ޢަލީ ރަޝީދު ޢުމަރު
Appearance
ޢަލީ ރަޝީދު ޢުމަރު އަކީ އެންޓި ކޮރަޕްޝަން ބޯޑްގެ ރައީސެވެ. މިމަގާމަށް އިސްކުރެވުނީ 18 އޮކްޓޯބަރު 2008 ގައެވެ. 14 ޑިސެމްބަރު 1974 ގައި އުފަންވެ ވަޑައިގަތް ޢަލީ ރަޝީދު އުމަރު އެންމެ ފުރަތަމަ ތައުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އިގިރޭސި ވިލާތުގެ ލިވަރޕޫލް ޔުނިވަސިޓީ އިން ބެޗްލާރސް އޮފް އާޓްސް އިން އެކައުންޓްސް ޙާޞިލް ކުރައްވާފައިވެއެވެ. އަދި އޭނާ ވަނީ އިގިރޭސި ވިލާތުގައި ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓް ކަން ކޮށްފައެވެ.
ފުރަތަމަ ވަޒީފާ އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ގައެވެ. އަދި އޭގެ ފަހުން އެންޓި ކޮރަޕްޝަން ބޯޑްގެ އެކި ލެވެލްގެ ވަޒީފާތައް އަދާކޮށްފައި ވެއެވެ.