އިއްދައިން ކެނޑުން: Difference between revisions
No edit summary |
|||
ފޮޅުވަތް 1: | ފޮޅުވަތް 1: | ||
އިއްދައިން ކެނޑުން އަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެހެނީ އިއްދައިން ކެނޑުމަކީ ފަހަރެއްގައި ވެސް ބައްޔެއް ނޫނެވެ. |
އިއްދައިން ކެނޑުން({{en|Menopause}}) އަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެހެނީ އިއްދައިން ކެނޑުމަކީ ފަހަރެއްގައި ވެސް ބައްޔެއް ނޫނެވެ. |
||
02:28, 1 ފެބްރުއަރީ 2008ގެ ނުސްހާ
އިއްދައިން ކެނޑުން(އިނގިރޭސި ބަހުން: Menopause) އަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެހެނީ އިއްދައިން ކެނޑުމަކީ ފަހަރެއްގައި ވެސް ބައްޔެއް ނޫނެވެ.
އިއްދައިން ކެނޑުމުގެ އުމުރު
އިއްދައިން ކެނޑުމުގެ އުމުރަކީ ދަރިމައިވުން ހުއްޓި މައްސަރު ކަންތައް ޖެހުން ހުއްޓޭ އުމުރެވެ. މިއުމުރަށް ދިއުމުން އަންހެނުންގެ ކިބައިގައި ހުންނަ ދަރިމައިވުމުގެ ގާބިލިއްޔަތު ގެއްލިދެއެވެ. އެއީ އަންހެނާގެ ރަހިމްގެ ދެފަރާތުގައިވާ ދެ ބިސްރަވަ އިން ބިސްދޫކުރުން ހުއްޓާލާތީއެވެ. އަދި ހަމަމިހެން ޖިންސީ ހޯރމޯންތައް ކަމުގައި ބެލެވޭ އެސްޓްރަޖަން، އަދި ޕްރޯޖެސްޓަރޯން ވެސް އުފެއްދުން ހުއްޓާލައެވެ. އާންމުގޮތެއްގައި އިއްދައިން ކެނޑުން ކުރިމަތިވަނީ އުމުރުން 50-45 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ.
އިއްދައިން ކެނޑުން ކުރިމަތިވާގޮތް
ބައެއް އަންހެނުންނަށް އެންމެ ފަހަރަކުން ޙައިޟުވުން ހުއްޓޭގޮތަށް އިއްދައިން ކެނޑުން މެދުވެރި ކުރުވައެވެ. އަނެއް ބައިމީހުންނަށް މަޑުމަޑުން ޙައިޟުވުމަށް ބަދަލު އަންނަމުން ގޮސް އެއްކޮށް ހުއްޓި އިއްދައިން ކެނޑޭގޮތް މެދުވެރި ވެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް އޮޕަރޭޝަން ކޮށްގެން ބިސްރަވަ ނަގައިފިނަމަ އެމީހަކު އެދުވަހުން ފެށިގެން އިއްދައިން ކެނޑުނީކަމުގައި ބެލެވިދާނެއެވެ.