ތިރިއަށްފައިބާ ފަލަ ގޮހޮރު: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: es:Colon descendente
ފޮޅުވަތް 38: ފޮޅުވަތް 38:


[[en:Descending colon]]
[[en:Descending colon]]
[[es:Colon descendente]]
[[it:Colon discendente]]
[[it:Colon discendente]]
[[pl:Zstępnica]]
[[pl:Zstępnica]]

09:18, 9 ޖެނުއަރީ 2011ގެ ނުސްހާ

ތިރިއަށްފައިބާ ފަލަ ގޮހޮރު
Front of abdomen, showing surface markings for liver, stomach, and great intestine. (Descending colon visible at center right, in blue.)
The duodenum and pancreas. (Descending colon visible at lower right.)
Latin colon descendens
Gray's subject #249 1181
Artery Left colic artery
Precursor Hindgut
MeSH Colon,+Descending
Dorlands/Elsevier c_47/12249871


ތިރިއަށްފައިބާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Descending colon) އަކީ ފަލަ ގޮހޮރުގައި ހުރަސް ފަލަ ގޮހޮރު ނިމިގެން ތިރިއަށް ގޮސް، ސިގްމޮއިޑް ގޮހޮރުގެ ފެށުމާއި، ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ.


ތިރިއަށްފައިބާ ފަލަ ގޮހޮރު ކުރިމަތިންނާއި އަރިމަތިން އިންނަނީ ޕެރިޓޯނިއަމް(އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި ކުރިމަތިންނާއި އަރިމަތިން ތިރިއަށްފައިބާ ފަލަ ގޮހޮރު އިންނަނީ އެންޓިރީއާ އެބްޑަމިނަލް ވޯލް(އިނގިރޭސި ބަހުން: Anterior abdominal wall)ގެ މަސްތަކުގައި ޖެހިފައެވެ. ނަމަވެސް އެންޓިރީއާ އެބްޑަމިނަލް ވޯލް އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ވަކިކޮށްދޭ ހުރަހެއް ލެވިފައި ވެއެވެ. އެއީ ކުޑަ ގޮހޮރުގެ ކޮއިލް ތަކާއި، ގްރޭޓަރ އޯމެންޓަމް(އިނގިރޭސި ބަހުން: Greater Omentum) އެވެ.


ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ފުރަގަސް ނުވަތަ ފަހަތް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެއް ނުވެއެވެ. އަދި ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ މަތިން ތިރިއަށް ވާގޮތަށް އަންނަނިވި ބައިތަކުގެ މަތީގައި ޖައްސާލައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. އެބައިތަކަކީ ވާތު ގުރުދާގެ ތިރީބައި، ކޯޑްރޭޓަސް ލަމްބޯރަމް،އިލިއެކް ކްރެސްޓް، އިލިއަކަސް މަސްގަނޑު، އަދި ސޯސް މޭޖަރ މަސްގަނޑު އެވެ. މިބުނި ބައިތަކާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ވަކިކުރުމަށް އެދެމެދުން އަންނަނިވި ބައިތައް ގޮސްފައި ވެއެވެ. އެއީ ސަބްކޯސްޓަލް ލޭހޮޅިތައް، ސަބްކޯސްޓަލް ނާރު، އިލިއޯ ހައިޕޯގެސްޓްރިކް ނާރު، އިލިއޯއިންގްއައިނަލް ނާރު، ފަލަސްމަސްގަނޑުއަށް ގޮސްފައި ލެޗުރަލް ކިޔޫޓެނިއަސް ނާރު، ފެމޯރަލް ނާރު، ޖެނިޓޯ ފެމޯރަލް ނާރު، އަންހެނުންގެ ނަމަ ބިސްރަވަ އަށް ގޮސްފައިވާ ލޭހޮޅިތައް، ފިރިހެނުންގެ ނަމަ އޮށް އަށް ގޮސްފައިވާ ލޭހޮޅިތައް، އަދި އެކްސްޓަރނަލް އިލިއެކް އާޓަރީ އެވެ.


ތިރިއަށްފައިބާ ފަލަ ގޮހޮރު އަށް ލޭފޯރުކޮށްދެނީ ވާތު ކޮލިކް އާޓަރީ އިންނެވެ.