ލޮލުގެ ކަޅުކަޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޮލުގެ ކަޅުކަޅި (އިނގިރޭސި ބަހުން: Iris)އަކީ ލޮލުގެ ތެރޭގައި ލޮލަށް ވަންނަ އަލި ލޮލުގެ ހާމަދުލި އަށް ވާޞިލްވުން ކޮންޓްރޯލްކޮށްދޭ ފަށަލައެކެވެ. ލޯގެ މެދުގައި ކަޅު ކުލައަށް ފެންނަން އިންނަ ބަޔަކީ ކަޅުކަޅި އެވެ. މިބައި އެކުލެވިފައިވަނީ ޕިގްމެންޓެޑް ފައިބްރޯވެސްކިއުލަރ ޓިޝޫ އިންނެވެ. ލޮލުން އެންމެ ބޮޑަށް ނިކުމެފައި އިންނަ ބަޔަކީ ވެސް މިއީ އެވެ. ކަޅުކަޅި އަކީ ލޮލުގެ ކޮއި ވަށައިގެން ހުންނަ ބާރުގަދަ މަސްކޮޅެކެވެ. ކަޅުކަޅީގެ ބޭނުމަކީ ލޮލުގެ ކޮއިގެ ސައިޒު ބަދަލުކޮށްދީގެން ލޮލަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލް ކުރުމެވެ.