ބުރެޒިލް: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m r2.7.3) (ރޮބޮޓ ބަދަލު ގެނައުނ: mr:ब्राझिल
m r2.5.4) (ރޮބޮޓ ބަދަލު ގެނައުނ: mr:ब्रजिल
ފޮޅުވަތް 230: ފޮޅުވަތް 230:
[[ml:ബ്രസീൽ]]
[[ml:ബ്രസീൽ]]
[[mn:Бразил]]
[[mn:Бразил]]
[[mr:ब्राझिल]]
[[mr:ब्रजिल]]
[[mrj:Бразили]]
[[mrj:Бразили]]
[[ms:Brazil]]
[[ms:Brazil]]

21:55, 9 އޮކްޓޫބަރު 2012ގެ ނުސްހާ

ބުރެޒިލް
Federative Republic of Brazil
República Federativa do Brasil
Flag of Brazil Coat of arms of Brazil
ދިދަ ނިޝާން
މޮޓޯ: އޮރްދެމް އެ ޕްރޮގްރެއްސޯ
ޤައުމީ ސަލާމް: ބުރެޒިލްގެ ޤައުމީ ސަލާމް
Location of Brazil
ވެރިރަށް ބްރަސީލިއާ
އެންމެ ބޮޑު ޝަހަރު ސައޮ ޕައުލޯ
ރަސްމީ ބަސް (ތައް) ޕޯޗުގީޒު ބަސް
ސަރުކާރު ރިޔާސީ ފެޑެރަލް ޖުމްހޫރިއްޔާ
ލުއިޒް އިނާޗިއޯ ލޫލާ ޑަ ސިލްވާ
ހޯޒޭ އެލެންޗާރު ގޯމޭޒް ޑަ ސިލްވާ
މިނިވަންކަން
- ޢިއުލާންކުރީ
- ބަލައިގަތީ
- ޖުމްހޫރިއްޔާ
ޕޯޗުގީޒުންގެ ކިބައިން
ސެޕްޓެމްބަރު 7، 1822
އޮގަސްޓު 29، 1825
ނޮވެމްބަރު 15، 1889
އަކަމިން
 • ޖުމްލަ
 • ފެން (%)
 
8,514,877 އކކމ (5ވަނަ)
0.65
އާބާދީ
 • 2006 އަންދާސީ.
 • 2000 ބޯހިމެނުން

 • އަކަބުރަ
 
188,078,261 (5ވަނަ)
169,799,170

އކކމ/22(182ވަނަ)
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ)
 • ޖުމްލަ
 • ޕަރ ކެޕިޓާ
2005 އަންދާސީ
$1.594 ޓްރިލިއަން (9ވަނަ)
$9,108 (68ވަނަ)
އ.ތ.ފ (2004) 0.792 (69ވަނަ) – މެދުމިން
ފައިސާ ރިޔާލް (BRL)
ވަގުތު ޒޯން
 • ހޫނު މޫސުމް (ދ.ރ.ވ)
(ވ.ބ.ގ-2:00 އިން -5:00 އަށް (ރަސްމީ: -3:00))
ބީއާރއެސްޓީ (ވ.ބ.ގ-2:00 އިން -5:00)
އިންޓަނެޓް މ.ދ.އ .br
ފޯން ކޯޑު +55

ބުރެޒިލް ނުވަތަ ފެޑެރޭޓިވް ރިޕަބްލިކް އޮފް ބުރެޒިލް އަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އޮތް ޤައުމެކެވެ. ޖޯގުރަފީގެ އަކަމިނަށް ބަލާއިރު ބުރެޒިލަކީ ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. ހަމަ އެހެންމެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ވެސް ބުރެޒިލްއެވެ. އަދި ހަމަ އެހެންމެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޑިމޮކްރަސީއަކީ ވެސް ބުރެޒިލްއެވެ. ބުރެޒިލް ކުރިން އޮތީ ޕޯޗުގަލްގެ ކޮލޮނީއެއްގެ ގޮތުގައެވެ. އެއީ މީލާދީން 1500 ވަނަ އަހަރުން ފެށިގެން 1822 ވަނަ އަހަރާ ހަމަޔަށެވެ. 1889 ވަނަ އަހަރުން ފެށިގެން ބުރެޒިލްއަކީ ޖުމްހޫރީ ވެރިކަމެެއް ހިނގާ ޤައުމެކެވެ. ބުރެޒިލްގެ މިހާރުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ބުރެޒިލްއަކީ ފެޑެރަލް ޖުމްހޫރީ ދައުލަތެކެވެ. ބުރެޒިލްގެ އިޤްތިޞާދަށް ގެނެވުނު ހެޔޮ ބަދަލުތަކާއެކު ބުރެޒިލް މިއަދު ވެފައިވަނީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ސަމާލުކަން ދޭ ޤައުމަކަށެވެ.

ނަން

ބުރެޒިލްއަށް ބުރެޒިލްއޭ ކިޔުނީ ކީއްވެގެން ކަމާމެދު ވަކިގޮތެއް މުޅީން ނިމި ކަނޑައެޅިފައެއް ނުވެއެވެ. ބުނެވޭ ގޮތުން އެ ޤައުމުގެ ނަން ނެގިފައިވަނީ ބުރެޒިލްވުޑު ނަމަކަށް ކިޔާ ގަހަކަށް ނިސްބަތްކޮށެވެ. ނުވަތަ ބްރާސާ-އިލް މި ގޮތަށް އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ބްރާސާއަކީ ފާޑެއްގެ ރަތްކުލައެކެވެ.

ޖުގުރާފީ

ބުރެޒިލްއަކީ މުޅި ދެކުނު އެމެރިކާ ބައްރުގެ ބޮޑުބައި ޙިއްޞާކުރާ ޤައުމެވެ. ދެކުނުން އެ ޤައުމުގެ ސީމާ އުރުގުއޭއާ އެކު ޙިއްޞާކުރާ އިރު، ހުޅަނގު ދެކުނުގެ ސީމާ ޙިއްޞާކުރަނީ އާޖެންޓީނާ އާއި ޕެރަގުއޭއާ އެކުގައެވެ. ހުޅަނގުން ބޮލީވިޔާ އާއި ޕެރޫއާ އެކުގައެވެ. ހުޅަނގު އުތުރުން ކޮލަންބިޔާއާ އެކުގައެވެ. އުތުރުން ފްރެންޗް ގިއާނާ އާއި ވެނެޒުއޭލާ އާއި ސުރިނާމާއި ގުޔާނާއާ އެކުގައެވެ. އެހެން ކަމުން ދެކުނު އެމެރިކާގެ ބައްރުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އިކުއެޑޯ އާއި ޗިލީ ފިޔަވައި ހުރިހާ ޤައުމަކާ އެކު ބުރެޒިލް ސީމާއެއް ޙިއްޞާކުރެއެވެ. ބުރެޒިލްއަކީ މުޅި ދުނިޔެއަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. އެއީ ރަޝިޔާ އާއި ކެނެޑާ އާއި އެމެރިކާގެ ފަހުންނެވެ. ބުރެޒިލްގައި ތިން ޓައިމް ޒޯނެއް އޮވެއެވެ. އެއީ ޖީ.އެމް.ޓީ -4 އާއި ޖީ.އެމް.ޓީ -3 އާއި ޖީ.އެމް.ޓީ -2 އެވެ.

ތާރީޚު

މިއަދުގެ ބުރެޒިލްގެ ރަށްވެހިން އެ ޤައުމަށް އައިސްފައިވަނީ ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން އުތުރު އޭޝިޔާ (ސައިބީރިޔާ) އިން ބެރިން ލޭންޑް ބްރިޖު ހުރަސްކުރުމަށް ފަހުގައެވެ. މީލާދީ ގޮތުން 1500 ވަނަ އަހަރު ޔޫރަޕުގެ (ފުށެތިކާލުން) ޕޯޗުގީޒުން ބުރެޒިލްއަށް އައި އިރު 3 މިލިޔަން އެމެރިންޑިޔަނުންނެވެ. ބުރެޒިލްއަށް ޔޫރަޕުގެ މީހުން އައި އިރު އެތަނުގައި މިނިކާ މީހުން ތިބިކަމަށް އެމީހުން ބުނެއެވެ. 7 ސެޕްޓެންބަރު 1822 ގައި ބުރެޒިލް ވަނީ ޕޯޗުގަލްގެ އަތް ދަށުުން މިނިވަންވެ ދުސްތޫރީ ރަސްކަމެއް ޤާއިމުކޮށްފައެވެ. އެއީ ބުރެޒިލްގެ އަމްބަރާޠޫރިއްޔަތުގެ ނަމުގައެވެ. 1889 ގައި ގެނެވުނު ޢަސްކަރީ އިންޤިލާބަކަށް ފަހުގައި ބުރެޒިލްވަނީ ޖުމްހޫރިއްޔަތަކަށް ބަދަލުވެފައެވެ. ބުރެޒިލްގައި މިއަދު ބޭނުންކުރާ ދިދައަކީ 1889 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަމުންދާ ދިދައެކެވެ. ބުރެޒިލްގައި މިހާރު ހިނގަމުންދަނީ 5 އޮކްޓޯބަރު 1988 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ޤާނޫނު އަސާސީއެކެވެ.

އިޤްތިޞާދު

ބުރެޒިލް އަކީ ލެޓިން އެމެރިކާ ސަރަޙައްދުގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ. މުޅި ދުނިޔެއަށް ބަލާއިރު 9 ވަނަ ނުވަތަ 10 ވަނަ އެންމެ ބޮޑު އިޤްތިޞާދެވެ. ޖީ.ޑީ.ޕީ ޕަރ ކެޕިޓާ 10465 ޑޮލަރުގައި އޮތް ބުރެޒިލްއަކީ ޖީ 20 ގައި ވެސް ހިމެނޭ ޤައުމެކެވެ. ބުރެޒިލްގައި އުފައްދައި ބޭރުކުރާ މައިގަނޑު ތަކެއްޗަކީ މަތިންދާ ބޯޓާއި، ކޮފީއާއި، އޮޓޯމޯބައިލާއި، ސޯޔިބީނާއި، ދަގަނޑު އޯރާއި، އޯރެންޖު ޖޫހާއި، އިސްޓީލާއި، އިތަނޯލާއި، ޓެކްސްޓައިލާއި، ބޫޓުފައިވާނާއި، ކޯންޑް ބީފްގެ އިތުރުން ކަރަންޓުގެ ސާމާނެވެ. 2007 ވަނަ އަހަރުގައި ބުރެޒިލް އިން ވަނީ 300 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް އެ ޤައުމުގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަނޑައަޅާފައެވެ.

ޑެމޮގްރަފިކްސް

ބުރެޒިލްގެ އާބާދީގެ 49.4% އަކީ ދޮން މީހުންނެވެ. 42.3% މީހުންނަކީ ބުރައުން ޕަރްދޯއިންނެވެ. 7.4% މީހުންނަކީ ކަޅުމީހުންނެވެ. 0.5% މީހުންނަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ. 0.4% މީހުންނަކީ ރެޑް އިންޑިޔަނުން ނުވަތަ އެމެރިންޑިޔަނުންނެވެ.

ސަގާފަތު

ބުރެޒިލްގައި ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާއިރު އެ ޤައުމުގެ ސަގާފަތަށް އެކިއެކި ނަސްލުތަކުގެ މީހުންގެ ސަގާފަތްތަކުގެ އަސަރު ފޯރާފައިވެއެވެ. 2000 ވަނަ އަހަރުގެ ބޯހިމެނުގައިވާ ގޮތުން 73.89% މީހުންނަކީ ކެތަލިކް މަޒުހަބުގެ ނަޞާރާއިންނެވެ. 15.41% މީހުންނަކީ ޕްރޮޓެސްޓެންޓް މަޒުހަބުގެ ނަޞާރާއިންނެވެ. ބުދުދީނުގެ މީހުންގެ އިންސައްތައަކީ 0.051% އެވެ. ޔަހޫދީންގެ އިންސައްތައަކީ 0.016% އެވެ. މުސްލިމުންގެ އިންސައްތައަކީ 0.01% އެވެ. ކުޅިވަރުގެ ދުނިޔެއަށް ބަލާއިރު ބުރެޒިލްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވެމުންދާ ޤައުމެވެ. ބުރެޒިިލްގެ އެންމެ ބޮޑު ފުޓުބޯޅަ ޢީދަކީ ޕެލަޑާއޯ އެވެ.

ބައެއް އެހެން މަޢުލޫމާތު

ބުރެޒިލްގެ ރަސްމީ ބަހަކީ “ޕޯޗުގީޒު” ބަހެވެ. ބުރެޒިލްގެ ވެރިރަށަކީ ބްރަސީލިޔާއެވެ. އަދި އެންމެ ބޮޑު ސިޓީއަކީ ސައުޕައުލޯއެވެ. ބުރެޒިލްގެ އާބާދީއަކީ 191 މިލިޔަނެވެ. ބިމުގެ ބޮޑުމިނަކީ 8.51 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯދަކީ br. އެވެ. ކޯލިން ކޯޑަކީ +55 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބްރެޒީލިޔަން ރިޔާލެވެ.

ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA