Jump to content

ޢަބުދުﷲ ޢަފީފް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޢަބުދުﷲ ޢަފީފް (ފިނިފެންމާގެ، ސ.ހިތަދޫ) އަކީ އިގިރޭސިން އައްޑުއަށް ފޭބުމާއި ގުޅިގެން ހިނގައިދިޔަ ގަޑުބަޑުގެ ވެރިޔާ އެވެ. ޢަބުދުﷲ ޢަފީފް ގެ ބައްޕަ އަކީ އައްޑުއަތޮޅު ހިތަދޫ އެޅަދީދީގެ ޢަލިދީދީ އެވެ. މަންމައަކީ ބޮޑުގޭ ޙުސައިން ތައްޚާނުގެ ފާތިމަތު ދީދީ އެވެ. ޢަބުދުﷲ ޢަފީފް އަކީ މިޞްރުން ޢަރަބިބަހުގެ ޢިލްމު ޙާޞިލްކުރެއްވި ބޭފުޅެކެވެ. އަދި އިގިރޭސި ބަސް ދެނެލައްވައެވެ. ތަޢުލީމް ޙާޞިލްކޮށް މާލެ ވަޑައިގެން މާލޭގެ މަތީ ފަންތީގެ ބޭފުޅުންނާއި ގާތްގުޅުމެއް ބޭއްވި އެވެ. އައްޑު އަތޮޅު ގިނަމީހުންގެ ތާއީދު ހޯއްދެވިއެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުޙައްމަދު އަމީންގެ އަރިހަށް އައްޑުއަތޮޅުން އައި ވަފުދުގައި ޢަބުދުﷲ ޢަފީފް ހިމެނި ވަޑައިގަންނަވައެވެ. އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި ސ.ހިތަދޫގެ ޚަޠީބުކަން، އަދި އައްޑުއަތޮޅު އަތޮޅުވެރިންގެ ވަކީލުކަން ހިމެނެއެވެ. ޢަބުދުﷲ ޢަފީފް އަކީ އިގިރޭސިން އައްޑުއަށް ފޭބުމާއި ގުޅިގެން ހިނގައިދިޔަ ގަޑުބަޑުގެ ވެރިޔާ އެވެ. 1939 ވަނަ ފެށިގެން ދެވަނަ ބޮޑު ހަނގުރާމައިގައި އައްޑު އަތޮޅަށް އިގިރޭސިން ފޭބުމުން، ބަޣާވާތެއް ހިންގަން އުޅުމުގެ ކުށުގައި އޭރުގެ ދައުލަތް ޢަމަލީ ގޮތުން ހިންގަން ހުންނެވި އަލްއަމީރު މުޙައްމަދު އަމީން މާލެ ގެންނެވި މީހުންގެ ތެރޭގައި ޢަބުދުﷲ ޢަފީފް ހިމެނެއެވެ. އަދި އުގޫބާތް ދެވުނު މީހުންގެ ތެރޭގައި ވެސް ހިމެނެއެވެ. އަދި ދެވަނަ ފަހަރަށް އައްޑު އަތޮޅަށް އިގިރޭސީންގެ ވައިގެ ލަޝްކަރެއް ފޭބުމާއި ގުޅިގެން، ދިވެހި ދައުލަތާއި އިދިކޮޅު ކަޅުވިލާގަނޑެއް އައްޑު އަތޮޅުގައި ބޯމަތިވި އެވެ. މިކަމުގެ ސަބަބުން ދިމާވާ މައްސަލަ ހަމަޖެއްސުމަށް އައްޑުއަތޮޅަށް ފޮނުވާފައި ތިބި ދިވެހި ދައުލަތުގެ ވެރިންނާއި އައްޑު އަތޮޅުގެ ރައްޔިތުންނާއި ދެމެދު ހަމަނުޖެހުން ހިގަން ފެށިއެވެ. އެދުވަސްކޮޅުގެ ތެރޭގައި ފާޅުގައި ދެކޮޅުހަދާ ދިވެހި ރަސްކަމާއި އައްޑު އަތޮޅާއި ވަކިވެގެން ދިޔައެވެ. އަދި ނަތީޖާ އަކަށް ހުވަދު އަތޮޅު ،ފޯއްމުލައް އަދި އައްޑު އަތޮޅު ބައިވެރިވެގެން ވަކި ދައުލަތެއް ޔުނައިޓެޑް ސުވެޑީބް އައިލެންޑްސް ގެ ނަމުގައި 13 މާރޗް 1959 ގައި އިއުލާން ކުރުމެވެ. މިކަމުގައި އިސްކޮށް ހުންނެވީ ޢަބުދުﷲ އަފީފް އެވެ. ދެކުނު 3 އަތޮޅުގައި ވަކި ދައުލަތެއް އުފައްދައި ދިވެހި ސަރުކާރާއި ވަކިވުމުން އިބްރާހީމް ނާޞިރު މޯލްޑިވްސް ސްޓާރ ގައި 13 ޖުލައި 1959 ގައި ހުވަދު އަތޮޅަށް ވަޑައިގެން 20 ޖުލައި 1959 ގައި ހަވަރުތިނަދޫ ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައި، ދެކުނު ތިން އަތޮޅުގައި އޮތް ޔުނައިޓެޑް ސުވެޑީބް އައިލެންޑްސް ކިޔާ ސަރުކާރު ފުނޑުފުނޑުކޮށްލިއެވެ. އިގިރޭސީންގެ ބާރުދީގެން ދެކުނު ތިން އަތޮޅުގައި ވަކި ވެރިކަމެއް އުފެއްދި ޢަބުދުﷲ ޢަފީފް އާއި އޭނާގެ އަނބިކަނބަލުން 30 ސެޕްޓެމްބަރު 1963 ގައި ޝީޝެލްސް އަށް ގެންދެވުނެވެ. ގެންދިޔައީ އިގިރޭސި މަނަވަރެއްގައެވެ. އޭގެ ފަހުން އައްޑު އަތޮޅުގައި ވެސް ދިވެހި ދިދަ ނަންގަވައި ދިވެހި ދައުލަތުގެ ދަށަށް އައްޑު އަތޮޅު ގެންނެވީ އެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006