ފިރުދޯސީ: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
mNo edit summary
ފޮޅުވަތް 12: ފޮޅުވަތް 12:
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = '''Ḥakīm Abu'l-Qāsim Ferdowsī Țusī<br>''' حکیم ابوالقاسم فردوسی توسی
| name = '''Ḥakīm Abu'l-Qāsim Ferdowsī Țusī<br>''' حکیم ابوالقاسم فردوسی توسی
| image = Statue of Ferdowsi in Rome.JPG
| image =
| image_size = 200px
| image_size = 200px
| caption = [[Abolhassan Khan Sadighi|Sadighi]]'s Statue of Ferdowsi in Rome, Italy
| caption = [[Abolhassan Khan Sadighi|Sadighi]]'s Statue of Ferdowsi in Rome, Italy

17:28, 23 ނޮވެމްބަރު 2017ގެ ނުސްހާ

For places called and other people named Ferdowsi, see Ferdowsi (disambiguation).
Ḥakīm Abu'l-Qāsim Ferdowsī Țusī
حکیم ابوالقاسم فردوسی توسی
އުފަން ތާރީހް935
Tus, Iran (Samanid Empire)
އަވަހާރަވީ ތާރީހްފަންވަތް:Death year and age
Tus, Iran (Ghaznavid Empire)
ކުރެއްވި މަސައްކަތްPoet
ނަސްލުPersian
PeriodSamanids and Ghaznavids
GenrePersian poetry, national epic


ޙަކީމް އަބުލް ޤާސިމް ފިރުދޯސީ ތޫސީ (935- 1025މ)، ނުވަތަ ފިރުދޯސީ އަކީ މަޝްހޫރު ޝާހްނާމާ ލިޔުއްވި މަޝްހޫރު އަދީބެވެ. ފިރުދޯސީ އަކީ ފާރިސީންގެ އަދަބިއްޔާތުގައި އެންމެ ނުފޫޒު ގަދަ ޅެންވެރިޔާއެވެ.

ނަން

ފިރުދޯސީގެ ނަމުގެ އަބުލް ޤާސިމް (ޤާސިމްގެ ބައްޕަ) ނިސްބަތް ވަނީ އޭނާގެ ދޮށީ ދަރިއަށެވެ. މިއީ ބައެއް އަރަބި ގައުމުތަކުގައި ނަންދިނުމުގައި ގެންގުޅޭ ސަގާފަތެކެވެ. ފިރުދޯސީ އަކީ އޭނާއަށް ދެވިފައިވާ ލަގަބެކެވެ. މާނައަކީ ސުވަރުގޭގެ ބަގީޗާ އެވެ.

ހަޔާތު

އާއިލާ

ފިރުދޯސީ ނިސްބަތްވަނީ އީރާނުގެ ބިންވެރި ދަހްޤާން އާއިލާއަކަށެވެ. އަދި އުފަންވެފައިވަނީ ސަމާނިޔާން ވެރިކަމުގެ ދުވަސްވަރު ތޫސް ޝަހަރުގެ ޕާޖް އަވަށުގައެވެ. މީނާގެ ޅައިރުގެ މާ ގިނަ ތަފްސީލްތަކެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭނާގެ އަންހެނުންނަކީ ލިޔަންކިޔަން ދަންނަ މީހެއްކަމާއި، އޭނާގެ ފިރިހެން ދަރި 37 އަހަރުގައި ނިޔާވިކަން، އަދި އެކަމުގެ ހިތާމަ ފިރުދޯސީ ފާޅުކޮށްފާވާކަން އެނގެއެވެ.

ޝާހްނާމާއިން ދަލީލުކުރާގޮތުގައި ފިރުދޯސީ އަކީ ޝީއީ މުސްލިމެކެވެ.

ފަސްމަންޒަރު

ޅެންވެރިކަން

ޝާހްނާމާ ފިޔަވާ އިތުރު ޅެންތައް ފިރުދޯސީ ލިޔެފައިވާނެކަމަށް ބެލެވެއެވެ. އެކުވެރި ޅެންވެރިޔާ ދަގީގީ ގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ފިރުދޯސީ ޝާހްނާމާގެ މަސައްކަތް ފެށީ 977 ވަނައަހަރުއެވެ. ސަމާނިންދު ވަލީއަހްދު މަންސޫރުގެ ދީލަތި އެހިތެރިކަމާ އެކު ޝާހްނާމާގެ ފުރަތަމަ ބައި 994 ގައި ނިންމާލިއެވެ. އޭގެ ފަހުން ތުރުކީގެ ގަޒްނަވިންދުން އައިސް ސަމާނިންދުން ބަލިކޮށް ވެރިކަން އަތުލުމަށް ފަހު ފިރުދޯސީ އަނެއްކާވެސް ޝާހްނާމާގެ މަސައްކަތް ފެށިއެވެ. އަދި ގަޒްނަވިންދް ސުލްތާން މަހްމޫދަށް ސަނާކިޔާ ޅެންތައް ލިޔުނެވެ. މުޅި ޝާހްނާމާ އެކީގައި ލިޔެ ނިމުނީ 8 މާރޗް 1010 ގައެވެ.

ޒިޔާރަތް

ފިރުދޯސީ ވަޅުލެވިފައިވަނީ އޭނާގެ އަމިއްލަ ބަގީޗާގައެވެ. ހަރާސާން ގެ ގަވަރުނަރު އެތާގައި ޒިޔާރަތެއް ބިނާކުރިއެވެ. މި ޒިޔާރަތް ވަރަށް ބޮޑަށް ހަލަކުވުމުން، 1928 އަދި 1934 ގައި އަލުން ބިނާކުރެވުނެވެ. މިކަން ކުރެވުނީ ރިޒާ ޝާހްގެ އަމުރަށެވެ.

ހިދުމަތް

ފިރުދޯސީގެ އެންމެ މަގްބޫލް މަސައްކަތަކީ ޝާހްނާމާ އެވެ. މީގެ އިތުރުން އެތައް ޅެމެއް އޭނާ ލިޔެފައި ވާނެކަން ކަށަވަރެވެ. ނަމަވެސް އޭނާގެ މިފަދަ ގިނަ މަސައްކަތްތައް މިހާރަށް ފެންނާކަށް ނެތެވެ. ވާހަކަ ޅެން "ޔޫސުފާއި ޒުލޭހާ" އަކީވެސް ފިރުދޯސީގެ މަސައްކަތެއް ކަމުގައި ގަބޫލުކުރެވެއެވެ.

ނުފޫޒް

ޝާހްނާމާ ލިޔެވުމަށް ފަހު އެފާޑުގެ އެހެން އެތައް މަސައްކަތެއް ފާރިސީ ބަހުން ލިޔެވުނެވެ. މި ހުރިހައި ލިޔުމެއްވެސް މައިގަނޑުގޮތެއްގައި ބައްޓަންވެފައި ވަނީ ޝާހްނާމާގެ ފާޑަށެވެ. ނަމަވެސް ޝާހްނާމާ ފަދަ މަޝްހޫރު ނުވަތަ އަދަބީގޮތުން ހަމަހަމަ އެހެން ލިޔުމެއް ނުވެއެވެ.

މީގެ އިތުރުން ގިނަ މީހުން ގަބޫލުކުރާގޮތުގައި ފާރިސީ ބަސް ފިރުދޯސީގެ ޒަމާނުންސުރެ އަދާ ހަމައަށް ގެނެސްދިން ސަވާރީއަކީ ޝާހްނާމާ އެވެ. ފާރިސީންގެ ސަގާފަތާއި، ބަހުގެ އުސޫލުތަކުގެ ހަމަ ހިފެހެއްޓިފައިވަނީ މި ފޮތުގެ ސަބަބުންނެވެ. އަދި މިޒަމާނުގެ ފާރިސީ ބަހުގެ އެންމެ ވަރުގަދަ ތަނބަކީ ޝާހްނާމައެވެ. ފާރިސީންގެ ކޮންމެ ލިޔުންތެރިއެއް އަދި ޅެންވެރިއެއް އެމީހުންގެ އަދަބި މަސައްކަތް ބައްޓަން ކުރުމަށް މައިދިރީއެއް ކަމުގައި އަދިވެސް ބަލަނީ ޝާހްނާމާއެވެ. އެމީހުން އެފޮތް މުތާލިއާ ކުރަކަމުގެ ނިޝާން އެމީހުންގެ ލިޔުންތަކުން ހާމަވެއެވެ.

އިތުރު ފާލަން