Jump to content

ޢިމްރާން މުޙައްމަދު ޢަލީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޑރ. ޢިމްރާން މުޙައްމަދު ޢަލީއަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިއެކެވެ.

އައްޝައިޚް ޑރ. ޢިމްރާން މުޙައްމަދު ޢަލީ ދީނީ ތަޢުލީމު ޙާޞިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. ތަޢުލީމު ޙާޞިލުކުރެއްވުމަށް އެ ޔުނިވަރސިޓީއަށް ވަޑައިގަތީ 2005ވަނަ އަހަރުގައެވެ. އެގޮތުން އެ ޔުނިވަރސިޓީގައި 2 އަހަރުދުވަހު ޢަރަބިބަހުގެ ތަޢުލީމު ޙާޞިލުކުރައްވައި، 2 އަހަރު ޘާނަވީ ތަޢުލީމުގައި ހޭދަކުރެއްވުމަށް ފަހު، ކުއްލިއްޔަތުއްޝަރީޢާއިން ޑިގްރީ ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ޢަޤީދާގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރެއްވިއެވެ. އަދި ހަމަ އެ ޔުނިވަރސިޓީން 2025ވަނަ އަހަރު ޢަޤީދާގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީގެ ތީސީސް ޚާއްޞަކުރައްވައިފައިވަނީ ފެމިނިޒަމްގެ ފިކުރު ދިވެހިރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުންނެވެ. ޑރ. ޢިމްރާނަކީ މަދީނާ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ޕީއެޗްޑީ ޙާޞިލުކުރެއްވި ދެވަނަ ދިވެހި ދަރިވަރެވެ.

އައްޝައިޚް ޑރ. ޢިމްރާން މުޙައްމަދު ޢަލީ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވައެވެ.