Kebab

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ވާތުން ކަނާތަށް: ޗެންޖޭހް ކަބާބު، ކާބާބު ކޫބިޑާ، ޖޫޖެހު ކަބާބަ
ޑޯނާ ކަބާބް

ކަބާބު (ތުރުކީގަ ކެބާޕް، އިރާންގަ ކަބާބް އަދި އަފްގާނިސްތާން، އިންޑިޔާ އަދި ޕާކިސްތާނުގައި ކެބޮބް ނުވަތަ ކަބޮބް) އަކީ ޓުރުކީ އަދި ފާރިސީ ބަހުން ފިހެފައިވާ މަސް. އާއްމުގޮތެއްގައި ކެބާބް ހަދަނީ ގެރިމަހުން ނުވަތަ ބަކަރި މަހުން. އެއްބައި ވައްތަރުގެ ކެބާބް މަހުން އަދި ކުކުޅުންވެސް ހަދާއުޅޭ. އޫރު މަހަކީ މުސްލިމުންނަށް ކެއުން ހަރާމް ބާވަތަކަށް ވުމުން، އެ މަހަކުން މުސްލިމުން ކަބާބެއް ނުހަދާ. ނަމަވެސް އެއްބައި މުސްލިމް ނޫން ފަރާތްތަކުން އޫރު މަހުން ކަބާބު ހަދާ އުޅޭ. 

ކަބާބްގެ އެކި ވައްތަރު އަދި ބާވަތްތަށް ވޭ. އަދި އެކި ގައުމުތަކުގައި ކެބާބް މާނަކުރާ ގޮތްވެސް ތަފާތު. އާއްމު ގޮތެއްގައި ކެބާބް މާނަކުރަނީ ޑޯނާ ކަބާބް އަށް. ޔޫރޮޕް އަދި ޔުނައިޓެޑް ސްޓޭޓްސް ގައި ކެބާބް އަށް ކިޔަނީ ޝިޝް ކަބާބް. ދެކުނު އޭޝިޔާގައި ކެބާބް މާނަކުރަނީ ވަރަށް ގިނަ ބާވަތްތަކަކަށް. މީީގެ ތެރޭގައި ޗައްޕަލި ކަބާބް، ޝާމީ ކަބާބް އަދި ބިހާރީ ކަބާބް ހިމޭނޭ. 

ބާވަތްތަށް[އުނިއިތުރު ގެންނަވާ]

ތިރީގައި މިވަނީ ކަބާބްގެ އެކި ވައްތަރު ތަކުގެ މިސާލުތަކެއް

ޝިޝް[އުނިއިތުރު ގެންނަވާ]

ޝިޝް ކަބާބް އަކީ ދަގަނޑު ދަނޑިއަކަށް މަސް ކޮޅުތަށް ހަރާފަ، އަޅި ނުވަތަ ދަރު މަތީ ފިހާ ކަބާބް. މިއީ އިރާން އަދި އަފްގާނިސްތާންގައި އުފެދިގެން އައިސްފާވާ ކަބާބް އަކަށް ވާއިރު މި ކަބާބް ތުރުކީ، ޕާކިސްތާން، އިންޑިޔާ އަދި އަރަބި އެކި ގައުމު ތަކަށް ފެތުރިފާވޭ. މިއީ ޔޫރޮޕު އަދި އެމެރިކާގައި ވަރަށް މަޝްހޫރު ވެފައިވާ ކެބާބްގެ ބާވަތެއް. 

ޑޯނާ[އުނިއިތުރު ގެންނަވާ]

ޑޯނާ ކެބާބް (ތުރުކީ ބަހުން 'އެނބުރޭ ކަބާބް') އަކީ ބަކަރި، ގެރި ނުވަތަ ކުކުޅު މަހުން ހަދާ އެނބުރޭ ދަނޑިޔަކަށް މަތި މައްޗަށް މަސްކޮޅުތަށް ހަރާލާފަ ފިހާ ކަބާބެއް. 

ޗައްޕަލި[އުނިއިތުރު ގެންނަވާ]

ޗައްޕަލީ ކަބާބް ނުވަތަ ޗައްޕަލް ކަބާބް ނުވަތަ ޗަޕްލީ ކަބާބް އަކީ ތެއްލާފައިވާ ކަބާބްގެ ވައްތަރެއް. މިއީ މިއަދުގެ ޕާކިސްތާން އަދި އަފްގާނިސްތާންގެ އުތުރު-ހުޅަނގު ޕްރޮވިންސްގައި އުފެދިގެން އައި ކަބާބްއެއް. މި ނަން އައިސްފާވަނީ ޕަޝްތޯ އަދި އުރުދޫ ބަހުން ފައިވާނަށް ކިޔާ ބަހުން. ސަބަބަކީ މި ކަބާބް އަކީ ފައިވާނެއްގެ ބައްޓަމަށް ހުންނަ ކަބާބް އަކަށް ވާތީ. 

މި ކަބާބް ހަދަނީ މުގުރާފައިވާ ގެރި މަސް، ނުވަތަ މަޓަންއިން، ޓޮމާޓޯ، ފިހާ އަދި މިރުހާ އެއްކޮއްފަ. މީގެ އިތުރުން އެކި ބާވަތުގެ ހާބްސް އަދި ހަވާދުވެސް އަޅާ. މި ކަބާބުގައި ވަރަށް އާދަޔާ ޚިލާފު ބައްޓަމެއް ވޭ. މި ކަބާބު ރޯފިލުވަނީ ބޮޑު ތަވައެއްގަ. އާއްމު ގޮތެއްގައި މި ކަބާބު ކަނީ ރޮޓީ އާއި އެކު. އަދި ކަބާބާއި އެކު ގަހުވަ ނުވަތަ ގްރީން ޓީ ބޮއެ އުޅޭ. 

ޗައްޕަލި ކަބާބް އަކީ ޕާކިސްތާނުގައި ވަރަށް މަޝްހޫރު ކަބާބްއެއް. އަދި ލަހޯރު އަދި ކަރާޗީ ފަދަ ބޮޑެތި ސިޓީތަކުގައިވެސް ވަރަށް މަގްބޫލުކަން ބޮޑު. ނަމަވެސް ކާބޯތަކެތީގެ އެކްސްޕާޓުން ބުނާގޮތުގައި އެއްމެ މީރު ޗައްޕަލި ކަބާބް ލިބޭނީ ޕޭޝަވަރު އަދި މަރުދާން ރަށްރަށުން. މިއަދު ކަބާބްއަކި މުޅި ދުނިޔޭގައިވެސް މަޝްހޫރު ކެއުމެއް. މިގޮތުން ޔޫއޭއީ، ސައިދީ އަރަބިއްޔާ، އިންގިރޭސި ވިލާތު، ކެނަޑާ، އޮސްޓްރޭލިޔާ އަދި އެމެރިކާ ހިމެނޭ.