ޙުސައިން ޙިލްމީ ދީދީ
Appearance
ޙުސައިން ޙިލްމީ ދީދީ އަކީ ކަކާގޭ ސުމުއްވުލް އަމީރު ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ އައްނަބީލް އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު (ކަކާގޭ އިސްމާޢީލްދީދީ) ގެ ދަރިކަލެކެވެ. މަންމައަކީ މަލިކު ސެރިއްކަލް(ރާގޯތި) މުޙައްމަދު މާލިމީގެ އާމިނާ މަނިކެ (ކަކާގޭ މަލިކު އާމިނާދީދީ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1893މ ވަނަ އަހަރުގައެވެ. ޙުސައިން ޙިލްމީ ދީދީ އަކީ އިގިރޭސި، އަދި ދިވެހި ބަހުގެ މޮޅު ބަސްމޮށުންތެރި އެކެވެ. ލިޔުންތެރިކަމާއި އުފެއްދުންތެރި އެކެވެ. ކުޅަދާނަ މޮޅު ނުފޫޒުގަދަ ބޭފުޅެކެވެ. މޮޅު ފޮޓޯގްރާފަރެކެވެ. އުރުދޫ، އަރަބި، އިގިރޭސި، ސިންގަޅަ . ތަމަޅަ ދެނެލައްވައެވެ.
މަގާމްތައް
[އުނިއިތުރު ގެންނަވާ]- 30 ނޮވެމްބަރު 1935 – ސިލޯނުގައި ހުންނަވާ ދިވެހި ސަފީރުކަން
- 29 ޝައްވާލް 1349ހ : ފުރަތަމަ ގާނޫނު އަސާސީ އުފެއްދި މަޖުލީހުގެ މެންބަރުކަން
ބޭފުޅުން
[އުނިއިތުރު ގެންނަވާ]- އަންވަރު ޙިލްމީ (އެއްގަމުގޭ އަޙުމަދު ހަކުރާމަނިކުފާނުގެ މާރަންދޫގޭ ޢާއިޝާ ބަނޑުފުޅުން)
- ޝަމުސުއްދީން ޙިލްމީ (މުޙައްމަދު ޝަމްސުއްދީން(3)ގެ ތިއްތިގޮމާގެ ބަނޑުފުޅުން)
- ފާޠިމަތު ޙިލްމީ (ގިނިރާހި ދޮންތުއްތުގެ އާމިނާދީދީގެ ބަނޑުފުޅުން)
ޙުސައިން ޙިލްމީ އަވަހާރަވީ 25 ނޮވެމްބަރު 1945މ (19 ޛުލްޙައްޖާ 1364ހ) ވީ އާދީއްތަ ދުވަހު ކޮޅުބުގައެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006