Jump to content

ޝުޢައިބު ޙުސައިން ޒަކަރިއްޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު
މަޤާމުގައި
26 މާރިޗު 2011  22 ނޮވެންބަރު 2022
ރައީސްމުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
އިބްރާހީމް މުޙައްމަދު ޞާލިޙް
ފަހުން ވަޑައިގަތީ
އަވަހާރަވީ19 ޖަނަވަރީ 2025
ފަސްދާނުލެވިފައިވަނީމއ. އާސަހަރާ، މާލެ
މަތީތަޢުލީމުޔުނިވަރސިޓީ އޮފް ޤަޠަރު
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، ޤަޠަރުގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ.

އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ.

އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ) އެވެ.

އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 55 އަހަރުފުޅެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ 23:00 ގައި މާލޭ މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ. ފަސްދާނުލީ މާލޭ މއ. އާސަހަރާގައެވެ.