ޢަލީ ޝިފާއު

ޢަލީ ޝިފާއު އަކީ ޑައިރެކްޓަރެކެވެ. އެޑިޓަރެކެވެ. އަދި ދިވެހި ފިލްމީ ދާއިރާގެ ތަފާތު މަސައްކަތް ކޮށްއުޅޭ ފަންނާނެކެވެ. ދިވެހި ފިލްމީ ދާއިރާގައި ޢަލީ ޝިފާއު ހަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރު އެވެ.
ފިލްމީދާއިރާއަށް ވަނުން
[އުނިއިތުރު ގެންނަވާ]ފިލްމީ ދާއިރާއަށް ޢަލީ ޝިފާއު ވަނީ އޭނާގެ ރަހުމަތްތެރި މޫމިން ފުއާދު އާއެކު ފުރަތަމަ ޑައިރެކްޓްކުރި ދިވެހި ފިލްމް ހޭލާ އިންނެވެ. އާޓް ފިލްމެއްގެ ގޮތުގައި ފެނިގެންދިޔަ މިފިލްމްގެ ވާހަކައާއި، ސްކްރީން ޕްލޭ ލިޔެ ތައްޔާރުކޮށްފައިވަނީ މޫމިން ފުއާދު އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓް ސްޓޫޑިއޯ
[އުނިއިތުރު ގެންނަވާ]މޫމިން ފުއާދު އަލީ ޝިފާއު ގުޅިގެން އުފައްދާފައިވާ ޑާރކް ރެއިން އެންޓަޓެއިންމަންޓް ސްޓޫޑިއޯ އަކީ ދިވެހި ފިލްމްތަކާއި ޑްރާމާތައް އުފައްދައި މާކެޓަށް ނެރޭ ބަޔެކެވެ. މިސްޓޫޑިއޯއިން މޫމިން ފުއާދު އަދި ޢަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ އުފެއްދުންތައް ތިރީގައި މިވަނީ އެވެ.
ފިލްމް އަދި ކުރުފިލްމްތައް
[އުނިއިތުރު ގެންނަވާ]- ހޭލާ
- ބަނޑި އެދުރު
- ހެޕީ ބާރތުޑޭ - 2009
- ދިންވޭނުގެ ހިތާމައިގައި - 2010
ޑްރާމާ ސިލްސިލާތައް
[އުނިއިތުރު ގެންނަވާ]- ދަފަރާ
- ރޭފަނާ
- އިންތިހާ
ހޭލާ
[އުނިއިތުރު ގެންނަވާ]ހޭލާ އަކީ އަލީ ޝިފާއު އަދި މޫމިން ފުއާދު ގުޅިގެން ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ އެދެޑައިރެކްޓަރުންގެ ފުރަތަމަ އުފެއްދުމެވެ. މިފިލްމަށް ތަފާތު އެވޯޑްތައް ލިބިފައިވެއެވެ. މިފިލްމްގައި ލީޑްރޯލް ކުޅެފައިވަނީ ކުޑަކުއްޖެއްގެ ބައި ކުޅުނު އަހުމަދު މަޢުރޫފް އަދި އަދި އިސްމާއީލް ރަޝީދު ކޮޕީ އިއްސެ އެވެ.
ހޭލާއަށް ލިބުނު އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : އިސްމާއިލް ރަޝީދު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ޗައިލްޑް އާޓިސްޓް: އަހުމަދު މައުރޫފު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ވާހަކަ: މޫމިން ފުއާދު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ސިނެމަޓޮގްރަފީ : މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- އެންމެ މޮޅު ސިނެމަޓޮގްރަފީ : މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- ކުރު ފިލްމްތަކުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ : ޢަލީ ޝިފާޢު - ބަޑި އެދުރު - މިއަދު ކްރިސްޓަލް އެވޯޑް 2
- ކުރު ފިލްމްތަކުގެ ބައިން އެންމެ މޮޅު ވިޒުއަލް އިފެކްޓްސް : ބަޑި އެދުރު - މިއަދު ކްރިސްޓަލް އެވޯޑް 2
- ކުރު ފިލްމްތަކުގެ ބައިން އެންމެ މޮޅު އެޑިޓަރ : އަލީ ޝިފާޢު - ބަޑި އެދުރު - މިއަދު ކްރިސްޓަލް އެވޯޑް 2