Jump to content

ޙަސަން އަޙުމަދު މަނިކު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްފާޟިލް ޙަސަން އަޙުމަދު މަނިކު މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރެކެވެ.

ފުރިހަމަ ނަން : އަލްފާޟިލް ޙަސަން އަޙުމަދު މަނިކު ( ކޮލި ޙަސަން މަނިކު ) ބައްޕަ: ކޮލިގޭ އަޙުމަދު މަނިކު ( ކޮލިގޭ ދޮށީ ހުއްތު ) މަންމަ: މަރިޔަމް މަނިކެ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ : 18 ޖުލައި 1944މ (26 ރަޖަބު 1363ހ )

އަލްފާޟިލް ޙަސަން އަޙުމަދު މަނިކު ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީ މާފަންނު އަވަށު މަދަރުސާ މަދަރުސަތުއް ޞަލާޙިއްޔާ އިންނާއި، މަދަރުސަތުލް މަޖީދިއްޔާ އިންނެވެ. ޖީސީއީ ނެންގެވީ ސިލޯނުގެ ކެންޑީގައި ހުންނަ ޓްރެނެޓީ ކޮލެޖުންނެވެ. އަދި އިތުރު ކޯސްތަކާއި ފެކަލްޓީތަކުން މަޢުލޫމާތު ނެންގެވި އެވެ. ދިވެހި ބަހުގެ އެވޭލާ އަކުރު އަދި ދިވެސް އަކުރު ދެނެވަޑައިގަންނަވައެވެ. ދިވެހި ބަހުގެ ލިޔުންތެރި އެކެވެ. އިގިރޭސި، ސިންހަޅަ، ތަމަޅަ ބަހުން ވާހަކަ ދައްކަވާ ލިޔެ ހައްދަވައެވެ. ގިނަ ފޮތްތަކެއް ތަޞްނީފު ކުރެއްވި ތާރީޚީ ލިޔުންތެރި އެކެވެ. ވަރަށް ހުސިޔާރު އަބުރުވެރި ދީލަތި ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް

[އުނިއިތުރު ގެންނަވާ]
  • 1978 : ސެކެޓްރީ – ވުޒާރަތުއް ޞިއްޙާ
  • 1983 : ރައީސް – މާލޭ މުނިސިޕަލްޓީ
  • 1979 : ޑިރެކްޓަރ – ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ
  • 1988 : ޑިރެކްޓަރ – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • 1984 : ރައްޔިތުން މަޖުލީހުގެ މެންބަރުކަން

އަލްފާޟިލް ޙަސަން އަޙުމަދު މަނިކު އަވަހާރަވީ 28 ނޮވެމްބަރު 2001 ގައި (2 ޝައްވާލް 1422 ) ސިލޯނުގައެވެ.

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006