ޢަބްދުﷲ މަސީޙު މުޙައްމަދު
ޢަބްދުﷲ މަސީޙު މުޙައްމަދު | |
|---|---|
ޢަބްދުﷲ މަސީޙު މުޙައްމަދު، 2016 | |
| ރައްޔިތުންގެ މަޖިލީހުގެ ރައީސް | |
މަޤާމުގައި 28 މޭ 2014 – 1 ނޮވެންބަރު 2018 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ނައިބު | ރީކޯ މޫސާ މަނިކު |
| ކުރިން ހުންނެވީ | ޢަބްދުﷲ ޝާހިދު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 2000–2019 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް މުޙައްމަދު ނަޝީދު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިބްރާހީމް މުޙައްމަދު ޞާލިޙް |
| މަޖިލީހުގެ ރައީސް | ޢަބްދުﷲ ޙަމީދު އަލްފާޟިލް އަޙްމަދު ޒާހިރު އަލްފާޟިލް މުޙައްމަދު ޝިހާބު ޢަބްދުﷲ ޝާހިދު ޤާސިމް އިބްރާހީމް |
| ފަހުން ވަޑައިގަތީ | މުޙައްމަދު މުމްތާޒު |
| ދާއިރާ | ފުވައްމުލައް (ޏ. އަތޮޅު) ދެކުނު ދާއިރާ |
| އުފަންވީ | 4 ފެބްރުއަރީ 1962 ފުވައްމުލައް (ޏ. އަތޮޅު) |
| ސިޔާސީ ޕާޓީ | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |
| މަތީތަޢުލީމު | މޮނާޝް ޔުނިވަރސިޓީ، އޮސްޓްރޭލިއާ ޔުނިވަރސިޓީ އޮފް ޕްލިމުތު، އިނގިރޭސިވިލާތް |
ޢަބްދުﷲ މަސީޙު މުޙައްމަދު އުފަންވެވަޑައިގަތީ 4 ފެބުރުވަރީ 1962 ގައެވެ. އެ މަނިކުފާނަކީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ. ޢަބްދުﷲ މަސީޙު ވަނީ 28 މޭ 2014 އިން ފެށިގެން 1 ނޮވެންބަރު 2018 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް މަސައްކަތްކުރައްވައިފައިވެއެވެ.
ޢަބްދުﷲ މަސީޙު މުޙައްމަދު ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ސިޔާސީ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕްލިމުތުގައެވެ. މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މޮނާޝްގައެވެ.
ޢަބްދުﷲ މަސީޙު މުޙައްމަދު ސަރުކާރަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1982ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑެޕިޔުޓީ މިނިސްޓަރެއްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
ޢަބްދުﷲ މަސީޙު މުޙައްމަދު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2000ވަނަ އަހަރު ފުވައްމުލަކުގެ ގޮނޑިއަށެވެ. އެއަށްފަހު އެ ދާއިރާ ތަމްސީލުކުރައްވަމުން އައިސް 2009ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާއަށް ހޮވިވަޑައިގަތެވެ. އަދި 2014ވަނަ އަހަރު ވެސް އެ ގޮނޑިއަށް ކުރިމަތިލައްވައި ކާމިޔާބުކުރެއްވިއެވެ.
2004ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2008ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މަސީޙު ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ.
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • މުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު) • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • ޢަބްދުﷲ ޙަމީދު • އަޙްމަދު ޒަކީ • ޢަބްދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • ޢަބްދުﷲ ޝާހިދު • ޢަބްދުﷲ މަސީޙު މުޙައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
ޢަބްދުއްރަޙީމް ޢަބްދުﷲ •