ފީފާ ވޯލްޑް ކަޕް 2010: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ast:Copa del Mundiu de 2010
m ރޮބޮޓ އިތުރު ކުރުނ: nds:Football-Weltmeesterschop 2010
ފޮޅުވަތް 212: ފޮޅުވަތް 212:
[[my:၂၀၁၀ ဖီဖာ ကမ္ဘာ့ဖလား]]
[[my:၂၀၁၀ ဖီဖာ ကမ္ဘာ့ဖလား]]
[[nah:Cemānāhuac tlāhuāntli ītech neīcxitapayolhuiliztli 2010]]
[[nah:Cemānāhuac tlāhuāntli ītech neīcxitapayolhuiliztli 2010]]
[[nds:Football-Weltmeesterschop 2010]]
[[ne:फिफा विश्वकप (२०१०)]]
[[ne:फिफा विश्वकप (२०१०)]]
[[nl:Wereldkampioenschap voetbal 2010]]
[[nl:Wereldkampioenschap voetbal 2010]]

04:00, 2 ޖުލައި 2010ގެ ނުސްހާ

{{Infobox International Football Competition2014 }}

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ، ވޯލްޑްކަޕްގެ 19 ވަނަ މުބާރާތެވެ. މިއަހަރު މި ބޭއްވޭ މުބާރާތް ބާއްވަން ހަމަ ޖެހިފައިވަނީ 11 ޖޫން އިން 11 ޖުލައި އަށެވެ. މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާނީ 2007 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ފީފާގެ މެންބަރުންގެ ގޮތުގައި ތިބި 208 ޤައުމީ ފުޓުބޯޅަ ޓީމުގެ ތެރެއިން 204 ޤައުމުގެ މެދުގައި ކުޅެވުނު ކޮލިފައިން މެޗުތަކުގެ މަރުޙަލާ ކަޑައްތުކޮށް، ފަހު މަރުޙަލާއަށް އައިސްފައިވާ 32 ޓީމެވެ. އެހެން ކަމުން 2008 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވި ވަރަށް ގިނަ ޓީމު ފީފާ ވޯލްޑްކަޕްގެ އެކި މަރުޙަލާތަކުގައި ބައިވެރިވެފައިވެއެވެ. މިއީ އެފްރިކާގެ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ. މި ފަހަރުގެ މުބާރާތް ބޭއްވުމަށް ބިޑްކޮށްފައިވަނީ މުޅީން ވެސް އެފްރިކާގެ ޤައުމުތަކެވެ. މޮރޮކޯ އާއި މިޞްރާ ވާދަކޮށް ބިޑް ކާމިޔާބުކޮށްފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެހެން ކަމުން ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް އިންތިޒާމު ނުކުރާ ހަމަ އެކަނި ސަރަޙައްދީ ފުޓުބޯޅަ ޖަމްޢިއްޔާއަކީ އޯޝަނިޔާ ފުޓްބޯލް ކޮންފެޑެރޭޝަނަށް މިހާރުވަނީ ވެފައެވެ. 18 ވަނަ ފީފާ ވޯލްޑްކަޕްގެ ޗެންޕިއަނުން ކަމުގައިވާ އިޓަލީ މި މުބާރާތުގައި ކުޅޭނީ ޑިފެންޑިންގ ޗެންޕިޔަނުންގެ ގޮތުންނެވެ. މި މުބާރާތުގެ ގުރުލުން އޮތީ 4 ޑިސެންބަރު 2009 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައެވެ.

މުބާރާތް ބާއްވާނެ ޤައުމު ކަނޑައެޅުން

2010 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވުމުގެ ގޮތުން އެފްރިކާ ޚިޔާރު ކުރެވުނީ ސަރަޙައްދީ ފުޓުބޯޅައިގެ އިދާރާތަކުގެ މެދުގައި މި މުބާރާތް ދައުރުކުރުމުގެ އައު ސިޔާސަތުގެ ދަށުންނެވެ. އެހެން ނަމަވެސް 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ވަނީ މި ސިޔާސަތު ދޫކޮށްލެވިފައެވެ. 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ބޭއްވުމަށް ބިޑްކުރީ އެފްރިކާގެ ފަސް ޤައުމަކުންނެވެ. އެއީ މިޞްރާއި ލީބިޔާ އާއި ތޫނިސް (ޓިއުނީޝިޔާ) އާއި މޮރޮކޯ އާއި ދެކުނު އެފްރިކާއިންނެވެ. މީގެ ތެރެއިން ލީބިޔާ އާއި ޓިއުނީޝިޔާއިން ބިޑްކޮށްފައިވަނީ މި ދެ ޤައުމުގައި ވެސް މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށް، ކޯ-ހޮސްޓިންގ އުޞޫލުން ދެ ޤައުމު ގުޅިގެން އެއް ބިޑެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ކޯ-ހޮސްޓެޑް މުބާރާތެއްގެ ގޮތުގައި، މި މުބާރާތް ނުބޭއްވުމަށް ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމުމާ ގުޅިގެން 8 މެއި 2004 ގައި ޓިއުނީޝިޔާއިން އެ ޤައުމުގެ ބިޑް އަނބުރާ ގެންދިޔައެވެ. އެހެންކަމާ އެކު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ ލީބިޔާގެ އެކަނި ބިޑް ވެސް ޤަބޫލުނުކުރުމަށެވެ. އެއީ، މުބާރާތް ބާއްވާ ޤައުމުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ރަސްމީ ލިސްޓުގައި ހިމެނޭ ކަންތައްތައް ލީބިޔާގެ ބިޑުގައި ފުރިހަމަ ނުވާތީއެވެ. ވޯޓުލުމުގެ އެއް ބުރަށް ފަހުގައި، ކާމިޔާބުކުރި ބިޑް އިޢުލާންކޮށްފައިވަނީ ޒިއުރިކްގައި ބޭއްވި މީޑިޔާ ކޮންފަރެންސެއްގައި 15 މެއި 2004 ގައި، ފީފާގެ ރައީސް ސެޕް ބްލެޓަރއެވެ. މޮރޮކޯ އާއި މިޞްރުގެ ބިޑް ޖަހާލުމަށް ފަހު ބިޑް ކާމިޔާބުކުރީ ދެކުނު އެފްރިކާއެވެ. 24 ވޯޓުގެ ތެރެއިން 14 ވޯޓު ލިބުނީ ދެކުނު އެފްރިކާއަށެވެ. މޮރޮކޯއަށް ލިބުނީ 10 ވޯޓެވެ. މިޞްރަކަށް ވޯޓެއް ނުލިބެއެވެ.

ކޮލިފިކޭޝަން

މުބާރާތް ބާއްވާ ޤައުމުގެ ގޮތުން ދެކުނު އެފްރިކާ، މި މުބާރާތަށް ކޮލިފައި ވެފައިވަނީ އޮޓޮމެޓިކުންނެވެ. އެހެން ނަމަވެސް ދެކުނު އެފްރިކާއިން ވަނީ ކޮލިފައިންގައި ބައިވެރިވެފައެވެ. އެއީ 2010 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން އާއި ވޯލްޑްކަޕްގެ ކޮލިފައިން އެފްރިކާގައި ބާއްވާފައިވަނީ އެއް ކޮލިފައިންއެއްގެ ގޮތުގައި ކަމަށްވާތީއެވެ. އެހެންކަމުން ދެކުނު އެފްރިކާ ވެފައިވަނީ 1934 ވަނަ އަހަރުގެ ފަހުން ކޮލިފައިންގައި ކުޅުނު، މުބާރާތް ބާއްވާ ފުރަތަމަ ޤައުމެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕް މުބާރާތެކޭ އެއް ފަދައިން، މި ފަހަރުގެ މުބާރާތުގައި ވެސް ޑިފެންޑިންގ ޗެންޕިޔަނުންނަށް އޮޓޮމެޓިކް ޖާގައެއްދޭ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. ކޮލިފިކޭޝަނުގެ ގުރުލުން އޮތީ 25 ނޮވެންބަރު 2007 ގައި ދެކުނު އެފްރިކާގެ ޑާރބަންގައެވެ.

ވޯލްޑްކަޕް މުބާރާތަށް ކޮލިފައިވި ޤައުމުތައް

2010 ގެ ފީފާ ވޯލްޑްކަޕް އަށް ކޮލިފައިވެފައިވަނީ 32 ޓީމެވެ. އެއީ:

އޭ.އެފް.ސީ (4)
ސީ.އޭ.އެފް (6)

ކޮންކާކަފް (3)
ކޮންމެބޯލް (5)
އޯ.އެފް.ސީ (1)

ޔޫއެފާ (13)

██ ވޯލްޑްކަޕަށް ކޮލިފައިވި ގައުމުތައް

██ ކޮލިފައި ނުވާ ގައުމުތައް

██ Country did not enter World Cup

██ ފީފާގެ މެމްބަރުންނަށް ނުވާ ގައުމުތައް


Venues

In 2005, the organisers released a provisional list of twelve venues to be used for the World Cup: Bloemfontein, Cape Town, Durban, Johannesburg (two venues), Kimberley, Nelspruit, Orkney, Polokwane, Port Elizabeth, Pretoria, and Rustenburg. This was narrowed down to ten venues which were officially announced by FIFA on 17 March 2006:

Johannesburg Durban Cape Town Johannesburg Pretoria
Soccer City Moses Mabhida Stadium[{{{2}}}] Cape Town Stadium[{{{2}}}] Ellis Park Stadium Loftus Versfeld Stadium
26°14′5.27″S 27°58′56.47″E / 26.2347972°S 27.9823528°E / -26.2347972; 27.9823528 (Soccer City) 29°49′46″S 31°01′49″E / 29.82944°S 31.03028°E / -29.82944; 31.03028 (Moses Mabhida Stadium) 33°54′12.46″S 18°24′40.15″E / 33.9034611°S 18.4111528°E / -33.9034611; 18.4111528 (Cape Town Stadium) 26°11′51.07″S 28°3′38.76″E / 26.1975194°S 28.0607667°E / -26.1975194; 28.0607667 (Ellis Park Stadium) 25°45′12″S 28°13′22″E / 25.75333°S 28.22278°E / -25.75333; 28.22278 (Loftus Versfeld Stadium)
ޖާގަ: 94,700 ޖާގަ: 70,000 ޖާގަ: 69,070 ޖާގަ: 62,567 ޖާގަ: 51,760
ފައިލު:CTSRW01.JPG ފައިލު:View of Ellis Park.jpg
Port Elizabeth Bloemfontein Polokwane Rustenburg Nelspruit
Nelson Mandela Bay Stadium Free State Stadium Peter Mokaba Stadium Royal Bafokeng Stadium Mbombela Stadium
33°56′16″S 25°35′56″E / 33.93778°S 25.59889°E / -33.93778; 25.59889 (Nelson Mandela Bay Stadium) 29°07′02.25″S 26°12′31.85″E / 29.1172917°S 26.2088472°E / -29.1172917; 26.2088472 (Free State Stadium) 23°55′29″S 29°28′08″E / 23.924689°S 29.468765°E / -23.924689; 29.468765 (Peter Mokaba Stadium) 25°34′43″S 27°09′39″E / 25.5786°S 27.1607°E / -25.5786; 27.1607 (Royal Bafokeng Stadium) 25°27′42″S 30°55′47″E / 25.46172°S 30.929689°E / -25.46172; 30.929689 (Mbombela Stadium)
Capacity: 48,000 Capacity: 48,000 Capacity: 46,000 Capacity: 44,530 Capacity: 43,589
ފައިލު:South Africa-Bloemfontein-Free State Stadium01.jpg ފައިލު:Estadio Peter Mokaba.JPG ފައިލު:Royal Bafokeng Stadium.jpg ފައިލު:Seats and field of Mbombela Stadium.jpg