Jump to content

ޢަބުދުﷲ ފާށަނާކިލެގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޢަބުދުﷲ ފާށަނާ ކިލެގެފާނު (ކަކާގޭ ޙާޖީ ޢަބުދުﷲ ދީދީ) އަކީ ރަގަޅު ފެންވަރަކަށް ދީނީ ޢިލްމާއި ފަންނީ ޢިލްމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެެހެން ކަމުން 20 ވަނަ ގަރުނުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވުނެވެ. ބައްޕައަކީ އަލްއަމީރު އެދުރު އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނުގެ ފުތް ކަކާގޭ އަލްއަމީރު ޢަލީ ރަންނަބަނޑޭރި ކިލެގެފާނު (ކަކާގޭ ޢަލިކިލެގެފާނު) އެވެ. މަންމައަކީ މާގަނޑުވަރު ޙުސައިންދީދީގެ ޢާއިޝާ (ކަކާގޭ ދޮންދީދީ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1854މ ގައެވެ. ހެވިކަމުގެ ޢިލްމާއި ހުނަރަށް ކުޅަދާނަ ކަމުން ބަންޑާރަ ކޮށީގެ އެދުރުކަން ދެއްވި އެވެ. މުޙައްމަދު ޝަމްސުއްދީން ރަސްކަމުގެ ދުވަސްވަރު ހަތްދަށު ކޮލިލެއްވި އެވެ. އަތިރީގޭ ޢަބުދުލް މަޖީދުގެ ބޮޑު ބަނޑޭރި ކަމުގައި އެމަނިކުފާނު ރަށުގައިނެތިދާ ކޮންމެ ފަހަރަކު ބޮޑު ބަނޑޭރިކަން ޢަބުދުﷲ ފާށަނާ ކިލެގެފާނުއާއި ޙަވާލު ކުރައްވައެވެ. އޭގެ މާނައަކީ ސަރުކާރު ހިންގުމުގެ ގާއިމް މަގާމްކަން ރަދުން ހަވާލުކުރައްވާފައި ވުމެވެ.

ފުރުއްވި މަގާމްތައް

[އުނިއިތުރު ގެންނަވާ]
  • 1893 – 1931 : ބަންޑާރަކޮށީގެ އެދުރުކަން
  • 14 ޑިސެމްބަރު 1928 : ފާށަނާކިލެގެކަން
  • ކަކާގޭ ޙުސައިން ދީދީ
  • ޚަދީޖާ ދީދީ މަލިކު

ޢަބުދުﷲ ފާށަނާކިލެގެފާނު އަވަހާރަވީ 19 ޖެނުއަރީ 1931މ (3 ރަބީއުލް އައްވަލް 1350ހ) ގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006