.7.1) (ރޮބޮޓ ބަދަލު ގެނައުނ: su:Anémia |
m r2.7.1) (ރޮބޮޓ ބަދަލު ގެނައުނ: ps:وينه لږی |
||
ފޮޅުވަތް 68: | ފޮޅުވަތް 68: | ||
[[no:Anemi]] |
[[no:Anemi]] |
||
[[pl:Niedokrwistość]] |
[[pl:Niedokrwistość]] |
||
[[ps: |
[[ps:وينه لږی]] |
||
[[pt:Anemia]] |
[[pt:Anemia]] |
||
[[ro:Anemie]] |
[[ro:Anemie]] |
21:39, 22 ޖެނުއަރީ 2012ގެ ނުސްހާ
ލޭމަދުވުން (އިނގިރޭސި ބަހުން: Anemia) އަކީ ލޭ ޓެސްޓު ކުރާއިރު ލޭގައި ހުންނަންވާ މިންވަރަށްވުރެ ލޭގައި ހިމެނޭ ދަގަނޑުގެ ބައި ނުވަތަ ހިމަގްލޯބިން ދަށްކޮށް ހުރުމެވެ. ލޭގައި ދައުރުކުރާ އެއްބަޔަކީ ލޭގެ ރަތް ސެލް އެވެ. ހިމަގްލޯބިން އަކީ ލޭގެ މިރަތް ސެލް ތަކުގައި ދަގަނޑުގެ ބަޔާއި އޮކްސިޖަން ހަށިގަނޑުގެ ބައިތަކަށް އުފުލައިދޭ މާއްދާ އެވެ. ލޭމަދުވުމުގެ އަސަރު ލޭގައި އެކުލެވޭ ސެލްތަކުން ދޭހަކޮށްދޭނެ އެވެ.
އަލާމާތްތައް
- ބޯއެނބުރުން
- އަބަދުވެސް ނިދިއައިސްފައި ހުންނަހެން ހީވުން
- ވަރުބަލިވުން
- ނޭވާ ކުރުވުން
- އަވަސް އަވަހަށް ރުޅިއަންނަ ގޮތްވެ ހާސްވާގޮތްވުން
- އާންމު ޢަލާމާތްތައް: އާދަޔާ ޚިލާފަށް ވަރުބަލިވުން، ކުޑަކުދިން ބޮޑުނުވުން ފަދަ ކަންތައްތަކަކީ ލޭމަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ބައެއް އާންމު އަލާމާތްތަކެވެ. ލޭމަދުވެފައި ހުރިކަން އެނގޭނެ އާންމު ނިޝާނަކީ ހަންގަނޑުގެ ކުލަ ދޮންފޫޑުވުން އެވެ. މިގޮތުން އަތްތިލަ، ތުންފަތް، ނިޔަފަތީގެ ބުނޑުން ވަރަށް ރީތިކޮށް ދޮންފޫޑުކަން ފެންނަން ހުންނާނެއެވެ.
- ހިތާއި ލޭހޮޅިތަކުގެ ނިޒާމް: ކަމެއްކޮށްލުމާއެކު ނޭވާކުރުވުން، ހިތުގެ ވިންދު އަވަސްވުން، މޭގައި ރިހުން، އަދި ދޭތެރެއަކުން ފައިގެ ކުޑަކަޅުވާގައި ރިހުން، އަދި ހިތް ފޭލްވުން ފަދަ ކަންކަމަކީ ލޭމަދުވުމުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ނިޒާމް އަށް ދިމާވެދާނެ ބައެއް ކަންތައްތަކެވެ. ލޭމަދުވެފައިވާކަން އެނގޭނެ ނިޝާން ތަކުގެ ތެރޭގައި ހިތުގެ އަޑުތަކުގެ ބާރުގަދަވުން، 3 ވަނަ ހިތުގެ އަޑު އިވުން، ކަށިގަނޑު އަޅައިގެން ދެނެގެނެވޭ ބައެއް އެހެން އަޑުތައް އިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
- ނާރުތަކުގެ ނިޒާމް: ބޮލުގައި ރިހުން، ބޯއެނބުރުން، ކަންފަތުން އަޑުގޮވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ހޭނެތުން، ކަންކަމަށް ފަރުވާ ނުބެހެއްޓުން، އަތްފައި އައްސިވުން ފަދަ ކަންކަމަކީ ލޭމަދުވުމުގެ ސަބަބުން ނާރުތަކުގެ ނިޒާމް އަށް ދިމާވެދާނެ ބައެއް ކަންތައްތަކެވެ.
- އެހެނިހެން: ލޭމަދުވުން ފެނިދާނެ އެހެނިހެން އަލާމާތްތަކުގެ ތެރޭގައި މާގިނައިން ކުޑަކަމުދާންޖެހުން، މައްސަރު ކަންތަކަށް ބުރޫއެރުން، އަދި ޖިންސީ ގުނަވަން ވަޅޯވުން ފަދަ ކަންތައްތައް ހިމެނެއެވެ. ފައި ފޮއްސިވުން އަކީ ވެސް ވަރަށްގިނައިން ދިމާވާ ކަމެކެވެ.
ނުރައްކާތައް
- ބައިގެންދިއުން
- ދުވަސްނުފުރާ ވިހެއުން
- ވިހެއުމާއި ވިދިގެން ގިނައިން ލޭފޭބުން
- ވިހެއުމަށްފަހު ހަށިގަނޑު އަނބުރާ ކުރިން ހުރިގޮތަށް ގެންނަން އުދަގޫވުން
ދެނެގަތުން
ލޭމަދުވާނަމަ ލޮލުގެ ތިރީ ކައިރީގައި އަތް ޖައްސާފައި ތިރިއަށް ދަމާލުމުން އެތެރެ ރަތްކޮށް ހުރުމުގެ ބަދަލުގައި ހުންނާނީ ވަރަށް ހުދުކޮށެވެ. ނުވަތަ މަޑު ފިޔާތޮށި ކުލައިގައެވެ. އަތްތިލައިގެ ހުދުހަން ބަލައިލުމުން ވެސް މިކަން ފާހަގަ ވާނެއެވެ.