އިބްނު ރަޖަބް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްއިމާމުލް ޙާފިޡް ޒައިނުއްދީން އަބުލް ފަރަޖް ޢަބްދުއްރަޙްމާން ބިން އަޙްމަދު އިބްނު ރަޖަބް އިބްނުލް ޙަސަން އައްސަލާމީ އަލްޙަންބަލީ އަކީ ހިޖުރައިން 8 ވަނަ ޤަރުނުގައި ދިމިޝްޤުގައި އުޅުއްވި ބޮޑު ދަންނަބޭކަލެކެވެ. މުޙައްދިޘެއް އަދި ފަޤީހެއް މެއެވެ. އުފަންވެވަޑައިގަތީ 736ހ. ގައެވެ. އަވަހާރަވީ 795ހ. ވަނަ އަހަރުގައެވެ. އެކަލޭގެފާނު ވަނީ އަގުހުރި އެތައް ފޮތެއް އުންމަތަށް ދޫކުރައްވާފައެވެ.