ރީނދޫ އުރަހަ ކަންނެލި: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: jv:Madidihang
m r2.5.4) (ރޮބޮޓ އިތުރު ކުރުނ: tl:Tambakol
ފޮޅުވަތް 33: ފޮޅުވަތް 33:
[[sv:Gulfenad tonfisk]]
[[sv:Gulfenad tonfisk]]
[[th:ปลาทูน่าครีบเหลือง]]
[[th:ปลาทูน่าครีบเหลือง]]
[[tl:Tambakol]]
[[tr:Sarı yüzgeçli orkinos]]
[[tr:Sarı yüzgeçli orkinos]]
[[uk:Тунець жовтоперий]]
[[uk:Тунець жовтоперий]]

10:46, 12 ފެބްރުއަރީ 2013ގެ ނުސްހާ

ރީނދޫ އުރަހަ ކަންނެލި (ސައިންޓިފިކް ނަން: Thunnus albacares)ނުވަތަ (އިނގިރޭސި ބަހުން: yellowfin tuna)އަކީ ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން ބޭނޭ ބާވަތެވެ. މިމަސް އާންމު ގޮތެއްގައި ކަޅުބިލަ މަސް އަދި އެހެނިހެން ކަނޑުމަހުގެ ބާވަތްތަކާއެކު އައިން ހަދައިގެން ދަތުރުކޮށް އުޅެއެވެ. މިއީ ވަރަށް ބޮޑެތިވާ ކަންނެއްޔެކެވެ. މިކަންނެލި ބޮޑެތިވީވީހެން ކަނޑުގެ އަޑިއަށް ފިނިހިސާބުތަކަށް ދަތުރުކުރެއެވެ. ވުމާއެކު ބޮޑެތި ކަންނެލި ލޭނުއަޅައިގެންނާއި، ދިރޭ އެންޖަހައިގެން ރާއްޖެއާއި ބޭރުގައުމު ތަކުގައިވެސް ބާނައި އުޅެއެވެ. މަހުގެ ކާނާއަކީ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ.

ރީނދޫ އުރަހަ ކަންނެލި ގައި ކޮންމެވެސް ވަރަކަށް ހުޅުނބު ހުރެއެވެ. މިމަހުގެ ބުރަކަށިމައްޗާއި، ބަނޑުދަށް ފަރާތުގެ ދެވަނަ ކޮތަރިބައި ވަރަށް ދިގުކޮށް ހުރެއެވެ. މަހުގެ ކަންފަތްގަނޑު މަހުގެ މަތީބައިގެ ދެވަނަ ކޮތަރިބައި ފެށިފައިވާ ހިސާބަށްވުރެ ފަހަތަށް ދިގުވެފައި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށް ފަރާތާއި، އަރިމަތީގެ ކުލައަކީ ރިހިކުލަ އެވެ. މަހުގެ އަރިމަތީގައި ހުރަހަށް ގާތްގަނޑަށް 20 ރޮނގު ފަނޑުކޮށް ފެންނަން ހުރެއެވެ. މަހުގެ ކޮތަރި ތަކުގެ ކުލައަކީ ރީނދޫ ކުލަ އެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ.