ޢަބްދުﷲ ޖިހާދު
ޢަބްދުﷲ ޖިހާދު | |
|---|---|
ޢަބްދުﷲ ޖިހާދު، 2012 | |
| މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ޗެއަރޕާސަން | |
މަޤާމާ ހަވާލުވެވަޑައިގަތީ 1 މޭ 2024 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު | |
މަޤާމުގައި 22 ޖޫން 2016 – 17 ނޮވެންބަރު 2018 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | އަޙްމަދު އަދީބު ޢަބްދުލްޣަފޫރު |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ފިނޭންސް | |
މަޤާމުގައި 5 މާރިޗު 2013 – 22 ޖޫން 2016 | |
| ރައީސް | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | އަލްފާޟިލް މުޙައްމަދު ޝިހާބު |
| ފަހުން ވަޑައިގަތީ | އަޙްމަދު މުނައްވަރު |
| އުފަންވީ | 3 ޖަނަވަރީ 1963 ތިނަދޫ (ގދ. އަތޮޅު) ، ދިވެހިރާއްޖެ |
| އަނބި ނުވަތަ ފިރި | ޢާޞިމާ ޙުސައިން |
| ދަރިން | 3 |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކް، ޔުނިވަރސިޓީ އޮފް ވައިކަޓޯ |
އަލްފާޟިލް ޢަބްދުﷲ ޖިހާދުގެ އުފަން ތާރީޚަކީ 3 ޖަނަވަރީ 1963 އެވެ. އެމަނިކުފާނު މާސްޓަރ އޮފް މެނޭޖްމަންޓް ސްޓަޑީޒް އިން އިކޮނޮމިކްސް ފުރިހަމަ ކުރައްވައިފައިވަނީ ނިއު ޒިލަންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިންނެވެ. އެމަނިކުފާނު ބެޗަލަރ އޮފް އާޓްސް (އިކޮނޮމިކްސް/މެނޭޖްމަންޓް) ފުރިހަމަ ކުރައްވައިފައިވަނީ ފިޖީގެ ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކްއިންނެވެ.
އަލްފާޟިލް ޢަބްދުﷲ ޖިހާދު އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާ އަދާކުރަން ފަށްޓަވައިފައިވަނީ 1980ވަނަ އަހަރު އޮޑިޓް އޮފީސްގެ ޓެމްޕޮރަރީ އޮޑިޓް ސްޓާފެއްގެ ގޮތުގައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ސަރުކާރުގެ ތަފާތު މަޤާމުތައް ފުރުއްވައިފައެވެ. 2016 ޖޫން 22ވަނަ ދުވަހު އެ މަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ޢައްޔަންކުރައްވައިފައެވެ. އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އަލްފާޟިލް ޢަބްދުﷲ ޖިހާދު ވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒަޢާމަތުގައްޔާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު ފުރުއްވައިފައެވެ. އަލްފާޟިލް ޢަބްދުﷲ ޖިހާދު ފުރުއްވާފައިވާ ފާހަގަކޮށްލެވޭ އެހެނިހެން މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ހިމެނެއެވެ.
އަލްފާޟިލް ޢަބްދުﷲ ޖިހާދުވަނީ ސަރުކާރުގެ ތަފާތު މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ވަރަށް ގިނަ ޤައުމުތަކަށް ޒިޔާރަތްކުރައްވާ ތަފާތު ގިނަ ކޮންފަރެންސްތަކާއި ސެމިނަރތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.
ފުރުއްވައިފައިވާ ސަރުކާރުގެ މުހިންމު މަޤާމުތައް
[އުނިއިތުރު ގެންނަވާ]- ރައީސުލްޖުމްހޫރިއްޔާގެ ނާއިބު (22 ޖޫން 2016 – 17 ނޮވެމްބަރު 2018)
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (17 ނޮވެންބަރު 2013 – 22 ޖޫން 2016)
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (5 މާރިޗު 2013 – 17 ނޮވެމްބަރު 2013)
- ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު (17 އޮގަސްޓް 2010 – 4 މާރިޗު 2013)
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު (8 އޮގަސްޓް 2007 – 14 ޖުލައި 2008)
- މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސް އެންޑް ޓްރެޜަރީ (18 އޮގަސްޓް 2005 – 7 އޮގަސްޓް 2007)
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވައިސް ގަވަރުނަރު (18 އޮގަސްޓް 2005 – 7 އޮގަސްޓް 2007)
- ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އެންޑް ހެޑް އޮފް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު (23 އޮކްޓޫބަރު 2004 – 18 އޮގަސްޓް 2005)
- ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ ޑިރެކްޓަރ (1 އޮގަސްޓް 2000 – 23 އޮކްޓޫބަރު 2004)
- ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ ޑެޕިއުޓީ ޑިރެކްޓަރ (1 ޑިސެންބަރު 1996 – 31 ޖުލައި 2000)
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ ޑިރެކްޓަރ (3 ސެޕްޓެންބަރު 1994 – 18 ޖަނަވަރީ 1995)
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެސިސްޓަންޓް ޑިރެކްޓަރ (16 ނޮވެންބަރު 1991 – 2 ސެޕްޓެންބަރު 1994)
- މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓް އެނަލިސްޓް (17 ޖަނަވަރީ 1990 – 15 ނޮވެންބަރު 1991)
- ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ގަވަރމަންޓް ބަޖެޓް ސެކްރެޓަރީ (24 ޖުލައި 1985 – 22 ޖުލައި 1986)
- މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓްގެ އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (24 މާރިޗު 1985 – 23 ޖުލައި 1985)
- މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓްގެ ސެކްރެޓަރީ (5 އޮގަސްޓް 1984 – 23 މާރިޗު 1985)
- ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ސެކްރެޓަރީ (މާރިޗު 1982 – ޖުލައި 1982)
- އޮޑިޓް އޮފީހުގެ ޓެމްޕޮރަރީ އޮޑިޓް ސްޓާފް (7 ޖަނަވަރީ 1980 – 21 ޖަނަވަރީ 1980)
| ކުރިން ހުންނެވީ: | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
2016 - 2018 |
ފަހުން ވަޑައިގަތީ: |