ޒޯޔާ އަޚްތަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޒޯޔާ އަޚްތަރު

ޒޯޔާ އަޚްތަރު އަކީ އިންޑިޔާގެ ފިލްމް ޑައިރެކްޓަރެކެވެ. މިއީ ސްކްރިޕްޓް ލިޔުންތެރިޔާ ހަނީ އިރާނީ، އަދި ޅެންވެރިޔާ، ސްކްރިޕްޓް ލިޔުންތެރިޔާ ޖާވިދު އަޚްތަރުގެ އަންހެން ދަރިއެކެވެ. ޒޯޔާ އަކްތަރުގެ ބޭބެ އަކީ ޑައިރެކްޓަރ، އެކްޓަރ، ލަވަކިޔުންތެރިޔާ، ލަވަލިޔުންތެރިޔާ ފަރުހާން އަޚްތަރު އެވެ. 2009 ވަނަ އަހަރު ނިކުތް ލަކީ ބައި ޗާންސް އަކީ ޒޯޔާ އަޚްތަރު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ އިތުރުން ކުރިން ތަފާތު 3 ހިންދީ ފިލްމެއްގެ އެސިސްޓެންޓް ޑައިރެކްޓަރުކަން އަދި 4 ފިލްމެއްގެ ކާސްޓިންގ ޑައިރެކްޓަރުކަން ޒޯޔާ އަޚްތަރު ކޮށްފައިވެއެވެ.