ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އަކީ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. ލިޔުންތެރި އެކެވެ. ގާރީ އެކެވެ. އަދި ކެރަމް ފަދަ ކުޅިވަރުތަކުގެ ފަންނާނެކެވެ. ޢަބުދުއް ސައްތާރުގެ ހުނަރު ފުރަތަމަ ފެނިގެން އައީ ޢަރަބިއްޔާ ސުކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ. މިވަގުތު ޢަބުދުއް ސައްތާރު ތަޢުލީމު ހާސިލް ކުރަމުންދަނީ އަޒްހަރު ޔުނިވަސިޓީގައެވެ.

ޢަބުދުއް ސައްތާރުގެ 30ވަނަ އުފަންދުވަހު ކޭކު ފަޅަނީ

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އުފަންވީ ދ.މާއެނބޫދޫ އަށެވެ. ބައްޕައަކީ އަލްގާރީ ޢަބުދުލް ޙަމީދު މޫސާ އެވެ.

ތަޢުލީމީ ދައުރު[އުނިއިތުރު ގެންނަވާ]

ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ ދ.މާއެނބޫދޫ ސުކޫލުންނެވެ. އެއަށްފަހު 1990 ވަނަ އަހަރު މަދަރުސަތުލް ޢާލިޔާ އަށް ވަނެވެ. އެއަހަރު ޢާލިޔާ ސުކޫލްގެ ފަރާތުން މަދަރުސާ ކުދިންގެ މެދުގައި ބޭއްވި އެތްލެޓިކްސް މުބާރާތުގެ ދުވުމުގެ ބައިގައި ވާދަކޮށްފައި ވެއެވެ. 1991 ވަނަ އަހަރު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ވަނެވެ. ޢަރަބިއްޔާ ނިންމި އިރު އެސުކޫލްގެ ކެޕްޓަން އަދި ޕްރިފެކްޓެއްގެ މަގާމް ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އަކީ އަދާކޮށްފައި ވެއެވެ.އަރަބިއްޔާއިން ބެސްޓް އޯލް ރައުންޑް ދަރިވަރުގެ މަގާމް ހޯދިއެވެ. އަދި މުޅި ސުކޫލުން 1 ވަނަ ނުވަތަ އެއައަރުގެ ޝަހާދާ އިޢްދާދިއްޔާ އިން 1 ވަނަ ހޯދިއެވެ.

1995 ވަނަ އަހަރު މަޢުހަދުގައި ކިޔަވަން ފެށިއެވެ. މަޢުހަދުގައި ޕްރިފެކްޓް ކަމުގެ އިތުރުން ޖަމްއިއްޔާގެ ރައީސްކަން ކޮށްފައި ވެއެވެ.

ތައުލީމީ މަރުހަލާ ފުރިހަމަކުރި މަރުކަޒުތައް[އުނިއިތުރު ގެންނަވާ]

  • ދ. މާއެނބޫދޫ ސުކޫލް
  • މަދަރުސަތުލް ޢާލިޔާ
  • އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  • މައުޙަދުއް ދިރާސާތިލް އިސްލާމިއްޔާ
  • ފެކަލްޓީ އޮފް މެޑިސިން - އަލް އަޒުހަރު ޔުނިވަސިޓީ ( ފަހުން ފެކަލްޓީ ބަދަލުކޮށްފައި )
  • ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ - އަލް އަޒުހަރު ޔުނިވަސިޓީ

ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

  • އަރަބިއްޔާގެ ހެޑް ޕްރިފެކްޓް ކަމާއި ސުކޫލް ކެޕްޓަންކަން
  • މައުހަދުގެ ހެޑްޕްރިފެކްޓް ކަމާއި ސުކޫލް ކެޕްޓަންކަން
  • އަރަބިއްޔާ ނިންމި އަހަރު ޝަހާދާ އިޢުދާދިއްޔާ އިން 1 ވަނަ ( 1994 )
  • މައުހަދު ނިންމި އަހަރު ޝަހާދާ ޘާނަވިއްޔާ އިން 1 ވަނަ ( 1998 )

މަތީތަޢުލީމް ޙާޞިލް ކުރުން[އުނިއިތުރު ގެންނަވާ]

މިޞްރަށް މަތީ ތައުލީމް ޙާޞިލްކުރުމަށް ދިޔައީ 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މިހާރު ކިޔަވަނީ މިޞްރުގެ ޖާމިއަތުލް އަޒުހަރުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައެވެ. ސައްތާރު އަކީ ފާއިތުވި ދެދައުރާއި ހިގަމުންދާ ދައުރުގެ މިޞްރުގައި އޮންނަ ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާގެ ރައީސެވެ.

ހުނަރު[އުނިއިތުރު ގެންނަވާ]

ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދަކީ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. މޮޅު ލިޔުންތެރި އެކެވެ. ރީތި ގުރުއާން ކިޔަވާ ގާރީއެކެވެ. ޢަރަބިއްޔާ އަދި މަޢުހަދުގައި އުޅުނު ދުވަސްވަރު ވާހަކަ ދެއްކުން، ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ހޯދާފައި ވެއެވެ. އަރަބިއްޔާ އަދި މައުހަދުގައި ނެރެމުންދިޔަ ޢިލްމީ މަޖައްލާ ތަކުގެ އެޑިޓަރުކަން ސުކޫލް ދައުރުގައި ކޮށްފައި ވެއެވެ. ތަރާވީޙް ނަމާދު އިސްވެ މާލޭގެ މިސްކިތް ތަކުގައި ކޮށްފައި ވެއެވެ. ޓީވީ މޯލްޑިވްސް އިން ތައްޔާރުކުރާ މުޙައްމަދު ރަސޫލުﷲ ގެ ޕްރޮގްރާމް އަށް އަޑުއެޅުމުގައި ވެސް ޢަބުދުއް ސައްތާރު ބައިވެރި ވެފައި ވެއެވެ.

ކުޅިވަރު[އުނިއިތުރު ގެންނަވާ]

ތަފާތު ގިނަ ކުޅިވަރު ތަކުގައި ޢަބުދުއް ސައްތާރު ބައިވެރި ވެފައި ވެއެވެ. މިގޮތުން ކުޅޭ ކުޅިވަރު ތަކުގެ ތެރޭގައި ފުޓްބޯޅަ، ޓީޓީ، ބެޑްމިންޓަން، ޑާޓް، ރާޒުވާ، ބިލިޔާރޑް، ފަދަ ކުޅިވަރުތައް ހިމެނެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]