2007 ވަނައަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

  2007 ވަނަ އަހަރު މާލޭގައި ދިން ބޮމުގެ ހަމަލާއަކީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ވެރިރަށް މާލޭގެ އިސްލާމީ މަރުކަޒު ކައިރީގައި އޮންނަ ސަލްޓަން ޕާކުގައި ބާރުގަދަ އެއްޗެއް ގޮއްވާލި ހަމަލާއެވެ. މިހަމަލާގައި 12 ބިދޭސީ ފަތުރުވެރިން ޒަހަމްވި އެވެ. މި ޕާކް ހުންނަނީ މޯލްޑިވިއަން އާމީ ( އެމްއެންޑީއެފް ) ގެ މައި މަރުކަޒުގެ ފަހަތުގައި އެސަރަހައްދުގައެވެ . އެތައް ސަވައިލެންސް ކެމެރާތަކެއް އެހިސާބުގައި ހުރެއެވެ. އެއީ ރާއްޖޭގައި ދެވުނު ފުރަތަމަ ބޮމުގެ ހަމަލާވެސް މެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބޮމަކީ އަމިއްލައަށް ހަދާފައިވާ ހޯމްބޮމެއް ކަމަށާއި، އޭގައި ގޭސް ސިލިންޑަރަކާއި ދޮންނަ މެޝިނެއްގެ މޮޓޯއަކާއި މޯބައިލް ފޯނެއް ހިމެނޭ ކަމަށެވެ. އަނިޔާވި ފަތުރުވެރިންނަކީ ޗައިނާގެ އަށް މީހުންނާއި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިންނާއި ޖަޕާނުގެ ދެ ފަތުރުވެރިންނެވެ . [1]

މިހަލާއަށްފަހު މާލޭގައި ހައި އެލާޓްގެ ހާލަތެއް އިއުލާން ކުރެވުނެވެ. މާލެ'ގެ އެއާޕޯޓާއި ފެރީގެ ހިދުމަތް ވެސް ހައި އެލާޓް އަށްގެނެވުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގައި ސަލާމަތީ ބައްދަލުވުމެއް ބޭއްވިއިރު، ހޯމް މިނިސްޓަރު އަބްދުﷲ ކަމާލް ދީނާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކާނަލް މަންސޫރާއި، ޓޫރިޒަމް މިނިސްޓަރު މަހުމޫދު ޝައުގީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޝައްކުކުރެވުނު މީހުން[އުނިއިތުރު ގެންނަވާ]

ހަމަލާ ދިންތާ48 ގަޑިއިރުގެ ތެރޭގައި ޝައްކުކުރެވޭ 12 މީހަކު އެއީ ރާއްޖޭގެ ދިހަ ރައްޔިތަކާއި ދެ ބިދޭސީން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. [2] [3] .

އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ ވަނީ ޝައްކުކުރެވޭ ދެ މީހުންގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވާފައެވެ: އެއީ [4] އަހުމަދު ނަސީރު ކަނޑުހުޅުދޫ, ގާފޫ އަލިފް އަތޮޅު, އަދި މޫސާ އިނާސް ކަޅައިދޫ,, ލާމު އަތޮޅު މިއެވެ.މި ދެމީހުންނަކީ ވެސް އުމުރުން ވިހި އަހަރުގެ އަހަރުގެދެމީހުންނެވެ.

މިސްކިތް ހިސޯރުކުރުން[އުނިއިތުރު ގެންނަވާ]

ގޮވުމުގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު އެއާއިގުޅުންހުރިކަމަށް ފެނި ކަމާބެހޭ ފަރާތްތަކުން ހިމަންދޫ ގެ ދާރުލް ޚުއިރު މިސްކިތަށް ވަންނަން އުޅުމުން ސްޓޭންޑޯފް އެއް ހިނގި އެވެ . ކަމާބެހޭ ފަރާތްތަކާއި އެމިސްކިތުގެ ޖަމާޢަތުގެ މެމްބަރުންނާ ދެމެދު 40 ގަޑިއިރު ވަންދެން ކުރިމަތިވި ހަމަނުޖެހުންތައް ނިމުނީ 60 ފިރިހެނުންނާއި ފިރިހެން ކުދިން ހައްޔަރުކޮށް، އަދި ސިފައިންގެ މީހެއްގެ އަތް ވެސް ބުރި ވެގެންނެވެ. 30 ފުލުހަކަށް އަނިޔާވިއެވެ. [5]

ހުކުމްކުރުން[އުނިއިތުރު ގެންނަވާ]

އެއަހަރުގެ ޑިސެމްބަރު މަހު ތިން މީހަކު ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފުވުމުން 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. [6] މިނިވަން ޑެއިލީން 18 އޮގަސްޓް 2010 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލުގައި ތިބި ދެ މީހުންގެ ތެރެއިން އަހުމަދު ނަސީރާއި މުހައްމަދު ސޮބާހުގެ ހުކުމް ޖަލަށްލުމުން ތިން އަހަރުގެ ސަސްޕެންޑް ހުކުމަކަށް ބަދަލުކޮށްފައި ވަނީ އޮބްޒަވޭޝަންގެ ދަށުންނެވެ.

އިންޑިއާގެ ނޫސް ދަ ވީކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަޝްކާރް އީ ޓޮއިބާ ފަދަ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ފްރަންޓްގެ ގޮތުގައި ހިދުމަތްކުރި ޗެރިޓީތަކުން ސުނާމީގެ ސަބަބުން ގެއްލުން ލިބުނު މޯލްޑިވްސްއަށް ޑިޒާސްޓާ ރިލީފް މިޝަންތައް ބޭނުންކުރީ ޖިހާދީން ހޯދުމަށް ފުރުސަތެއްގެ ގޮތުގަ އެވެ. މި ރިޕޯޓްގައިވާ ގޮތުގައި ބޮމުގެ ހަމަލާގައި ޝައްކުކުރެވޭ ދެ މީހަކު ކަމަށްވާ މުހައްމަދު ސޮބާހާއި އަހުމަދު ނަސީރު 2010 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިވަންކޮށް ދޫކޮށްލެވިފައިވެއެވެ. މޯލްޑިވްސް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު މުނީރު ވަނީ މިދެމީހުންނަކީވެސް ރާއްޖޭގެ އެތެރޭގެ ނުރައްކަލަކަށް ގާތުން ބަލަންޖެހޭ ދެމީހުންކަމަށް ބުނެފައެވެ. .

ބޭރުގެ ލިންކްތަކެވެ[އުނިއިތުރު ގެންނަވާ]

  1. "Tourists hurt in Maldives blast", BBC News (2007-09-29). Retrieved on 22 އެޕްރީލް 2010. Archived from the original on 4 ފެބްރުއަރީ 2012. 
  2. "Some perpetrators of Sultan Park bombing have confessed – Police", Haveeru Daily (2007-10-01). Retrieved on 3 އޮކްޓޫބަރު 2007. Archived from the original on 18 މެއި 2011. 
  3. "Ten arrested over Maldives blast" (2007-10-01). Archived from the original on 24 މާރޗް 2012. 
  4. "Police release details of two plotters, more CCTV footage", Haveeru Daily (2007-10-04). Retrieved on 4 އޮކްޓޫބަރު 2007. Archived from the original on 18 މެއި 2011. 
  5. Chan Tau Chou.
  6. "ABC News: ABC News". Archived from the original on 2011-06-22. Retrieved 2008-01-10.  Unknown parameter |url-status= ignored (help)