ލިމްފަޓިކް ނިޒާމް: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ro:Sistem limfatic
m ރޮބޮޓ އިތުރު ކުރުނ: eu:Sistema linfatiko
ފޮޅުވަތް 44: ފޮޅުވަތް 44:
[[es:Sistema linfático]]
[[es:Sistema linfático]]
[[et:Lümf]]
[[et:Lümf]]
[[eu:Sistema linfatiko]]
[[fi:Imusuonisto]]
[[fi:Imusuonisto]]
[[fr:Système lymphatique]]
[[fr:Système lymphatique]]

01:10, 25 އޮކްޓޫބަރު 2009ގެ ނުސްހާ

ލިމްފަޓިކް ނިޒާމް އަކީ ލިމްފޮއިޑް ގުނަންތައް އެކުވެގެން އުފެދިފައިވާ ވިއުގަ އެކެވެ. މިވިއުގައިގައި ހިމެނެނީ ލިމްފް ގޮށް، ލިމްފް ޑަކްޓް، ލިމްފަޓިކް ޓިޝޫތައް، ލިމްފް ކެޕިލަރީތައް، އަދި ލިމްފް ހޮޅިތަކެވެ. މިބުނެވުނު ގުނަންތައް ގުޅިގެން ލިމްފް އުފައްދައި ލޭދައުރުކުރާ ނިޒާމް އަށް ފޯރުކޮށްދެއެވެ. ލިމްފަޓިކް ނިޒާމް އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ގެ މުހިއްމު ގުނަނެކެވެ.


ލިމްފަޓިކް ނިޒާމްގެ މަސައްކަތް

ގުޅިފައިވާ 3 މަސައްކަތެއް ލިމްފަޓިކް ނިޒާމް އިން ފުރިހަމަ ކުރެއެވެ. އެއީ އަންނަނިވި ކަންތައްތަކެވެ.

  • ހަށިގަނޑުގައި ބޭނުންވާ ވަރަށްވުރެ އިތުރަށް ޖަމާވާ ދިޔާތަކެތި ހަށިގަނޑުން ބޭރުކުރުން
  • ކާނާގައި ހިމެނޭ ފެޓީ އެސިޑް ހަށިގަނޑަށް ނެގުމަށްފަހު، ފެޓް އަދި ކައިލް ލޭދައުރުކުރާ ނިޒާމް އަށް ގެންގޮސްދިނުން
  • ދިފާޢީ ނިޒާމް ގައި ހިމެނޭ މުހިއްމު ސެލްތައް އުފެއްދުން: މިގޮތުން ލިމްފޯސައިޓް، މޮނޯސައިޓް އަދި ޕްލާޒްމާ ސެލް ލިމްފަޓިކް ނިޒާމް އިން އުފައްދައެވެ.


ލިމްފަޓިކް ދައުރުވުން

ލޭދައުރުކުރާ ނިޒާމް އާ ޚިލާފަށް ލިމްފަޓިކް ނިޒާމް ގައި އެކި ހިސާބުތަކަށް ލިމްފް ފޮނުވައިދޭ މަރުކަޒެއް ފަދަ ތަނެއް ނުވެއެވެ. ލިމްފް ދައުރުކުރަނީ މަޑުމަޑުން ދަށް ޕްރެޝަރު ގައެވެ. ވެއިން ތަކެކޭ އެއްގޮތަށް ލިމްފް ހޮޅިތަކުގައި ލިމްފް ދައުރުކުރަނީ ވެސް އެއްކޮޅަށް ވާގޮތަށެވެ.


ފެޓީ އެސިޑް ޓްރާންސްޕޯޓްކުރާ ނިޒާމްގެ މަސައްކަތް

ހަޖަމުކުރާ ނިޒާމް ގެ އެތެރޭބައިގެ ފާރުގައި ލިމްފް ހޮޅިތައް ހުރެއެވެ. ކުޑަ ގޮހޮރުން ހަށިގަނޑަށް ނަގާ ކާނާގެ ބައިތައް ޕޯޓަލް ވެއިން ހުރަސްކޮށް ފުރަމޭ އަށްދާއިރު، ފެޓް ނުވަތަ ސަރުބީ ވާޞިލްވަނީ ލިމްފަޓިކް ނިޒާމް އަށެވެ. އެއަށްފަހު ތޮރަސިކް ޑަކްޓް(Thoracic duct) ގެ އެހީގައި ލޭގެ ތެރެއަށް ވާޞިލް ވެއެވެ. ކުޑަ ގޮހޮރު ގައި ހުންނަ ލިމްފަޓިކް ޓިޝޫތަކުގައި އުފެދޭ ލިމްފް އަށް ކިޔަނީ ކައިލް(Chyle) އެވެ. mi han detto....... lol

ލިމްފޮއިޑް ގުނަވަންތައް

ތައިމަސް ގްލޭންޑް، ހުންކޮށި، ލިމްފް ގޮށް، ޕެޔާރސް ޕެޗް، ޓޮންސިލް، ވާމިފޯރމް އެޕެންޑިކްސް، ކަށީގެ ރަތްމަދު، އަކީ ކުރިންބުނި ލިމްފް ގޮށްތަކުގެ އިތުރުން ލިމްފަޓިކް ނިޒާމް ގައި ހިމެނޭ ޓިޝޫތަކެވެ.

ބަލިތައް

އަދިވެސް ބައްލަވާލައްވާ

އިތުރު ފާލަންތައް