ޤުރްއާނުގެ ޢިލްމު: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m r2.7.1) (ރޮބޮޓ އިތުރު ކުރުނ: fa:علوم قرآن
m r2.5.4) (ރޮބޮޓ އިތުރު ކުރުނ: ru:Корановедение
ފޮޅުވަތް 23: ފޮޅުވަތް 23:
[[ar:علوم القرآن]]
[[ar:علوم القرآن]]
[[fa:علوم قرآن]]
[[fa:علوم قرآن]]
[[ru:Корановедение]]

08:09, 30 ނޮވެމްބަރު 2012ގެ ނުސްހާ

ޤުރުއާނުގެ ޢިލްމު

ކީރިތި ޤުރުއާނުގެ ޢިލްމު ނުވަތަ ޢުލޫމުލް ޤުރުއާނަކީ ޢުލޫމާއި ޤުރުއާން އެކުވެގެން އުފެދިފައިވާ ނަމެކެވެ. ޢުލޫމަކީ ޢިލްމުގެ ގިނަ ގޮތެވެ. ޤުރުއާނަކީ " ކީރިތި ރަސޫލާ(ޞ) މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ." (އިސްލާމީ ތަރުބިއްޔަތު ދަރިވަރުންގެ ފޮތް ގުރޭޑު8) އެހެންކަމުން "ޢުލޫމުލް ޤުރުއާނަކީ" ކީރިތި ޤުރުއާނުގެ ޢިލްމު ނުވަތަ ޢިލްމުތަކެވެ.

ޢުލޫމުލް ޤުރުއާނަކީ ކީރިތި ޤުރުއާނާއި ގުޅޭ ކަންކަން ދިރާސާ ކުރާ ޢިލްމެވެ. އޭގެތެރޭގައި މައްކީ މަދަނީ ( ސޫރަތް ނުވަތަ އާޔަތްތައް ބާވައިލައްވާފައިވާ ޒަމާނާއި ގުޅޭ) އާއި ނާސިޚު މަންސޫޚާއި ތަފުސީރު ޢިލްމާއި ޤިރާއަތް( ޤުރުއާން ކިޔަވާ ގޮތް)ތަކާއި ސަބަބު ނުޒޫލުތަކާއި ( ސޫރަތްތަކާއި އާޔަތްތައް ބާވައިލައްވާފައިވާ ސަބަބުތައް) ކީރިތި ޤުރުއާން ޖަމްޢުކުރުން (އެއްކުރުން) ފަދަ ކަންތައްތައް ދިރާސާކުރުން ހިމެނެއެވެ.

މިޢިލްމައް "އުޞޫލުއް ތަފުޞީރު" މިގޮތަށް ވެސް ނަންދެވިފައިވެއެވެ. އެއީ ކީރިތި ޤުރުއާން ތަފުސީރުކުރައްވާ މުފައްސިރުންނަށް ކޮންމެހެން އެނގެން ލާޒިމުކުރާ ޢިލްމުތަކެއް މިޢިލްމުގައި އެކުލެވިގެންވާތީއެވެ.

ޢުލޫމުލް ޤުރުއާނުގެ ތާރީޚު

ޢިލްމުގެފެށުން

މިޢިލްމުގެ ފެށުން ގުޅިފައިވަނީ ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވުމާއި އެވެ. އަދި މިޢިލްމުގެ ހުރިހާޢިލްމެއް އެންމެފުރިހަމައަށް ލިބިފައިވާ ބައަކީ ކީރިތި ރަސޫލާ(ޞ) ގެ މަތިވެރި ޞަޙާބީންނެވެ. އެހެނީ ކީރިތި ޤުރުއާން ބާވައިލެއްވި ދުވަސްވަރުގައި އުޅުއްވި އަދި އިތުރު އެކަލޭގެފާނުގެ އަރިހުން އެކަމުގެ ޢިލްމުތައް އުނގެނިވަޑައިގެން ތިއްބެވި ބައަކީ އެބޭކަލުން ކަމައްވާތީއެވެ.

ލިއެވެން ފެށުން

ޢުލޫމުލް ޤުރުއާން އެންމެފުރަތަމަ ލިއެވެންފެށީ އިސްލާމީޚިލާފަތުގެ ތިންވަނަ ޚަލީފާ ޢުޘްމާނު ބުނު ޢައްފާނުގެ ޚިލާފަތުގައެވެ. މިގޮތުން އެންމެފުރަތަމަ އެކުލަވާލެވުނު ޢިލްމަކީ "ޢިލްމު ރަސްމުލް ޤުރުއާން" ނުވަތަ "ޢިލްމު އައްރަސްމުލް ޢުޘްމާނީ" އެވެ. ނަމަވެސް ރަސްމީ ގޮތެއްގައި މިޢިލްމު ފުރަތަމަ ލިއެވެންފެށުނީ ހިޖުރައިން ދެވަނަ ޤަރުނުގައެވެ. އޭގެފަހުން ޢުލޫމުލް ޤުރުއާނުގެ ތަފާތު މައުޟޫޢުތަކަށް އަންނަނީ ފޮތްތައް ލިއެވެމުންނެވެ.

"ޢުލޫމުލް ޤޫރުއާން" މިމުޞްޠަލަޙު އުފެދުން

ޢުލޫމުލް ޤުރުއާން މި މުޞްޠަލަޙު އެންމެފުރަތަމަ ބޭނުން ކޮއްފައިވާ ތަން ފެންނަނީ ހިޖުރައިން ހަތަރުވަނަ ޤަރުނުގައެވެ.ޢިލްމުވެރިން މިހެން ވިދާޅުވަނީ "އަލްޙޫފީ" ގެ ނަމުން މަޝްހޫރުވެފައިވާ ޢަލީ ބުނު އިބުރާހީމު ބުނު ސަޢީދު ލިއުއްވި "އަލްބުރުހާނު ފީ ޢުލޫމުލް ޤުރުއާން" މިފޮތަށް ނިސްބަތްކޮށެވެ.އޭނާ އަވަހާރަވެފައިވަނީ ހިޖުރައިން 330 ވަނައަހަރުއެވެ.