ޝަފާޢަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

(الشفاعة) ޝަފާޢަތަކީ ޢަރަބި ބަހުގެލަފުޒެކެވެ. އެބަސް ނެގިފައިވަނީ الشَّفْعُ (އައްޝަފުޢު) އިންނެވެ. މާނައަކީ ޢަދަދުގެ ގޮތުން ޖޯޑުހަމަވުމެވެ. އެއީ އޮނަހިރީގެ އިދިކޮޅެވެ. (معجم النفائس الوسيط ޞ745)

ދިވެހިބަސްފޮތުގައި ޝަފާޢަތް މާނަކޮށްފައިވަނީ "ޤިޔާމަތްދުވަހު މީސްތަކުންގެ ހިސާބުބެއްލެވުން އަވަސްކޮށް ދެއްވުމަށް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) މާތްﷲ ގެ ޙަޟުރަތުން އެދިވަޑައިގަންނަވާ އެދިވަޑައިގަތުން" ކަމުގައެވެ.

الشفاعةގެ އިޞްޠިލާޙީ މާނައަކީ "އެއްވެސް ސަބަބެއްނެތި މީހެއްގެ ކިބައިން (އޭނާއަށް ލިބޭ) ޢުޤޫބާތެއް މަޢާފުކޮށްދިނުމަށް ނުވަތަ (އެ) ޢުޤޫބާތު ލުއިކޮށްދިނުމަށް އެދުމެވެ." ( ދަރުމަ، ފެބުރުއަރީ 2007)


ޝަފާޢަތުގެ ދަލީލު[އުނިއިތުރު ގެންނަވާ]

ޝަފާޢަތަކީ އެކަމާ އިންކާރުނުކުރެވޭ ދަރަޖައަށް ކީރިތ ޤުރުއާނުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ދަލީލުލިބި ސާބިތުވާ ކަމެކެވެ. ކީރިތި ޤުރުއާނުގައި ތަފާތު މާނަތަކުގައި ޝަފާޢަތް ވާރިދުވެގެން އައިސްފައިވެއެވެ. އަދި ތަފާތު 25 އާޔަތެއްގައި شفاعة ސީދާ ގޮތެއްގައި ވާރިދުވެފައިވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. " يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا " (طه : 109) " ރަޙުމާނުވަންތަ ރަސްކަލާނގެ އެމީހަކަށް އިޛުނަދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފި މީހަކަށްމެނުވީ އެދުވަހުން ޝަފާޢަތްތެރިވުމުގެ މަންފާއެއްނުކުރާނެއެވެ."

ކީރިތި ރަސޫލާގެ ސުންނަތުންވެސް މިކަމުގެ ދަލީލު ލިބެއެވެ. أبي هريرة رضي الله عنه، قال: قال رسول الله صلى الله عليه وسلم : ( لكل نبي دعوة مستجابة، فتعجل كل نبي دعوته، وإني اختبأت دعوتي شفاعة لأمتي يوم القيامة، فهي نائلة - إن شاء الله - من مات من أمتي لا يشرك بالله شيئا )ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘުކުރައްވާފައިވެއެވެ." ކޮންމެ ނަބީބޭކަލަކަށްވެސް ޤަބޫލުވެވިގެންވާ ދުޢާއެއް ލިބިގެން ވެއެވެ. އަދި އެއިން ކޮންމެ ނަބީބޭކަލަކުވެސް (މިދުނިޔެ މަތީ) އެދުޢާގެ ބޭނުން ހިތްޕެވުމުގައި އަވަސްވެގެންނެވިއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ޝަފާޢަތްތެރިވުމަށްޓަކާ ތިމަންކަލޭގެފާނު އެދުޢާގެ ބޭނުން ކުރެއްވުން ލަސްކޮށްލެއްވީމެވެ. އަދި ﷲ تعالى އިރާދަކުރެއްވިއްޔާ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ﷲ تعالى އާ ޝަރީކުކޮށްފައިނުވާ ކޮންމެ މީހަކަށްމެ އެޝަފާޢަތް ލިބޭނެއެވެ." (ބުޚާރީ، މުސްލިމް، ތިރުމިޛީ)


ޝަފާޢަތުގެ މައްސަލައިގައި މީސްތަކުން ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ފުރަތަމަބައި[އުނިއިތުރު ގެންނަވާ]

ފުރަތަމަބައިގާ ހިމެނެނީ މުޝްރިކުންނާއި ނަޞާރާއިންނާއި އަދި ހައްދުފަހަނަ އަޅާފައިވާ ބިދުޢަވެރިންނެވެ. މިބައިމީހުން ދެކޭގޮތުގައި މާތްﷲގެ ޙަޟުރަތުގައި މިބައިމީހުނަށް، މިބައިމީހުން (ދުނިޔޭގައި އުޅުނުއިރު) މާތްކޮށް ހިތާ މަތިވެރިކޮށްއުޅުނު މީހުން ޝަފާޢަތްތެރިވާނެތެވެ. އަދި މުޝްރިކުން ދެކޭ ގޮތުގައި ޤިޔާމަތްދުވަހު ( އެބައިމީހުން އަޅުކަންކޮށް އުޅުނު ) ބުދުތައްވެސް އެބައިމީހުނަށް ޝަފާޢަތްތެރި ވާނެއެވެ. މިތިންޖަމާޢަތުގެ މީހުންވެސް އާޚިރަތުގެ ޝަފާޢަތާއި ދުނިޔޭގެ ޝަފާޢަތާ އެއްވެސް ތަފާތެއް ނުކުރެއެވެ.


ދެވަނަބައި[އުނިއިތުރު ގެންނަވާ]

މިބައިގައި ހިމެނެނީ މުޢުތަޒިލާއިންނާއި ޚަވާރިޖުންނެވެ. އެމީހުން ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނާއި އެނޫންބޭކަލުން، ބޮޑެތި ފާފަތަކުގެ އަހުލުވެރިންނަށް ވެވަޑައިގަންނަވާނޭ ޝަފާޢަތައް އިންކާރު ކުރެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ބޮޑެތިފާފަތަކުގެ އަހުލުވެރިންނަކީ ނަރަކައިގާ ދާއިމަށް ދެމިތިބޭނޭ ބައެކެވެ.

ތިންވަނަބައި[އުނިއިތުރު ގެންނަވާ]

ތިންވަނަ ބައަކީ أهل السنة والجماعة އެވެ. މިބައިމީހުން ރަސޫލުﷲ صلى الله عليه وسلم އާއި އެނޫންބޭކަލުން، ބޮޑެތިފާފަތަކުގެ އަހުލުވެރިންނަށްވެސް ޝާފާޢަތްތެރިވެ ވަޑައިގަންނަވާނެ ކަމުގައި އެއްބަސްވެއެވެ. އަދި މިބައިމީހުން ދެކޭ ގޮތުގައި އެއްވެސް ބޭކަލަކު މާތްﷲ އެބޭކަލަކަށް އިޛުނަ ދެއްވުމުން މެނުވީ އެއްވެސްމީހަކަށް ޝާފާޢަތްތެރިވެ ވަޑައިނުގެންނެވޭނެއެވެ. އެކަން ޙަދީޘުއް ޝަފާޢާގެ މިބައިން ދޭހަވެއެވެ. " މާތްﷲ އަންގަވާނެތެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު، ކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާށެވެ. ކަލޭގެފާނު އެދިވަޑައިގެންނެވި ކަމެއް ނުވަތަ އެއްޗެއް ކަލޭގެފަނަށް ދެއްވޭ ހުއްޓެވެ. ކަލޭގެފާނު ޝަފާޢަތްތެރި ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ޝަފާޢަތް ޤަބޫލުކުރެއްވޭ ހުއްޓެވެ....."


ޝަފާޢަތް ތެރި ވެވޭނީ ކިހިނެއް؟[އުނިއިތުރު ގެންނަވާ]

ނަބިއްޔަކަށްވެސް ރަސޫލަކަށް ވެސް އަދި އެނޫން މީހަކަށްވެސް މާތްﷲގެ އިޛުނައާއި ނުލައި އަދި އެކަލާނގެ އެކަމަށް ރުހިވޮޑިގަތުމުން މެނުވީ ޝަފާޢަތްތެރިއެެއް ނުވެވޭނެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. "... وَلا يَشْفَعُونَ إِلا لِمَنِ ارْتَضَى وَهُمْ مِنْ خَشْيَتِهِ مُشْفِقُونَ " ( އަލްއަންބިޔާއު 28) މާނައީ " ކީރިތި މާތް ﷲ އެމީހަކަށް ޝަފާޢަތްތެރިވުމަށް ރުހިވޮޑިގެންނެވި މީހަކަށް މެނުވީ އެބޭކަލުން ޝަފާޢަތްތެރިވެ ވަޑައިނުގަންނަވާނެއެވެ." އަދި އެހެން އާޔަތެއްގައި އެކަލާނގެ އަންގަވާފައި ވެއެވެ." ... مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ ..." ( އަލްބަޤަރާ 255) މާނައީ "އެކަލާނގެ އިޛުނައާއި ނުލައި ޝަފާޢަތްތެރިވެވޭނީ ކާކަށްހެއްޔެވެ؛" އެބަހީ އެކަކަށްވެސް އެކަލާނގެ އިޛުނައާއި ނުލައި ޝަފާޢަތްތެރިއެއް ނުވެވޭނެއެވެ. އަދި ޙަދީޘުއްޝަފާޢާއިންވެސް މިކަމަށް ދަލީލު ލިބެއެވެ.


ޝަފާޢަތް ތެރިވެދެވޭނީ ކޮންބައަކަށް[އުނިއިތުރު ގެންނަވާ]

ޝަފާޢަތް ތެރިވެދޭނެ ބައެއް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވޭހެއްޔެވެ؟ ނުވަތަ އެމީހުންގެ ސިފަތައް ކީރިތި ޤުރުއާނުގައި އަންގަވާފައިވޭހެއްޔެވެ؟ މާތްﷲ ގެ އިޛުނައާއި އެކު ޝަފާޢަތްތެރިވެދޭނެ ޝުފަޢާއުންގެ ސިފަތައް އަންގަވާދެއްވާފައިވެއެވެ. އޭގެތެރޭގައި ނަބިއްނާއި މަލާއިކަތުންނާއި ޞާލިޙު މުއުމިނުންނާއި ޞާލިޙު ޢަމަލުތައް ކުރާމީހުންގެ ޞާލިޙުޢަމަލުތައްވެސް، އެމީހުންނަށް ޝަފާޢަތްތެރިވާނެ ކަމުގައި ވާރިދުވެފައިވެއެވެ. މިގޮތުން ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ ޝަފާޢަތްތެރިވެދޭނެފަރާތަކުގެ ތެރޭގައި ހިމެނެނީ:



ނަބީންނާއި ރަސޫލުން[އުނިއިތުރު ގެންނަވާ]

ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ނަބީންނަށް ޝަފާޢަތްތެރި ވެވޭނެކަން ޔަޤީންކޮށް ކަށަވަރު ކޮށްދެއެވެ. "                        " (سورة النساء : 85) ހަމައެއާއި އެކު ރަސޫލުންނަކީ ޝަފާޢަތް ތެރިވެވޭނެ ބައެއްކަމަށް އަންނަނިވި އާޔަތްތަކުން ދަލީލުކޮށްދެއެވެ.                (އަލްއަންބިޔާއު 28 ) މާނައީ "އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައި ވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އަދި އެކަލާނގެ ރުހިވޮޑިގަންނަވާ އަޅަކަށްމެނުވީ އެބޭކަލުން ޝަފާޢަތް ތެރިވެވަޑައެއް ނުގަންނަވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ. " (ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުގައިމިވާ ބޭކަލުންނަކީ ރަސޫޅުބޭކަލުންނެއް ނޫނެވެ؛ އެއީ މަލައިކަތް ބޭކަލުންނެވެ. މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲއެވެ. )

މަލާއިކަތުން[އުނިއިތުރު ގެންނަވާ]

މާތްﷲ ގެ އިޛުނައާއިއެކު ޝަފާޢަތް ތެރި ވެވޭނެ އެއްބައަކީ މަލާއިކަތުންނެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.   •                 ( އައްނަޖުމް 26 ) މާނައީ " މާތްﷲ އިރާދަކުރައްވައި ރުހިވޮޑިގަތް ބައަކަށް އެކަލާނގެ އިޒުނަ ދެއްވުމަށްފަހުގައި މެނުވީ އެބައެއްގެ ޝަފާޢަތްތެރިކަން އެއްވެސް ކަމެއް ފުއްދައިނުދޭނޭ ކިތައްމެ މަލާއިކަތުންނެއް އުޑުތަކުގައި ވެއެވެ. " ( ދިވެހި ތަރުޖަމާ)

ޝަހީދުންނާއި އިލްމުވެރިން[އުނިއިތުރު ގެންނަވާ]

ކީރިތި ރަސޫލާ صلى الله عليه وسلم އުނގަންނަވާދެއްވާފައި ވެއެވެ. - حدّثنا سَعِيدُ بْنُ مَرْوَانَ. ثنا أَحْمَدُ بْنُ يُونُسَ. ثنا عَنْبَسَةُ بْنُ عَبْدِ الرَّحْمنِ عَنْ عِلاَقِ بْنِ أَبِي مُسْلِمٍ، عَنْ أَبَانَ بْنِ عُثْمَانَ، عَنْ عُثْمَانَ بْنِ عَفَّانَ؛ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم:

(( يشفع يوم القيامة الأنبياء ثم العلماء ثم الشهداء)).) އިބުނު މާޖާ 4313) " ނަބީންނާއި ޢިލްމުވެރިންނާއި ޝަހީދުން، ޤިޔާމަތްދުވަހު ޝަފާޢަތް ތެރިވާނެއެވެ. "

ކީރިތި ޤުރުއާނު[އުނިއިތުރު ގެންނަވާ]

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ." حدثني أبو أمامة الباهلي. قال: سمعت رسول الله صلى الله عليه وسلم يقول "اقرؤوا القرآن. فإنه يأتي يوم القيامة شفيعا لأصحابه...." މާނައީ أبو أمامة الباهلي ގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. " ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. އެއީ ހަމަކަށަވަރުން އެޤުރުއާން އޭގެ އަހުލުވެރިންނަށް ( އެބަހީ؛ އެކިޔަވާމީހުނަށް ) ޤިޔާމަތްދުވަހުގައި ޝަފާޢަތްތެރިވާ ހުއްޓެވެ..." ( ޞަޙީޙު މުސްލިމު 804)

މުއުމިނުން[އުނިއިތުރު ގެންނަވާ]

އެހެނީ މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون " (الزخرف 86) މާނައަކީ " އެކަލާނގެ ރަސްކަންފުޅުދޫކޮށް ތިޔަބައިމީހުން އަޅުކަންކުރަ ތަކެއްޗަށް އެއްވެސް ޝަފާޢަތްތެރިކަމެއް (އެދުވަހަކުން) ދެވޭކަށް ނޯންނާނެއެވެ. (ޝަފާޢަތްތެރި ވެވޭނީ) ހަމައެކަނި އެބަޔަކު ދެނެތިބެ ޙައްޤަށް ހެކިވީ މީހުންނަށެވެ."

މިއާޔަތުގައި މިވާ " شهد بالحق " ( ޙައްޤަށް ހެކިވީ މީހުން) އަކީ މުމިނުންގެ ތެރެއިން ޞާލިޙުޢަމަލުކޮށް، މާތްﷲ އެބައަކަށް ޝަހީދުންގެ ދަރަޖަދެއްވައި ނަބީންނާއިއެކު މަޙުޝަރުކުރައްވާނެމީހުންނެވެ. އެހެނީ މާތްﷲ މުއުމިނުން ޝަހީދުންނާއި އެކުގައި ލައްވާނެ ކަމުގައި މިއަންނަނިވި އާޔަތުން ދަލީލު ލިބެއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. " والذين آمنوا بالله ورسله أولئك هم الصديقون والشهداء عند ربهم . . . " (الحديد 19) މާނައީ " އަދި މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވީ މީހުން ދަންނައެވެ! އެމީހުންނީ އެމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ތެދުވެރީން (ޞިއްދީޤުން) ނާއި ޝަހީދުންނެވެ...."

ކުޑަކުދިން އެކުދިންގެ މައިންބަފައިންނަށް[އުނިއިތުރު ގެންނަވާ]

ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުން ސާބިތުވާ ގޮތުގައި ކުޑަކުދިން އެކުދިންނަށް ސުވަރުގެއަށް ވަނުމަށް އެންގެވުމުން، އެކުދިން ދަންނަވާނެތެވެ. ތިމަންމެން ވަންނަހުށީ ތިމަންމެންގެ މައިންބަފައިން ވަނުމުންނެވެ. ދެން އެކުދިންނާއި އެކު އެކުދިންގެ މައިންބަފައިންވެސް ސުވަރުގެ ވައްދަވާނެއެވެ.


މީގެއިތުރުން ހެޔޮޢަމަލުތައްކުރާމީޙުންގެ ޢަމަލުތަކާއި ، ރޯދަވެސް އޭގެއަހުލުވެރިންނަށް ޝަފާޢަތް ތެރިވާނެ ކަމުގައި ޙަދީޘުގައި ވެއެވެ.


ޝަފާޢަތް ލިބޭނީ ކޮންބައަކަށް ؟؟[އުނިއިތުރު ގެންނަވާ]

ކާފަރުންނަކީ ނަރަކައިގައި ދާއިމަށް އަބަދަށް ދެމިތިބޭނެބައެއްކަމުގައި ކީިރިތި ޤުރުއާނުން އެނގިގެން ދެއެވެ. އެމީހުންނަކީ ހަމަ އެއްގޮތަކަށްވެސް ޝަފާޢަތް ލިބޭނެ ބައެއްނޫނެވެ. އެހެން ކަމުން ޝަފާޢަތް ލިބޭ މީހުންނަކީ ކޮބައިތޯއެވެ؟ އަންނަނިވި ފޮޅުވަތްތަކުގައި ގެނެސްދެވޭތޯ މިބަލަނީ ޝަފާއަތް ލިބޭ މީހުންކަމަށް ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެނގެންހުރި ފަރާތްތަކެވެ.

1. މުއުމިނުންގެ ތެރެއިން ފާފަތަކަށާއި ކުއްތަކަށް އަރައިގެނެވޭމީހުން. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މީހުންނަށް ތިމަންކަލޭގެފާނު ޝަފާޢަތްތެރިވާ ހުށީމެވެ." (ތިރުމިޛީ، އަބޫ ދާވޫދު)

2. މުއުމިނުންގެ ތެރެއިން ނަރަކައަށް ވެއްދެވޭމީހުން. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ކޮންމެ ނަބީބޭކަލަކަށްވެސް ޤަބޫލުވެވިގެންވާ ދުޢާއެއް ލިބިގެން ވެއެވެ. އަދި އެއިން ކޮންމެ ނަބީބޭކަލަކުވެސް (މިދުނިޔެ މަތީ) އެދުޢާގެ ބޭނުން ހިތްޕެވުމުގައި އަވަސްވެގެންނެވިއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ޝަފާޢަތްތެރިވުމަށްޓަކާ ތިމަންކަލޭގެފާނު އެދުޢާގެ ބޭނުން ކުރެއްވުން ލަސްކޮށްލެއްވީމެވެ. އަދި ﷲ تعالى އިރާދަކުރެއްވިއްޔާ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ﷲ تعالى އާ ޝަރީކުކޮށްފައިނުވާ ކޮންމެ މީހަކަށްމެ އެޝަފާޢަތް ލިބޭނެއެވެ." (ބުޚާރީ، މުސްލިމް، ތިރުމިޛީ)

3. އަބޫޠާލިބު ފަދަ ޢަޛާބު ޙައްޤުވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫޠާލިބުގެ ވާހަކަ ދެންނެވުނެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ޤިޔާމަތް ދުވަހު އެކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ޝަފާޢަތުގެ ފައިދާ ކުރާނެކަމުގެ އުއްމީދުކުރަމެވެ." (މުސްލިމް) މިއީ ހަމައެކަނި އަބޫޠާލިބަށް ޚާއްޞަކަމެއްކަމުގައިވުމީ ބޮޑަށް ބެލެވޭ ގޮތެވެ.

4. ޤުރުޢާނުގެ އަހުލުވެރިން : أبو أمامة الباهليّ ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. "ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. އެއީ ހަމަކަށަވަރުން އެޤުރުއާން އޭގެ އަހުލުވެރިންނަށް (އެބަހީ: އެކިޔަވާމީހުންނަށް) ޤިޔާމަތްދުވަހުގައި ޝަފާޢަތްތެރިވާ ހުއްޓެވެ." (ޞަޙީޙު މުސްލިމް: 804)

5. ބާލިޣުނުވާ 3 ދަރިން ނުވަތަ 2 ދަރިން މަރުވެފައިވާ މައިންބަފައިން

6. އެބައެއްގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ހަމަހަމަވެފައިވާ މީހުން

7. ރޯދަވެރިން : ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ޤިޔާމަތްދުވަހު ރޯދައާއި ޤުރުއާން އަޅާގެ މައްޗަށް ޝަފާޢަތްތެރިވާނެއެވެ. (މުސްނަދު އަހުމަދު)



ޝަފާޢަތް ނުލިބޭނީ ކޮންބައަކަށް؟[އުނިއިތުރު ގެންނަވާ]

ޝަފާޢަތަކީ މުސްލިމުންނަށް ޚާއްޞަކުރެވިފައިވާ، އެކަމުން ކާފަރުން މަޙުރޫމުކުރެވިފައިވާ ކަމެކެވެ. އެބައިމީހުންނަކީ ނަރަކައިގައި ދާއިމަށް ދެމިތިބޭނޭ ބައެއްކަން ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ އަންގަވާދެއްވާފައެވެ. އެއީ ކާފަރުން ނަރަކައަށް ވެއްދެވުމުގެ ކުރިން ނުވަތަ އޭގެފަހުންވިޔަސްމެއެވެ. އެހެންކަމުން ޝަފާޢަތް ނުލިބޭ މީހުންވެސް ތަފާތު ބައިތަކަކަށް ބަހާލެވިދާނެއެވެ. މިއިން ކޮންމެ ބައެއްގެ މީހަކީވެސް ކާފަރެއް ކަމުގައި ނިންމިދާނެއެވެ. އެހެނީ އެމީހުންނީ ނަރަކައިގައި ދެމިތިބޭނޭ ބައެއްކަމުގައި އަންގަވާފައިވާތީއެވެ.

1- ނިޢުމަތްތަކަށް ކުފުރުވާމީޙުން ( والذين كفروا وكذبوا بآياتنا أولئك أصحاب النار هم فيها خالدون ) البقرة 2 : 39


2- މުރުތައްދުވެ އެގޮތުގައި ތައުބާނުވެ، މަރުވެދާމީހުން. ( . . . ومن يرتدد منكم عن دينه فيمت وهو كافر فأولئك حبطت أعمالهم في الدنيا والآخرة وأولئك أصحاب النار هم فيها خالدون ) البقرة 2 : 217 .


3- މުޝްރިކުން . ( ما كان للمشركين أن يعمروا مساجد الله شاهدين على أنفسهم بالكفر أولئك حبطت أعمالهم وفي النار هم خالدون ) التوبة 9 : 17 . 4- ޝައިޠާނާއާއި ތަބާވާމީހުން 5- ޤިޔާމަތްދުވަސް ދޮގުކުރާމީހުން 6- ދީނަކީ މަޖަލެއްކަމުގައި އަދި ކުޅިވަރެއް ކަމުގައި ހެދިމީހުން 7- އަނިޔާވެރިމުޝްރިކުން 8- މާތްﷲ އާއި އެހެންފަރާތަކާ ޝަރީކުކުރާ މީހުން