ޢަބުދުﷲ ދީދީ(އަތިރީގެ)
Appearance
ޢަބުދުﷲ ދީދީ(އަތިރީގެ) އަކީ އަތިރީގޭ އަލްއަމީރު ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮން އަހުމަދު ދީދީގެ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނު (ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު) ގެ ދަރިކަލެކެވެ. މަންމައަކީ ސިލޯނު ގާލީގޭ ޚަދީޖާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 23 އޮކްޓޯބަރު 1873މ ގައެވެ. ޢަބުދުﷲ ދީދީ ތައުލީމް ޙާޞިލް ކުރެއްވީ ސިލޯންގެ ސުކޫލަކުންނެވެ. އޭގެ ފަހުން ސިފައިންގެ ކޯސް ހައްދަވައި ސިފައިންގެ މަސައްކަތް ދަސްކުރެއްވިއެވެ. އިގިރޭސި، އުރުދޫ، ސިންގަޅަ، ތަމަޅަ ދެނެލައްވައެވެ. ދިވެހިރާއްޖެއަށް ޕިޗޯރީން އައި ދުވަސްވަރު އެކަމުން ރާއްޖެ ސަލާމަތްކުރެއްވުމުގެ ޢަމަލީ ވެރިޔަކީ ޢަބުދުﷲ ދީދީ އެވެ. އަދާކުރެއްވި ވަޒީފާ އަކީ 1909 ގައި އިސްކުރެވުނު ސިފައިންގެ ވެރިޔާކަން އެވެ.
އެއްބަފާ ބޭފުޅުން
[އުނިއިތުރު ގެންނަވާ]- ގަލޮޅުގޭ މުޙައްމަދު ދީދީ
- އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު
ޢަބުދުﷲ ދީދީ އަވަހާރަވީ 18 ޖެނުއަރީ 1931 ގައެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006