އެމެރިކާ: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m r2.7.2) (ރޮބޮޓ އިތުރު ކުރުނ: map-bms:Amerika Serikat
m r2.7.2) (ރޮބޮޓ އިތުރު ކުރުނ: nso:United States of America, sn:United States of America ބަދަލު ގެނައުނ: ie:Federativ States de USA
ފޮޅުވަތް 197: ފޮޅުވަތް 197:
[[ia:Statos Unite de America]]
[[ia:Statos Unite de America]]
[[id:Amerika Serikat]]
[[id:Amerika Serikat]]
[[ie:Unit States de America]]
[[ie:Federativ States de USA]]
[[ig:Njikota Obodo Amerika]]
[[ig:Njikota Obodo Amerika]]
[[ik:United States of America]]
[[ik:United States of America]]
ފޮޅުވަތް 264: ފޮޅުވަތް 264:
[[nov:Unionati States de Amerika]]
[[nov:Unionati States de Amerika]]
[[nrm:Êtats Unnis d'Améthique]]
[[nrm:Êtats Unnis d'Améthique]]
[[nso:United States of America]]
[[nv:Wááshindoon Bikéyah Ałhidadiidzooígíí]]
[[nv:Wááshindoon Bikéyah Ałhidadiidzooígíí]]
[[oc:Estats Units d'America]]
[[oc:Estats Units d'America]]
ފޮޅުވަތް 303: ފޮޅުވަތް 304:
[[sl:Združene države Amerike]]
[[sl:Združene države Amerike]]
[[sm:Iunaite Sitete o Amerika]]
[[sm:Iunaite Sitete o Amerika]]
[[sn:United States of America]]
[[so:Mareykanka]]
[[so:Mareykanka]]
[[sq:Shtetet e Bashkuara]]
[[sq:Shtetet e Bashkuara]]

10:43, 4 ނޮވެމްބަރު 2011ގެ ނުސްހާ

އެމެރިކާ
United States of America
Flag of the United States Coat of arms of the United States
ދިދަ ނިޝާން
މޮޓޯ: "އިން ގޯޑް ވީ ޓްރަސްޓް"  (1956 އިން ފެށިގެން)
ޤައުމީ ސަލާމް: ދަ ސްޓަރ-ސްޕޭންގްލްޑް ބެނަރ
Location of the United States
ވެރިރަށް ވޮޝިންގޓަން، ޑީ.ސީ.
އެންމެ ބޮޑު ޝަހަރު ނިއު ޔޯރކް ޝަހަރު
ރަސްމީ ބަސް (ތައް) އިނގިރޭސި
ސަރުކާރު ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާ
ބަރަކް ޙުސައިން އޮބާމާ
ޖޯ ބައިޑެން
ޖޯން ބޮއެނަރ
ޖޯން ރޮބަރޓްސް
މިނިވަންކަން
- ޢިއުލާންކުރީ
އިނގިރޭސިންގެ ކިބައިން
ޖުލައި 4، 1776
އަކަމިން
 • ޖުމްލަ
 • ފެން (%)
 
9,631,420 އކކމ (3ވަނަ2 ==

ސުރުހީގެ އިބާރާތް

Hallo ==
)
4.87
އާބާދީ
 • 2024 އަންދާސީ.
 • 2000 ބޯހިމެނުން

 • އަކަބުރަ
 
338,985,000[1] (3ވަނަ)
281,421,906

އކކމ/31(172ވަނަ)
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ)
 • ޖުމްލަ
 • ޕަރ ކެޕިޓާ
2006 އަންދާސީ
$12.98 ޓްރިލިއަން [1] (1ވަނަ)
$43,500 [2] (4ވަނަ)
އ.ތ.ފ (2004) 0.948 (8ވަނަ) – މަތީމިން
ފައިސާ އެމެރިކަ ޑޮލަރު ($) (USD)
ވަގުތު ޒޯން
 • ހޫނު މޫސުމް (ދ.ރ.ވ)
(ވ.ބ.ގ-5:00 އިން -10:00)
(ވ.ބ.ގ-5:00 އިން -10:00)
އިންޓަނެޓް މ.ދ.އ .us .gov .edu .mil
ފޯން ކޯޑު +1
އިނގިރޭސި ބަސް ފިޔަވައި ދެން އެންމެ ގިނައިން ބޭނުން ކުރެވޭ ބަހަކީ ސްޕެނިޝް ބަހެވެ.

އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ. 3.7 މިލިއަން އަކަމޭލުގެ ބޮޑުމިނާއި އަދި 310 މިލިއަންގެ އާބާދީ އަކާއެކު އެމެރިކާ ވެފައިވަނީ ދުނިޔޭގެ 3 ވަނަ ނުވަތަ 4 ވަނަ އަށް އެންމެ ބިންބޮޑު އަދި ބިމުގެ ނިސްބަތަށް ބަލާއިރު 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގިނަ ބަޔަކު ހިޖުރަ ކުރާ ގައުމެއްގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދެވެ. 2005ގެ ހިސާބުތައް ދައްކާގެ ގޮތުން އެމެރިކާ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް އުޅެނީ 13 ޓްރިލިއަން އަށްވުރެ މަތީގައެވެ.


ނަން

އެމެރިކާގެ ރަސްމީ ނަމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އ ރެވޭ ކުރު ނަންތަކުގެ ތެރޭގައި އެންމެ ޢާންމުކޮށް ކިޔައިއުޅޭ އެމެރިކާ، ޔޫއެސް، ޔޫއެސްއޭ އަދި ދިސްޓޭޓްސް ފަދަ ނަންތައް ހިމެނެއެވެ. އެމެރިކާ އަށް މިނަން ދެވިފައިވަނީ 16 ވަނަ ގަރުނުގެ ތެރޭގައި އެމެރިކާ އޮތް ހިސާބަށް ދިޔަ އިޓަލީގެ މުސާފިރު، އަދި ޗާޓް ކުރެހުންތެރިޔާ އެމެރިގޯ ވެސްޕުޗީ އާއި ގުޅުވައިގެންނެވެ. ފުރަތަމަ ފުރިހަމަ ނަމެއް އެމެރިކާ އަށް ދެވިފައިވަނީ ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ގައެވެ. އެފަހަރު ދެވިފައިވާ ނަމަކީ ޔޫނަނަމަސް ޑެކްލަރޭޝަން އޮފް ތާރޓީން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ މިއެވެ. އެއަށްފަހު މިނަން 4 ޖުލައި 1776 ގައި ރެޕްރެޒެންޓޭޓިވްސް އޮފް ދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ބަދަލުކުރެވުނެވެ. މިހާރު ގެ ނަން ފައިނަލް ކުރެވި އެނަން ކިޔަން ކަނޑައެޅުނީ 15 ނޮވެންބަރު 1777 ގައި އޮތް ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް ގައެވެ. އެއްދުވަސްވަރެއްގައި އެމެރިކާ އަށް ކިޔުނު ކޮލަމްބިޔާ މިނަން ގުޅިފައިވަނީ އެމެރިކާ ހޯދިކަމަށްބުނާ ކްރިސްޓޮފާރ ކޮލަމްބަސް އާއެވެ.

ޖިއޮގްރަފީ

ބިމުގެ ބޮޑު މިނަށް ބަލާއިރު ދުނިޔޭގެ3 ނުވަތަ 4 ވަނަ އަށް އެންމެ ބޮޑު ގައުމު ކަމުގައި ބެލެވެނީ އެމެރިކާ އެވެ. ހަމައެކަނި ބިމުގެ ސަރަހައްދުގެ ބޮޑު މިނަށް ބަލާއިރު އެމެރިކާ އަކީ ދުނިޔޭގެ 3 ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އެމެރިކާގެ އަވަށްތައް އައްސޭރީގައި ވެސް ވެއެވެ. އެމެރިކާގެ އެހެނިހެން އަވަށްތަކާއި ވަކިން އޮންނަ އެލަސްކާ އަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ސިޓީ ނުވަތަ ސްޓޭޓް އެވެ. ކެނެޑާގެ އެއް ފަރާތެއްގައި އެޓްލާންޓިކް ކަނޑާއި އާރކްޓިކް ކަނޑުގެ އައްސޭރި އަށް އޮންނަ މިސްޓޭޓަކީ އެމެރިކާގެ ސިޓީ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު ސިޓީ ވެސް މެއެވެ.

އެމެރިކާގެ ސިޓީ ތަކަށް ވަކިން އޮންނަ އެމެރިކާގެ ޓެރިޓަރީ ތަކުގެ ގޮތުގެ ބެލެވޭ ބައެއް ތަންތަން ހުރެއެވެ. އޭގެ ތެރޭގައި ޕެސިފިކް ކަނޑުގައި އުތުރު އެމެރިކާ ބައްރުގެ ހުޅަގު ދެކުނަށް އޮންނަ ހަވާއީ އަދި ކެރީބިއަންގެ އިރު އުތުރު ހިސާބުގައި އޮންނަ ޕުއެޓްރިކޯ ހިމެނެއެވެ. އެމެރިކާގެ އިރުމަތީ ބިތުގެ ސިޓީ ތަކުގައި ފެހި ބިންތައް އެކުލެވިގެންވާއިރު، ހުޅަގު ބިތުގެ ސިޓީ ތަކުގައި ފަރުބަދަ ތަކާއި ޖަންގަލި ތައް ވެއެވެ. އަދި ހުޅަގު ދެކުނުގެ ސިޓީ ތަކުގައި ހަނަފަސް ސަހަރާތައް އެކުލެވިގެން ވެއެވެ. އެމެރިކާގެ އާބާދީގެ ބޮޑު ބަޔެއް ދިރިއުޅެނީ އިރު އުތުރު ބިތުގައިވާ ބޮޑު ކުޅި އަދި އެޓްލާންޓިކް ކަނޑުގެ އައްސޭރިއަށްވާ ސިޓީ ތަކުގައެވެ.


ހުޅަގު ބިތުގައި އުތުރުން ދެކުނަށް ދެމިފައިވާ ފަރުބަދައިގެ ސިލްސިލާގައިވާ ބައެއް ފަރުބަދަ ތަކުގެ އުސްމިނުގައި 4270 ހުންނަ ކަމަށްވެއެވެ. ދުނިޔޭގެ 4 ވަނަ އެންމެ ބޮޑު ކޯރު ކަމުގައި ބެލެވޭ މިސިސިޕީ ކޯރު އޮންނަނީ އެމެރިކާގެ މެދުތެރޭގައެވެ. ކޮންމެ ވެސް ވަރަކަށް ގޮވާ ނުވަތަ ދޭތެރެ ދޭތެރެއިން ދުންއަރައި ހަދާ އަލިފާން ފަރުބަދަތައް ކޮންމެވެސް ވަރަކަށް އެމެރިކާގައި ވެއެވެ. އެމެރިކާ ބައްރުގައިވާ އެންމެ ބޮޑު މިފަދަ އަލިފާން ފަރުބަދަ ވަނީ ޔެލޯ ސްޓޯން ނޭޝަނަލް ޕާރކް ހުރި ހިސާބުގައެވެ.

އެމެރިކާގެ ބޮޑު ކަމާއި ހެދި ޖިއޮގްރަފިކަލް ގޮތުން ބަލާއިރު އެމެރިކާގެ އެކި ހިސާބުތަކަށް މޫސުމްގެ ޙާލަތު ވަރަށް ބޮޑަށް ތަފާތު ވެއެވެ. އެގޮތުން ބައެއް ހިސާބުތަކަށް މެދުމިނުގެ ފިނިހޫނު މިން ހުންނަ އިރު އަނެއް ބައި ހިސާބުތަކުގައި ހޫނު ނުވަތަ ފިނި ކަން އިހްސާސް ކުރެވެއެވެ. އެންމެ ގިނަ ތޫފާންތައް އަންނަ އެއް ހިސާބަކީ އެމެރިކާގެ މެކްސިކޯ ކަނޑުއޮޅީގެ އައްސޭރީގައިވާ ހިސާބެވެ.

ތިމާވެށި

ތަފާތު މޫސުމްތަކެއް އޮތުމުގެ ސަބަބުން އެމެރިކާގައި ތަފާތު ބާވަތްތަކުގެ ގަސްތައް ހެދޭކަމަށް ފާހަގަ ކުރެވެއެވެ. އެގޮތުން ތަފާތު ބާވަތްބާވަތުގެ 17000 ވައްތަރުގެ ގަސް މިހާތަނަށް އެމެރިކާގައި ހެދޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ. އޭގެތެރެއިން 5000 ވައްތަރު ފެނިފައިވަނީ ހަމައެކަނި ކެލިފޯނިޔާ އިންނެވެ. ބުނެވޭ ގޮތުގައި ދުނިޔޭގެ އެންމެ ދިގު، އެންމެ ބިޔަ، އަދި އެންމެ ދުވަސްވީ ގަސްތައް ހެދިފައިވަނީ އެމެރިކާގެ ކެލިފޯނިޔާ ގައެވެ. 400 ވައްތަރުގެ ގާތުންދޭ ޖަނަވާރާއި، 700 ވައްތަރުގެ ދޫންޏާއި، 500 ވައްތަރުގެ ފިރުކޭ ޖަނަވާރު ( ހޯނު ބޮޑު ފަދަ ތަކެތި ) އަދި 90000 ވައްތަރުގެ ފަނިފަކުސަ އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ.

1872ގައި ދުނިޔޭގައި ހެދުނު ފުރަތަމަ ގައުމީ ޕާރކް އެމެރިކާގެ ޔެލޯ ސްޓޯން ގައި ހެދުނެވެ. އޭގެ އިތުރުން ތަފާތު 57 ނޭޝަނަލް ޕާރކް އެމެރިކާގެ އެކި ހިސާބުތަކުގައިވާ އިރު، އެތައް ސަތޭކަ ވަކި ޕާރކްތަކެއް ބަލަހައްޓަމުން ގެންދެއެވެ. 2004 ވަނަ އަހަރު މާރޗް މަހުގެ ހިސާބުތައް ދައްކާ ގޮތުން އެމެރިކާގެ ބިމުގެ 16 އިންސައްތަ، ތެލާއި، ގޭސް އަދި މައިނިންގ ގެ ވިޔަފާރީގައި ބޭނުން ކުރެވެއެވެ. ދުނިޔޭގެ ޖައްވަށް ކާބަންޑައި އޮކްސައިޑް ވިހަ ގޭސް އެންމެ ބޮޑަށް ބޭރުކުރާ ގައުމަކީ ވެސް އެމެރިކާ ކަމުގައި ބުނެވެއެވެ.

ތާރީކް

ސަރުކާރު އަދި ސިޔާސަތު

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ދުނިޔޭގައިވާ އެންމެ ދުވަސްވީ ފެޑެރަލް ނިޒާމެއްގެ ދަށުން ޑިމޮކްރަސީގެ ހިޔާވަހިކަމުގައި ދުސްތޫރެއްގެ ދަށުން ވެރިކަން ހިނގަމުންދާ ޤައުމެވެ. ގިނަބަޔަކަށް ފެންނަ ގޮތަށް (މެޖޯރިޓީ) ތަބާވާ މަދުމީސްކޮޅުގެ ޚިޔާލަށް (މައިނޯރިޓީ) ޤާނޫނީ ހިމާޔަތް ލިބިދޭ މި ޤައުމުގައިވަނީ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވާ "ޗެކް އެންޑް ބެލެންސް" ސިސްޓަމެކެވެ.

ބޭރުގެ ގުޅުން އަދި އަސްކަރިއްޔާ

އިގްތިޞާދު

ޘަޤާފަތް

  1. Extrapolation from U.S. POPClock

ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA ފަންވަތް:Link FA