ދުނިޔެ: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m r2.7.2+) (ރޮބޮޓ އިތުރު ކުރުނ: tt:Дөнья
m r2.6.5) (ރޮބޮޓ ބަދަލު ގެނައުނ: xmf:მოსოფელი
ފޮޅުވަތް 82: ފޮޅުވަތް 82:
[[vo:Vol]]
[[vo:Vol]]
[[wo:Àdduna]]
[[wo:Àdduna]]
[[xmf:საგებიო]]
[[xmf:მოსოფელი]]
[[yi:וועלט]]
[[yi:וועלט]]
[[yo:Àgbáyé]]
[[yo:Àgbáyé]]

18:06, 20 އޮކްޓޫބަރު 2012ގެ ނުސްހާ

ދުނިޔެ

ދުނިޔެ އަކީ އިންސާނުން ދިރިއުޅޭ ޕުލެނެޓު ކަމުގައިވާ ބިމަށް ކިޔާ ނަމެކެވެ. މިއަދު ދުނިޔޭގެ ބިމުގައި ގާތްގަނޑަކަށް 6.7 ބިލިއަން މީހުން ދިރި އުޅެމުން އެބަގެންދެއެވެ.

ނަމުގެ އަޞްލު

'ދުނިޔެ' މި ބަސް ދިވެހި ބަހަށް އައިސްފައިވަނީ ޢަރަބި ބަހެއް ކަމުގައިވާ "ދުންޔާ" މި ބަހުންނެވެ.

އިންސާނިއްޔަތު

ދުނިޔޭގައި އެއް ބިލިޔަން ނުވަތަ 1000 މިލިޔަނަށް ވުރެ އާބާދީ ބޮޑު އޮތީ ދެ ޤައުމެވެ. އެއީ ޗައިނާ އާއި އިންޑިޔާއެވެ. އެހެން ކަމާއެކު ދުނިޔޭގެ ކޮންމެ 5 މީހަކުން އެކަކީ ޗައިނާ މީހެކެވެ. އަދި 5 މީހުން އެކަކީ އިންޑިޔާ މީހެކެވެ. އެހެން ހުރިހާ ޤައުމަކަށް ބަހާލެވެނީ 5 މީހުންގެ ތެރެއިން 3 މީހުންނެވެ. ޗައިނާގެ އާބާދީއަކީ 1336 މިލިޔަނެވެ. އިންޑިޔާގެ އާބާދީއަކީ 1177 މިލިޔަނެވެ. މި ދެ ޤައުމުގެ އިތުރުން 100 މިލިޔަނަށް ވުރެ އާބާދީ ބޮޑު 9 ޤައުމު އެބައޮތެވެ. އެއީ: އެމެރިކާ (ޔޫ.އެސް) އާއި އިންޑޮނޭޝިޔާ އާއި ބްރެޒިލް އާއި ޕާކިސްތާނާއި ބަންގާޅާއި ނައިޖީރިޔާ އާއި ރަޝިޔާ އާއި ޖަޕާނާއިި މެކްސިކޯއެވެ. 100 މިލިޔަނާއި 50 މިލިޔަނާ ދެމެދުގެ އާބާދީއެއް އޮތީ 13 ޤައުމެއްގައެވެ. އެއީ: ފިލިޕީންސް އާއި ވިއެޓްނާމާއި ޖަރުމަނާއި ޙަބުޝްކަރަ (އިތިޔޯޕިޔާ) އާއި މިޞްރާއި އީރާނާއި ތުރުކީ އާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ފަރަންސޭސިވިލާތާއި ސިޔާމް (ތައިލޭންޑް) އާއި ޔުނައިޓެޑް ކިންގްޑަމް (ބްރިޓެއިން) އާއި އިޓަލީ ވިލާތާއި ބަރުމާއެވެ. 50 މިލިޔަނާއި 25 މިލިޔަނާ ދެމެދުގެ އާބާދީއެއް އޮތީ 22 ޤައުމެއްގައެވެ. 25 މިލިޔަނާއި 20 މިލިޔަނާ ދެމެދުގެ އާބާދީއެއް އޮތީ 10 ޤައުމެއްގައެވެ. 20 މިލިޔަނާއި 10 މިލިޔަނާ ދެމެދުގެ އާބާދީއެއް އޮތީ 27 ޤައުމެއްގައެވެ. އެހެންކަމުން 10 މިލިޔަނަށް ވުރެ ބޮޑު އާބާދީއެއް އޮތް ޤައުމުތަކުގެ ޖުމްލައަކީ 83 އެވެ.