Jump to content

ޢަބުދުލް ޙައްނާނު ޙަލީމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޢަބުދުލް ޙައްނާނު ޙަލީމް އަކީ އައްސައްޔިދު އިބްރާހީމް ޙަލީމް(ބަނޑިއަލިބޭގެ މެދުސީދީ)ގެ ދަރިކަނބަލެކެވެ. މަންމައަކީ ބޮޑުފެންވަޅުގޭ ސީދީގެ އައްނަބީލާ އަމީނާ ޙުސައިން އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 އެޕްރީލް 1937 ގައެވެ. ޢަބުދުލް ޙައްނާނު ޙަލީމް ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސުކޫލް އިންނެވެ. އިގިރޭސި ބަސް ރަގަޅަށް ދެނެލައްވައެވެ. ދީނީ ތަޢުލީމް ވެސް ވަނީ ޙާޞިލް ކުރައްވާފައެވެ. ހަވާލުކުރައްވާ މަސައްކަތް އަންގަވާގޮތަށް ކުރެއްވޭތޯ ބެއްލެވި ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

އެއްބަނޑު އެއްބަފާ ބޭފުޅުން

[އުނިއިތުރު ގެންނަވާ]
  • މުއުމިނާ ޙަލީމް
  • މައިމޫނާ ޙަލީމް

ފުރުއްވި މަގާމްތައް

[އުނިއިތުރު ގެންނަވާ]
  • 20 ޖުލައި 1956 – ވުޒާރަތުއް ދާޚިލިއްޔާގެ ކާތިބުކަން
  • ވުޒާރަތުއް ދާޚިލިއްޔާގެ ސެކެޓްރީގެ ބަދަލުކަން
  • 12 ރަބީޢުލް އާޚިރު 1377ހ : ވުޒާރަތުއް ދާޚިލިއްޔާގެ ސެކެޓްރީކަން
  • 25 ޛުލްޙައްޖާ 1377ހ : ވަޒީރުލް އަޢުޒަމް އޮފީހުގެ ހިންގާ ސެކެޓްރީކަން
  • 27 ޞަފަރު 1378ހ : ސިފައިންގެ މީހެއްގެ ވަޒީފާ
  • 27 ޖެނުއަރީ 1959 – 2 ނަންބަރު ސިފައިންގެ މީހެއްގެ ވަޒީފާ
  • 17 ސެޕްޓެމްބަރު 1959 – ސިފައިންގެ 3 ނަންބަރު ސަރުދާރުކަން
  • 3 އޮގަސްޓް 1961 – ސިފައިންގެ ސަރުދާރުކަން
  • 22 މެއި 1962 – މަޙްކަމަތުލް އަމަން އާންމުގެ ވަކީލްކަން
  • 14 މާރޗް 1963 – ދާޚިލިއްޔާގެ ފިލްމް ސެންސަރު ބޯޑްގެ މެންބަރުކަން
  • 29 ޖޫން 1963 – ސިފައިންގެ ވެރިޔާގެ ނާއިބުކަން
  • 1 ޑިސެމްބަރ 1963 – އަމްނު އާންމުގެ ވެރިޔާގެ ނާއިބުކަން
  • 20 އޮގަސްޓް 1968 - ދާޚިލިއްޔާގެ ފިލްމް ސެންސަރު ބޯޑްގެ މެންބަރުކަން
  • 11 ނޮވެމްބަރު 1968 – 11 ނޮވެމްބަރު 1978 – މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީކަން
  • 11 ނޮވެމްބަރު 1978 – 29 ޑިސެމްބަރު 1978 – ކެބިނެޓް މިނިސްޓަރުކަން
  • ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަން (ދެފަހަރު)

ޢަބުދުލް ޙައްނާނު ޙަލީމް އަށް ޕެންޝަން ލިބިވަޑައިގަތީ 29 ސެޕްޓެމްބަރު 1975 ގައެވެ. އޭރު ހުންނެވީ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ ގެ މަގާމްގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006