އޮށް: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: kk:Жұмалақ
m ރޮބޮޓ އިތުރު ކުރުނ: be:Яечкі
ފޮޅުވަތް 64: ފޮޅުވަތް 64:
[[ar:خصية]]
[[ar:خصية]]
[[arc:ܐܫܟܐ]]
[[arc:ܐܫܟܐ]]
[[be:Яечкі]]
[[bg:Тестис]]
[[bg:Тестис]]
[[bn:শুক্রাশয়]]
[[bn:শুক্রাশয়]]

02:58, 22 ނޮވެމްބަރު 2010ގެ ނުސްހާ

އޮށް(އިނގިރޭސި ބަހުން: Testicle) އަކީ އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. ކޮންމެ އުރަވަޅި އެއްގެ ތެރޭގައި ދެ އޮށް އޮވެއެވެ. ދަރިފަނި ނުވަތަ މަނި އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. ސަބަބަކީ އޮށަކީ ވަރަށް ނާޒުކު އެއްޗަކަށް ވާތީއެވެ.

ބޮޑުވެ ފުރިހަމަވުން

އޮށުން ދަރިފަނި އުފައްދަން ފެށުމާއެކު އޮށްވެސް ބޮޑުވާން ފަށައެވެ. ބާލިޣު ވުމަށްފަހު އޮށުގެ ސައިޒު އޭގެ ކުރިން ހުންނަ ވަރަށްވުރެ 500 ގުނަ މަތިވެގެން ދެއެވެ. އެވްރެޖް މީހެއްގެ އޮށުގެ ދިގުމިނުގައި 2 އިންޗި، ފުޅާ މިނުގައި 0.8 އިންޗި، އަދި ވަށަމިނުގައި 1.2 އިންޗި ހުރެއެވެ.


އިންނަ ގޮތް

އެއް އޮށަށްވުރެ އަނެއް އޮށް ތިރީގައި އިނުމަކީ ޢާންމު ކަމެކެވެ. މިގޮތުން ކަނާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރުމާއި ވާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރި ނިސްބަތް ބަލާއިރު ދެބައި ހަމަހަމަކަމަށް ދިރާސާތަކުން ދައްކައެވެ. މާނައަކީ 50 އިންސައްތަ މީހުންގެ ކަނާތު އޮށް ތިރީގައި އިންނައިރު އަނެއް 50 އިންސައްތަ މީހުންގެ ވާތު އޮށް ތިރީގައި އިނުމެވެ.

ފިރިހެނާގެ އުރަވަޅީގެ ތެރޭގައި ދެއޮށް

ވަޒީފާ

  • މަނި ނުވަތަ ދަރިފަނި އުފެއްދުން
  • ފިރިހެނާގެ ޖިންސީ ހޯރމޯން ޓެސްޓޯސްޓަރޯން އުފެއްދުން

މަނި ބޭރުކުރުމާއި، ޖިންސީ ހޯރމޯން އުފެއްދުން ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ދަށުގައިވާ ޕިޓޫޓަރީ ގްލޭންޑް އިން ބޭރުކުރާ ގޮނާޑޯޓްރޮޕިކް ހޯރމޯން ތަކުގެ ސަބަބުންނެވެ.

  • ލިއުޓިނައިޒިންގ ހޯރމޯން (LH)
  • ފޮލިކިއުލަރ-ސްޓިމިއުލޭޓިންގ ހޯރމޯން (FSH)

ސައިޒު

އޮށުގެ ސައިޒު ދެގޮތަކަށް ބެލެއެވެ.

  • އޮށުގެ ބޮޑު މިން އެއާއި އެއްވަރު އެލިޕްސޮއިޑް އަކާ އަޅާކިޔައިގެން ސައިޒު ބެލުން (އޯކިޑޯމީޓަރު)
  • އޮށުގެ ވަށަމިން، ފުންމިން، ދިގުމިން ފަތިގަނޑެއް، ކެލިޕަރ އެއް ނުވަތަ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ބެލުން. މިގޮތުން ލިބޭ ނަތީޖާތައް ވަކި ފޯރމިއުލާއެއް ބޭނުންކޮށްގެން ކަލްކިއުލޭޓް ކުރުން

އޮނިގަނޑު

ޑަކްޓް ސިސްޓަމް

އޮށުގެ ވަށައިގެން ލެވިފައިވާ ޓޫނިކާ އަލްބުޖިނީއާ(Tunica albuginea) ގެ އެތެރެއިން އޮޅިފައިވާ ތުނިތުނި ހޮޅިތަކެއް ވެއެވެ. މިއީ މަނި އުފައްދާ ހޮޅި(Seminiferous tubules) ތަކެވެ. މިހޮޅިތަކުގެ ކައިރިފަށުގައި ވަށައިގެން ލެވިފައިވާ ސާރޓޯލީ ސެލް(Sertoli cell) ތަކުން ބާލިޣުވުމުން ފެށިގެން ގޮސް މުސްކުޅި ވަންދެން މަނި ސެލްތައް އުފައްދައެވެ. މިހޮޅިތަކުގައި އުފެދޭ މަނި ރީޓީ ޓެސްޓިސް އަށް ވާޞިލްވެ، އެއަށްފަހު އިފެރެންޓް ޑަކްޓްތައް ހުރަސްކޮށް މަނި ގުދަނަށް ވާޞިލްވެއެވެ. އަދި މަނިގުދަނުގައި މަނިތައް އިތުރަށް ފުރިހަމަވެއެވެ. އެއަށް ފަހު މަނިހޮޅި އަށް ވާޞިލްވެއެވެ. އަނި މަނިބޭރުވުމުގެ ތެރޭގައި ކުޑަކަމުދާ ހޮޅީގެ ތެރެއިން ކުޑަކަމުދާ ހޮޅީގެ ދޮރުން ލާފައި މަނިތައް ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ކުރިން ބުނި މަނި އުފައްދާ ހޮޅިތަކުގެ ދެމެދުގައި ލީޑިގް ސެލް(Leydig cell) ހުރެއެވެ. މިސެލްތަކުން ޓެސްޓޯސްޓަރޯން އަދި އެންޑްރޯޖަން އުފައްދައެވެ.


ލޭ އަދި ލިމްފްގެ ދައުރުކުރުން

އޮށަށް ލޭ ފޮނުވާ ގޮތާއި ލިމްފް އައިސްފައިވާގޮތް އުރަވަޅި އާއި ތަފާތެވެ.

  • އޮށަށް ލޭ ފޮނުވައިދޭ ލޭހޮޅި ތައް ކަމުގައިވާ ޓެސްޓިކިއުލާރ އާޓަރީ ތައް އައިސްފައިވަނީ ސީދާ އެބްޑޮމިނަލް އައޯޓާ(Abdominal aorta)އިންނެވެ. އެކަމަކު އުރަވަޅި އަދި މިހިސާބުގައި ހިމެނޭ އެހެން ބައިތަކަށް ލޭ ފޮނުވައިދެނީ އިންޓާރނަލް ޕިއުޑެންޑަލް އާޓަރީ(Internal pudendal artery) އިންނެވެ.
  • އޮށުން ލިމްފް ތައް ދަތުރުކުރަނީ ޕެރައައޮޓިކް ލިމްފް ގޮށް(Paraaortic lymph node)ތަކަށެވެ. އަދި އުރަވަޅިން ލިމްފް ތައް ދަތުރުކުރަނީ އިންގުއައިނަލް ލިމްފް ގޮށް(Inguinal lymph node) ތަކަށެވެ.

ބަލީގެ ޙާލަތްތައް

އޮށަށް ކުރިމަތިވާ ޢާންމު ޞިއްޙީ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • އޮށުގެ ކެންސަރު
  • އޮށުގައި ފެންޖަމާވެ ދުޅަވުން
  • އޮށް ދުޅަވުން
  • އޮށުގެ ލޭހޮޅިތައް ދުޅަވެ ފުއްޕުން
  • މަނިގުދަން ދުޅަވުން
  • ސްޕަމެޓިކް ކޯޑް ޓޯޝަން ކުރިމަތިވުން

އިތުރު ފޮޓޯތައް

އަދިވެސް ބައްލަވާ ލައްވާ