ޙުސައިން ޝަހީދު
އަލްއުސްތާޛު ޙުސައިން ޝަހީދު | |
|---|---|
ޙުސައިން ޝަހީދު، 2025 | |
| ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 19 މާރިޗު 2025 | |
| ނަން ހުށައެޅީ | މުޙައްމަދު މުޢިއްޒު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރު | |
މަޤާމުގައި 30 އޮކްޓޫބަރު 2023 – 19 މާރިޗު 2025 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙު މުޙައްމަދު މުޢިއްޒު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 24 ޖުލައި 2018 – 30 އޮކްޓޫބަރު 2023 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިބްރާހީމް މުޙައްމަދު ޞާލިޙު |
| ފަހުން ވަޑައިގަތީ | އަލްއުސްތާޛު މުޙައްމަދު ފައިޞަލް (ވަގުތީ ގޮތުން) |
| އުފަންވީ | ސ. ހިތަދޫ، ދިވެހިރާއްޖެ |
| ތަޢުލީމް | ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާ |
| މަތީތަޢުލީމު | އަލްއަޒްހަރު ޔުނިވަރސިޓީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ |
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަޤާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަޤާމު ފުރުއްވައިފައެވެ. އެ މަނިކުފާނު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.
2022 ނޮވެންބަރު 18ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަލްއުސްތާޛު ޙުސައިން ޝަހީދު އަދާކުރެއްވިއެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް 2023 އޮކްޓޫބަރު 30ވަނަ ދުވަހު އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރެއްވިއެވެ.
2025 މާރިޗު 19ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޙުސައިން ޝަހީދަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.