ޤާނޫނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޤާނޫނަކީ ކޮބާ؟ ޤާނޫނަކީ ކޮބާތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އަދި މިހާތަނަށް އޭގެ ފުރިހަމަ ޖަވާބެއް އެއްވެސް މީހަކަށް ދެވިފައި ނުވާ ސުވާލެކެވެ. އެހެންވެ ޤާނޫނަކީ ކޮބާތޯ ސުވާލު ކުރެވުމުން މިބަހުގެ މަފުޙޫމުގެ ތެރޭގައި ހިމެނިގެންދާ ކަންތައްތަކެއްގެ ވާހަކަ އެތަކެއް ބަސްތަކެއް ބޭނުން ކޮށްގެން ބަޔާން ކޮށްދެވޭތޯ ޤާނޫނީ ޢިލްމުވެރިން މަސައްކަތް ކޮށްފައި ހުރެއެވެ. މިގޮތުން ޤާނޫނަކީ ރައްޔިތުން އުޅެންވީ ގޮތާއި، ނޫޅޭވީންގޮށް ބަޔާންކޮށް، ބާރުލިބިފައިވާ ފަރާތަކުން ހަދާ އުޞޫލުތަކެކޭ ބުނެވިދާނެއެވެ.