Jump to content

ޢަލީ ޙައިދަރު އަޙްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޢަލީ ޙައިދަރު އަޙްމަދު
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މަޤާމުގައި
26 ޑިސެންބަރު 2024 – 14 އެޕްރީލް 2026
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީމަރްޔަމް މާރިޔާ
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
މަޤާމުގައި
17 ނޮވެންބަރު 2023 – 26 ޑިސެންބަރު 2024
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީމުޙައްމަދު އަސްލަމް
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
މަޤާމުގައި
ޖުލައި 2008 – އޮކްޓޫބަރު 2008
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
މުޙައްމަދު އަސްލަމް
އުފަންވީމާލެ، ދިވެހިރާއްޖެ
މަތީތަޢުލީމުޔުނިވަރސިޓީ ކޮލެޖް ލަންޑަން
ޔުނިވަރސިޓީ އޮފް މެންޗެސްޓަރ
އިނާމުތައްސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 1989

ޑރ ޢަލީ ޙައިދަރު އަޙްމަދަކީ އިނގިރޭސިވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ޑރ. ޢަލީ ޙައިދަރު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1981ވަނަ އަހަރުއެވެ. ދެ ފަހަރެއްގެ މަތީން ދިވެހިރާއްޖޭގެ ހައުސިންގ މިނިސްޓަރުގެ މަޤާމު އަދާކުރައްވައިފައިވެއެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި 2024 ޑިސެންބަރު 26ވަނަ ދުވަހުން ފެށިގެން 2026 އެޕްރީލް 14ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.

ދިވެހި ސަރުކާރުން ހޯދައިދިން ސްކޮލަރޝިޕެއްގެ ދަށުން އިނގިރޭސިވިލާތުގެ ދަ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް މެންޗެސްޓަރގައި ބެޗެލަރ އޮފް ޕްލޭނިންގ ކޯހެއް ފުރިހަމަކުރެއްވުމުގައި އެ ކޯހުގެ ފަހު އަހަރު ހުށަހެޅުއްވި ދިރާސާ މެންޗެސްޓަރ ޔުނިވަރސިޓީގެ ޕްލޭނިންގ ސްކޫލުން އެ އަހަރު އެއްވަނައަށް ގޮސްފައިވާތީ، ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު 1989ވަނަ އަހަރު ޢަލީ ޙައިދަރު އަޙްމަދަށް ލިބިވަޑައިގެންފައިވެއެވެ.



އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • ޑިރެކްޓަރ - މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް
  • މިނިސްޓަރ - މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް
  • މިނިސްޓަރ - މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް