ވިޓަމިން ބީ2: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m r2.7.1) (ރޮބޮޓ އިތުރު ކުރުނ: hy:Վիտամին B2
m r2.7.1) (ރޮބޮޓ އިތުރު ކުރުނ: ta:ரிபோஃபிளாவின்
ފޮޅުވަތް 55: ފޮޅުވަތް 55:
[[su:Riboflavin]]
[[su:Riboflavin]]
[[sv:Riboflavin]]
[[sv:Riboflavin]]
[[ta:ரிபோஃபிளாவின்]]
[[th:ไรโบเฟลวิน]]
[[th:ไรโบเฟลวิน]]
[[tr:Riboflavin]]
[[tr:Riboflavin]]

13:29, 18 ޑިސެމްބަރު 2011ގެ ނުސްހާ

ވިޓަމިން ބީ2 (އިނގިރޭސި ބަހުން: Vitamin B2)ނުވަތަ ރައިބޮފްލެވިން(އިނގިރޭސި ބަހުން: Riboflavin) އަކީ ރީނދޫ އޮރެންޖް ކުލައިގައި ހުންނަ މާއްދާ އެކެވެ. މިއީ ވެސް ޕްރޮޓީން، ކާބޯސް، އަދި ފެޓްއިން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައި ދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑު ހެދި ބޮޑުކޮށްދީ، ދިފާޢީ ނިޒާމް ހަރުދަނާކޮށްދީ، ހަންގަނޑާއި، އިސްތަށި ރީތިކޮށް ބަހައްޓައި ދިނުމަށް ރައިބޮފްލެވިން އެހީވެދެއެވެ. މިބައި ހަށިގަނޑުން މާމަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ ހަންގަނޑު ކުރަކިވުން، ތުންފަތް ދުޅަވުމާއި ކެނޑުން، އަނގަޔާއި ދޫ ކުރަކިވާފަދަ ގޮތްތައްވުން، އަދި އިސްތަށި މާގިނައިން ފައިބާގޮތްވުން ހިމެނެއެވެ. ރައިބޮފްލެވިން އެކުލެވޭ ބޭހަކީ ހަމުގެ ބައްޔަށް ފަރުވާ އެކެވެ. ނަމަވެސް ބޭނުންކުރަން ޖެހޭ ވަރަށްވުރެ އިތުރަށް ރައިބޮފްލެވިން ބޭހެއްގެ ގޮތުގައި ބޭނުންކުރުމުން ހަންގަނޑަށް އަވި އެޅުމާއެކު، ގައިކަހާ ހަންގަނޑު ރަތްވާގޮތްވެއެވެ. ރައިބޮފްލެވިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ކުރަނޑި، މޭގަނޑު، ކަމީރު، އަދި ފެހިކުލަގަދަ ފަތުގެ ބާވަތްތައް ހިމެނެއެވެ. ވިޓަމިން ބީ2 (ރައިބޮފްލެވިން) ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 1.7 މިލިގްރާމް އެވެ. އަންހެނަކަށް 1.3 މިލިގްރާމް އެވެ. ހަށިގަނޑަށް އެތެރެވާ ރައިބޮފްލެވިން އަކީ އޭގެ އަސަރު ހަށިގަނޑުގެ އެތަން މިތަނަށް ވަރަށް އަވަހަށް ފޯރުވާ އެއްޗެކެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރުވެފައި ހުންނަ ރައިބޮފްލެވިން ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެދެއެވެ. މިގޮތުން ދުވާލަކު 25 މިލިގްރާމްގެ ރައިބޮފްލެވިން ކުޑަކަމުދާ ތަކެއްޗާއެކު ބޭރުވެދެއެވެ. ނަމަވެސް މަދު މިންވަރެއް ފުރަމޭ އަދި ގުރުދާގައި ހަރުލާފައި ހުރެއެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003