އޭ. ޕީ. ޖޭ. ޢަބްދުލްކަލާމް: Difference between revisions

ވިކިޕީޑިއާ އިންވިކިޕީޑިއާ
Content deleted Content added
m Bot: Migrating 49 interwiki links, now provided by Wikidata on d:q9513 (translate me)
 
ފޮޅުވަތް 13: ފޮޅުވަތް 13:


[[ޤިސްމު:ހިންދުސްތާން]]
[[ޤިސްމު:ހިންދުސްތާން]]

[[ar:أبو بكر زين العابدين عبد الكلام]]
[[as:এ. পি. জে. আব্দুল কালাম]]
[[be:Абдул Калам]]
[[bg:Абдул Калам]]
[[bn:আবুল পাকির জয়নুল-আবেদিন আবদুল কালাম]]
[[ca:Abdul Kalam]]
[[cs:Abdul Kalám]]
[[de:A. P. J. Abdul Kalam]]
[[el:Αμπντούλ Καλάμ]]
[[en:A. P. J. Abdul Kalam]]
[[eo:Abdul Kalam]]
[[es:Abdul Kalam]]
[[et:Abdul Kalam]]
[[fi:A. P. J. Abdul Kalam]]
[[fr:Avul Pakir Jainulabdeen Abdul Kalam]]
[[gl:Abdul Kalam]]
[[gu:અબ્દુલ કલામ]]
[[he:עבדול קאלאם]]
[[hi:अब्दुल कलाम]]
[[id:Abdul Kalam]]
[[it:Abdul Kalam]]
[[ja:アブドゥル・カラーム]]
[[ka:აბდულ ქალამი]]
[[kn:ಅಬ್ದುಲ್ ಕಲಾಮ್]]
[[lt:Avul Pakir Jainulabdeen Abdul Kalam]]
[[ml:എ.പി.ജെ. അബ്ദുൽ കലാം]]
[[mr:ए.पी.जे. अब्दुल कलाम]]
[[ms:Abdul Kalam]]
[[ne:अब्दुल कलाम]]
[[nl:Abdul Kalam]]
[[no:Abdul Kalam]]
[[or:ଏ.ପି.ଜେ. ଅବଦୁଲ କଲାମ]]
[[pl:A.P.J. Abdul Kalam]]
[[pnb:عبدالکلام]]
[[ps:عبدالکلام]]
[[pt:A. P. J. Abdul Kalam]]
[[ru:Калам, Абдул]]
[[sa:ए.पी.जे.अब्दुल् कलामः]]
[[simple:A. P. J. Abdul Kalam]]
[[sk:Avul Pakir Jainulabdeen Abdul Kalam]]
[[sv:Abdul Kalam]]
[[ta:ஆ. ப. ஜெ. அப்துல் கலாம்]]
[[te:ఏ.పి.జె. అబ్దుల్ కలామ్]]
[[th:อับดุล กลาม]]
[[tr:Abdul Kalam]]
[[uk:Абдул Калам]]
[[ur:عبد الکلام]]
[[yo:A. P. J. Abdul Kalam]]
[[zh:阿卜杜尔·卡拉姆]]

އެންމެ ފަހުން ގެނެވުނު ބަދަލު 20:52, 4 އެޕްރީލް 2013

ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް

އޭ ޕީ ޖޭ ޢަބްދުލްކަލާމް އަކީ އިންޑިޔާގެ ކުރީގެ ރައީސް އެވެ. އިންޑިޔާގެ އެގާރަވަނަ ރައީސް (25 ޖުލައި 2002 އިން 25 ޖުލައި 2007 އަށް)، އަވުލް ޕަކީރް ޖައިނުލާބްދީން އަބްދުލް ކަލާމް ނުވަތަ ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، އިންޑިޔާގެ ޓެމިލްނާޑޫ އިސްޓޭޓުގެ ރާމޭޝްވަރަމްގައެވެ. ޑރ. ކަލާމް އުފަންވެ ވަޑައިގަތް ގެ ހުންނަނީ ރާމޭޝްވަރަމުގެ މޮސްކް ސްޓްރީޓްގައެވެ. އިންޑިޔާގެ ރައީސް ކަމުގެ މަޤާމުގައި ޑރ. ޢަބްދުލްކަލާމް ހުންނެވި ދުވަސްވަރު އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ރައްޔިތުންގެ ރައީސްގެ ނަމުންނެވެ. އިންޑިޔާގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރީގައި ޑރ. ޢަބްދުލްކަލާމް މަސައްކަތް ކުރައްވާފައިވަނީ އެރެނޮޓިކަލް އިންޖިނިއަރެއްގެ ގޮތުގައެވެ. ޕްރޮފެޝަނެއްގެ ގޮތުން އޭރޯސްޕޭސް އިންޖިނިއަރިންއަށް ޚާއްޞަވެ ވަޑައިގެންފައިވާ ޑރ. ޢަބްދުލްކަލާމަކީ “މިސައިލް މޭން އޮފް އިންޑިޔާ” އެވެ. އިންޑިޔާގެ ބެލިސްޓިކް މިސައިލާއި ސްޕޭސް ރޮކެޓް ޓެކްނޮލޮޖީގެ ޙަޤީޤީ ބާނީއަކީ ޑރ. ޢަބްދުލްކަލާމެވެ. މުޅި އިންޑިޔާގައި ވެސް ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ރައީސެއްގެ ގޮތުންނާއި ކުޅަދާނަ އިންޖިނޭރެއްގެ ގޮތުންނާއި މޮޅު ސައިންސްވެރިއެއްގެ ގޮތުން ޑރ. ޢަބްދުލްކަލާމަކީ ވަރަށް ބޮޑަށް އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 1998 ވަނަ އަހަރު އިންޑިޔާގައި ކުރި ނިއުކްލިޔަރ ޓެސްޓުގައި އެންމެ މައިގަނޑު އިންތިޒާމީ، ޓެކްނިކަލް، އަދި ސިޔާސީ ދައުރެއް އަދާ ކުރެއްވި ބޭފުޅަކީ ޑރ. ޢަބްދުލްކަލާމްއެވެ. ޗެންނާއީގެ އަންނާ ޔުނިވަރސިޓީގައި ޕްރޮފެސަރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާ ޑރ. ޢަބްދުލްކަލާމް ވަރަށް ގިނަ ޢިލްމީ ލެކްޗަރުތައް ދެއްވަމުން ގެންދަވައެވެ. 27 ޖަނަވަރީ 2009 ގައި އިންޑިޔާގެ ކުރީގެ ރައީސެއް ކަމުގައިވާ ރ. ވެންކަޓަރާމަން އަވަހާރަވުމުން، ކުރީގެ ރައީސޭ ކިޔާފައި އިންޑިޔާގައި މުޚާޠަބް ކުރެވޭނެ ހަމައެކަނި ބޭފުޅަކަށް ހުންނެވީ ވެސް ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމްއެވެ. ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމްގެ ބައްޕާފުޅަކީ ވަރަށް ދީންވެރި މުސްލިމެކެވެ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމްގެ ބައްޕާފުޅަކީ އޮޑިވެރިއެކެވެ. މަސްވެރިންނަށް އޮޑިފަހަރު ކުއްޔަށް ދެއްވި ބޭފުޅެކެވެ. ޑރ. ކަލާމްގެ ބައްޕާފުޅަކީ ރާމޭޝްވަރަމުގައި ތިއްބެވި ހިންދޫ ދީނުގެ އިސް މީހުންނާއި އިސްކޫލުތަކުގެ މުދައްރިސުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ބޭފުޅެކެވެ. ޑރ. ކަލާމް، އަމިއްލަފުޅު ޙަޔާތުނާމާގައި ލިޔުއްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ ކިޔަވައިވިދާޅުވުމުގެ ކަންތައްތައް ހަމަޖެއްސެވުމަށް ބޭނުންވާ މާލީ ޤާބިލުކަން ހޯއްދެވުމުގެ ގޮތުން، ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި އަދާ ކުރައްވާފައިވަނީ ނޫސްވިއްކާ މީހެއްގެ ވަޒީފާއެވެ. ޑރ. ކަލާމަކީ ތިިރުއްކުރަޅްގެ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ކޮންމެ ތަޤްރީރެއްގައި ވެސް އެންމެ މަދުވެގެން އެއް ކުރަޅް ކިޔުއްވައެވެ. ޑރ. ކަލާމްވަނީ އެތައް ފޮތެއް ލިޔުއްވާފައެވެ. މީގެ އިތުރުން ތަމަޅަ ބަހުން ޅެން ވެސް ހައްދަވާފައިވެއެވެ. ޑރ. ކަލާމް ލިޔުއްވާފައިވާ ފޮތްތައް ކޮރެއާ ބަހަށް ތަރުޖަމާކޮށްގެން، ވަރަށް ބޮޑު ޝައުޢުވެރިކަމަކާއެކު ދެކުނު ކޮރެއާ މީހުން ގެންގުޅޭ ކަމީ ވެސް ޑރ. ކަލާމުގެ ޢިލްމީ ގަލަންކޮޅުން އެކުލަވާލައްވާފައިވާ ޢިބާރާތްތަކަށް ސަމާލުކަން ދެނީ ހަމަ އެކަނި އެމަނިކުފާނުގެ އުފަން ޤައުމުކަމުގައިވާ އިންޑިޔާގައި އެކަނި ނޫންކަން ދައްކައިދޭ ހެތްކެކެވެ. ދުނިޔޭގެ ތަފާތު 30 ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން ލިބިވަޑައިގެންފައިވާ ޑރ. ކަލާމް ވެ ވަޑައިގެންފައިވަނީ އޭޝިޔާގެ ބޭފުޅަކަށް އެންމެ ފުރަތަމައަށް ހޫވަރ މެޑަލް ލިބިވަޑައިގަތް ވެސް ބޭފުޅާއަށެވެ. 29 އެޕްރީލް 2009 ގައި ޑރ. ކަލާމަށް ލިބިވަޑައިގަތް ހޫވަރ މެޑަލްއަކީ އެމެރިކާގައި އިންޖިނިއަރިންގެ ރޮނގުން ދެވޭ އެންމެ މަތީ މެޑެއްޔެވެ. 15 ސެޕްޓެންބަރު 2009 ގައި ޑރ. ކަލާމަށް ވަނީ އިންޓަނޭޝަނަލް ވޮން ކަރްމާން ވިންގްސް އެވަރޑް ވެސް ލިބިވަޑައިގެންފައެވެ. އިންޑިޔާގެ ސަރުކާރުން ވަނީ އެ ޤައުމުގައި ދެވޭ އެންމެ މަތިވެރި ޝަރަފުތައް ޑރ. ކަލާމަށް ދީފައެވެ. މި ގޮތުން 1981 ވަނަ އަހަރު ޑރ. ކަލާމަށް ވަނީ ޕަދްމާ ބޫޝާންގެ ޝަރަފް ލިބިވަޑައިގެންފައެވެ. 1990 ވަނަ އަހަރުވަނީ ޕަދްމާ ވިބޫޝާން ލިބިވަޑައިގެންފައެވެ. 1997 ވަނަ އަހަރު ވަނީ ބާހރަ^ް ރަ^ްނަ ގެ ޝަރަފް ލިބިވަޑައިގެންފައެވެ. ޑރ. ކަލާމަކީ އިންޑިޔާގެ ރައީސްކަމުގެ މަޤާމު ލިބިވަޑައިގަތުމުގެ ކުރީގައި ބާހރަ^ް ރަ^ްނަ ގެ ޝަރަފު ލިބިވަޑައިގަތް ތިން ރައީސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިފަދަ އަނެއް ދެ ރައީސުންނަކީ ސަރްވެޕައްލި ރާދާކްރިޝްނަން އާއި ޒާކިރު ޙުސައިންއެވެ. ހަމައެހެންމެ މީހަކާ ކައިވެނި ބައްލަވައި ނުގަންނަވާ ބޭފުޅަކަށް އަދި ސައިންސްވެރިޔަކަށް، އެންމެ ފުރަތަމައަށް އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝް^ްރަޕަތީ ބަހވަން އަށް ރައީސެއްގެ ގޮތުގައި ވެދެވަޑައިގަތީ ވެސް އަދި މިހާތަނަށް ވެސް އެއްވެސް ބޭފުޅަކާ ކައިވެނީގެ ގޮތުން ގުޅިވަޑައިގެން ނެތް ޑރ. ޢަބްދުލްކަލާމްއެވެ. ޑރ. ކަލާމް ދުވަހަކު ވެސް ކައިވެންޏެއް ނުކުރައްވައެވެ.