ޢަބުދުﷲ ދީދީ(ދަރަވަންދޫގެ)
Appearance
އައްޝައިޚް ޢަބުދުﷲ ކަމާލުއްދީން ބުނި މޫސާ އަލްމަހައްލީ (ދަރަވަންދޫގެ ޢަބުދުﷲ ދީދީ) އަކީ ބޮޑުގަލުގޭ އިސްމާޢީލް މަނިކުގެ އަލްޙާއްޖު މޫސާދީދީ (ބޮޑުގަލުގޭ މޫސާދީދީ) ގެ ދަރިކަލެކެވެ. މަންމައަކީ ބ.ދަރަވަންދޫ އަލްޙާއްޖު ގާސިމް ކަލޭގެފާނުގެ އަލްޙާއްޖު މޫސާ (ދޮންކަލޭފާނު)ގެ ތުއްތު މަނިކެ (ދަރަވަންދޫގޭ ތުއްތު މަނިކެ) ނުވަތަ ދޮންކަލޭފާނު ތުއްތު މަނިކެ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 17 ޝައްވާލް 1305ހ ގައެވެ. ދަރަވަންދޫގެ ޢަބުދުﷲ ދީދީ އަކީ މީހުންނާއިގުޅޭ މަޑުމައިތިރި ބޭފުޅެކެވެ. ހިތްހެޔޮ ރިވެތި އަޚްލާޤަށް ލޯބިކުރެއްވި ޢިލްމްވެރި އެކެވެ. ދަރަވަންދޫގެ ޢަބުދުﷲ ދީދީ އަކީ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނާއި އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.
ފާހަގަކޮށްލެވޭ ބޭފުޅުން
[އުނިއިތުރު ގެންނަވާ]- އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ
- އައްޝައިޚް މޫސާ ޖަމީލް ދީދީ
ފުރުއްވި މަގާމްތައް
[އުނިއިތުރު ގެންނަވާ]- 2 އޮގަސްޓް 1934 : ބަންޑާރަ ނާއިބުކަން
- 6 މެއި 1935 : އިމްތިހާން ކޮމިޓީގެ ވެރިކަން
- 1928 : ވުޒާރަތުލް މަޢާރިފްގެ މުދައްރިސްކަން
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006