ޢަބުދުލް ޙަކީމް ޙުސައިން މަނިކު
ޢަބުދުލް ޙަކީމް ޙުސައިން މަނިކު ( އުފަންވީ 22 އެޕްރީލް 1917މ، 24 ޖުމާދިލް އާޚިރު 1355ހ ) އަކީ މަޖީދިއްޔާގެ މުސްކުޅި ދަރިވަރެކެވެ. ބައްޕައަކީ ކުޑަ ޢަލީ މަނިކުގެ ދޮންމަނިކުގެ ދޮންތުއްތު ( އިބްރާހީމް މާފަތް ތަކުރުފާނުގެ ޙުސައިން މަނިކު) އެވެ. މަންމަ އަކީ ޢަލިފުޅު ކޮއި މޫސާ މަނިކުގެ ދޮން މަނިކެ އެވެ.
ޢަބުދުލް ޙަކީމް ޙުސައިން މަނިކު އަކީ ތަންދޮރު ދެނެވަޑައިގަންނަވާ ޢިލްމް ވެރިއެކެވެ. އުރުދޫ ބަސް، ތަމަޅަ، އަދި ސިންހަޅަ ބަސް ދެނެލައްވައެވެ. އިގިރޭސި ބަހުން ވެސް ވާހަކަ ދައްކަވައެވެ. އޭނާ އަކީ ރައްޔިތުންގެ ޙައްގުތައް ވެރިންގެ ކިބައިން ހޯއްދެވުމަށް މަސައްކަތްކުރެއްވި ބޭކަލެކެވެ. ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ ވިޔަފާރި ކުރެއްވުމެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރި ކުރެއްވުމަށް ފިހާރައެއްގައި އޮފީހެއް ހިންގެވީ ޢަބުދުލް ޙަކީމް ޙުސައިން މަނިކު އެވެ. ޢަބުދުލް ޙަކީމް ޙުސައިން މަނިކު އަކީ ސާފު ތާހިރު، މީހުންނާއި ގުޅުންހުރި ބޭކަލެކެވެ. ދިވެހި ބަހުގެ ލިޔުންތެރި އެކެވެ. ލިޔުންތެރިކަމުގެ ރަންގަލަން ލިބިލައްވާފައި ވެއެވެ. ދިވެހިރާއްޖޭގައި ޗާޕުވެގެން އެންމެ ފުރަތަމަ ނެރުނު މަޖައްލާއިން ފެށިގެން ނޫސް މަޖައްލާ ތަކަށް ލިޔެދީފައި ވެއެވެ.
ފުރުއްވި މަގާމްތައް
[އުނިއިތުރު ގެންނަވާ]- ތާރީޚް ކޮމިޓީގެ މެންބަރުކަން : 7 ޖުލައި 1959 ( 1 މުހައްރަމް 1378 )
- ފިޝަރީޒް އެޑްވައިޒަރީ ބޯޑްގެ މެންބަރުކަން : 19 ޖެނުއަރީ 1959 ހޯމަ ދުވަހު ( 9 ރަޖަބު 1378ހ)
ޢަބުދުލް ޙަކީމް ޙުސައިން މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 31 މާރޗް 2006 ގެ ހެދުނުގެ ވަގުތެއްގައެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006