Jump to content

ޢަބްދުﷲ މުޙައްމަދު އިބްރާހީމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޢަބްދުﷲ މުޙައްމަދު އިބްރާހީމަކީ ދީނީ ޢިލްމުވެރިއެކެވެ.

އައްޝައިޚް ޢަބްދުﷲ މުޙައްމަދު އިބްރާހީމް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލް އިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުލް ޙަދީޘް ވައްދިރާސާތިލް އިސްލާމިއްޔާގައި ތަޢުލީމު ހާސިލުކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް ޝަރީޢާ ޙާޞިލުކުރައްވައިފައިވެއެވެ.

އައްޝައިޚް ޢަބްދުﷲ މުޙައްމަދު އިބްރާހީމަކީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ސަލަފުގެ ރައީސެވެ.