Jump to content

ޒެމްބިއާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Zambia
Flag of Zambia
Flag
Coat of arms of Zambia
Coat of arms
މޮޓޯ: "One Zambia, One Nation"
ގައުމީ ސަލާމް: Stand and Sing of Zambia, Proud and Free
Location of Zambia
ވެރިރަށް
and largest city
Lusaka
ރަސްމީ ބަސްތައްEnglish
އާންމު ސަރަހައްދީ ބަސްތައްNyanja, Bemba, Lunda, Tonga, Lozi, Luvale, Kaonde.
ޑިމޮނިމްZambian
ސަރުކާރުRepublic
• President
Edgar Lungu
Inonge Wina
• Date
24 October 1964
ސަރަޙައްދު
• Total
752,618 km2 (290,587 sq mi)[1] (39th)
• Water (%)
1
އާބާދީ
• 2009 estimate
12,935,000[2] (71st)
• 2000 census
9,885,591[3]
• Density
17.2/km2 (44.5/sq mi) (191st)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$17.409 billion[4]
• ބޮލަކަށް ޖެހެނީ
$1,482[4]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$14.654 billion[4]
• ބޮލަކަށް ޖެހެނީ
$1,247[4]
ޖިނީ (2002–03)42.1
medium
އެޗްޑީއައި (2007) 0.434
Error: Invalid HDI value (165th)
ފައިސާZambian kwacha (ZMK)
ޓައިމް ޒޯންޔޫޓީސީ+2 (CAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+2 (not observed)
ޑްރައިވިންގ ސައިޑްleft
ކޯލް ކޯޑް260
އައިއެސްއޯ 3166 ކޯޑްZM
އިންޓަރނެޓް ޓީއެލްޑީ.zm

ޒެންބިޔާއަކީ އެފްރިކާގެ ދެކުނު ބިތުގައި އޮންނަ ބިންބަންދު ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ޒެންބިޔާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން ނިޔަންޖާ އާއި ބެންބާ އާއި ލުންޑާ އާއި ތޮންގާ އާއި ލޯޒީ އާއި ލުވާލޭ އާއި ކައޮންޑޭ ބަސް އެކި ފެންވަރުގައި ބޭނުން ކުރެވެމުންދެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޒެންބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލުސާކާއެވެ. ޒެންބިޔާގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 13 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 70 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.75 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ zm. އެވެ. ކޯލިން ކޯޑަކީ +260 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޒެންބިޔަން ކްވާޗާއެވެ.

ޒެންބިޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޒެންބިޔާއެވެ. ޒެންބިޔާގެ ނަން ނިސްބަތް ވަނީ ޒެންބޭޒީ ބޭސިންއަށް ކަމަށް ބައެއް ލިޔުންތެރީން ލިޔުއްވާފައި ހުރެއެވެ.

ޒެންބިޔާގެ އުތުރުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އިރުއުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. އިރުމަތީގައި އޮތީ މަލާވީއެވެ. ދެކުނުގައި އޮތީ މުސިންބީ އާއި ޒިންބާބުވޭ އާއި ބޮޓްސްވާނާ އާއި ނެމީބިޔާއެވެ. ހުޅަނގުގައި އޮތީ އެންގޯލާއެވެ. ޒެންބިޔާއަކީ މުޅި ދުނިޔެއަށް ބަލާއިރު 39 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ޒެންބިޔާގެ ބޮޑުމިން އެމެރިކާގެ ޓެކްސަސްއާ އަޅާ ކިޔާ ކަމުގައިވާ ނަމަ ޓެކްސަސްއަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑެވެ.

މިހާރުގެ ޒެންބިޔާ ސަރަޙައްދުގައި އެންމެ ފުރަތަމަ ދިރިއުޅެން ފަށާފައިވަނީ ޝިކާރަކުރާ މީހުންނެވެ. މީލާދީން 300 ވަނަ އަހަރާ ހަމަޔަށް މި ސަރަޙައްދުގައި ވަޒަންވެރިވެގެން ތިބީ މި ދެންނެވި ޝިކާރަވެރީންނެވެ. މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި ބަންޓޫ ދަރިކޮޅުގެ މީހުން ވަނީ މި ސަރަޙައްދަށް ވަދެފައެވެ. މި މީހުންގެ ތެރެއިން ޒެންބިޔާ ސަރަޙައްދުގައި އެންމެ ފުރަތަމަ ވަޒަންވެރިވި ބަޔަކީ ތޮންގާއިންނެވެ. އެންކޯޔާ މީހުން ޒެންބިޔާއަށް އައިސްފައިވަނީ ވެސް ގާތްގަނޑަކަށް މި ދުވަސްވަރުއެވެ. އެންމެ ފުރަތަމަ ފަހަރަށް ޔޫރަޕުގެ މީހުން މި ސަރަޙައްދަށް ވަދެފައިވަނީ 18 ވަނަ ޤަރުނުގެ ތެރޭގައެވެ. އޭގެ ފަހުން ގިނަ ބަޔަކު އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޑޭވިޑް ލިވިންގސްޓޯނެވެ. ޑޭވިޑް ލިވިންގސްޓޯނަކީ ތިން “ސީ” ގެ ބޭނުންކޮށްގެން އަޅުންގެ ވިޔަފާރި ހުއްޓުވުމުގެ ނަޒަރިއްޔާއެއް ގެންގުޅުއްވި ބޭފުޅެކެވެ. އޭނާގެ ތިން ސީ އަކީ؛ “ކްރިސްޓިއަނިޓީ، ކޮމާސް، ސިވިލައިޒޭޝަން” މި ތިން މައިގަނޑެވެ. ޑޭވިޑް ލިވިންގސްޓޯނަކީ މުޅި އެފްރިކާ ބައްރަށް ވެސް ކްރިސްޓިޔަން ދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ގޮތުން ގަދަކަމުން ވެސް މީހުންގެ ދީން ބަދަލު ކުރުވާފައިވާ ކަން ފާހަގަކުރެވެެއެވެ. ލިވިންގސްޓޯން ވަނީ ޒަންބޭޒީ ކޯރާ ގުޅިފައިވާ ވޯޓަރ ފޯލްއަކަށް ވިކްޓޯރިޔާ ފޯލްސްއޭ ކިޔާފައި ނަން ވެސް ދެއްވާފައެވެ. މިއީ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ ތަކެއްޗަށް ވެސް ވިލާތުގެ މީހުން ދަޢުވާކޮށް އަމިއްލަ ކުރަމުން ދިޔަކަން ދައްކައިދޭ ސާބިތު ހެތްކެކެވެ. ޒެންބިޔާއަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1964 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ޒެންބިޔާއަކީ ސަބް ސަހާރަން އެފްރިކާއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އާބަންވެފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އެހެން ނަމަވެސް ވަޒީފާގައި ނޫޅޭ މީހުންނާއި ވަޒީފާ ނެތުން ވަނީ ޒެންބިޔާގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. ޒެންބިޔާއަށް ބަލާއިރުގައި އެ ޤައުމުގެ ރަށްފުށުގެ ސަރަޙައްދުތަކުގައި ދިރިއުޅެމުން ދަނީ ދަނޑުވެރިކަން ކުރާ މީހުންނެވެ.

ރަސްމީ ސިފައެއްގައި ބަލާއިރު ޒެންބިޔާއަކީ ކްރިސްޓިޔަން ޤައުމެކެވެ. އެހެން ނަމަވެސް އެހެން ދީން ތަކަށް ތަބަޢަވާ މީހުން ވެސް މަދެއް ނޫނެވެ. ޒެންބިޔާގެ އާބާދީގެ 5% މީހުންނަކީ މުސްލިމުންނެވެ.

ޒެންބިޔާގެ އާބާދީގެ 68% މީހުން ދިރިއުޅެމުން ދަނީ ފަޤީރުކަމުގެ ލައިނަށް ވުރެ ދަށުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1482 ޑޮލަރެވެ.

  1. United Nations Statistics Division. "Population by sex, rate of population increase, surface area and density" (PDF). Retrieved 2007-11-09.
  2. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  3. Central Statistical Office, Government of Zambia. "Population size, growth and composition" (PDF). Retrieved 2007-11-09.
  4. 4.0 4.1 4.2 4.3 "Zambia". International Monetary Fund. Retrieved 2009-10-01.