Jump to content

ޢަބްދުﷲ އަދީބު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޢަބްދުﷲ އަދީބަކީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.

އައްޝައިޚް ޢަބްދުﷲ އަދީބު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1 ޖަނަވަރީ 1989 ގައެވެ. ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1997ވަނަ އަހަރުއެވެ.

އައްޝައިޚް ޢަބްދުﷲ އަދީބު ޝަރުޢީ ދާއިރާގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ގޯތި ގެދޮރުގެ މައްސަލަތައް ބަލަމުން ގެންދިޔަ ކޯޓު ނަންބަރު 04 ގައި ޤާޟީއެއްގެ މަޤާމުގައެވެ. އަދި 1 އޮގަސްޓު 1997 އިން ފެށިގެން 2 ނޮވެންބަރު 1997 އަށް ޖިނާއީ ކޯޓުގެ ޤާޟީއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައިވެއެވެ. 2 ނޮވެންބަރު 1997 އިން ފެށިގެން 1 ޖަނަވަރީ 2013 އާ ހަމައަށް މަސައްކަތްކުރައްވައިފައި ވަނީ މަދަނީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. 1 ޖަނަވަރީ 2013 އިން ފެށިގެން މަސައްކަތްކުރެއްވީ ފެމިލީ ކޯޓުގައިއެވެ. އެގޮތުން ފެމިލީ ކޯޓުގައި 2015ވަނަ އަހަރާ ހަމައަށް އައްޝައިޚް ޢަބްދުﷲ އަދީބު ބެއްލެވީ ޢާއިލީ މައްސަލަތަކެވެ. އެއަށްފަހު ދެން މަސައްކަތްކުރެއްވީ ފެމިލީ ކޯޓުގެ ތަރިކަ ޑިވިޜަންގައެވެ.

2021 ޑިސެންބަރު 30ވަނަ ދުވަހު އައްޝައިޚް ޢަބްދުﷲ އަދީބު ވަނީ ޤާޟީކަމުން ރިޓަޔަރވެވަޑައިގެންފައެވެ. ރިޓަޔަރވެވަޑައިގެންނެވި އިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުގައެވެ.