ޕެލިސްޓަރ ހޯލް ސިންޑްރޯމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕެލިސްޓަރ ހޯލް ސިންޑްރޯމް(އިނގިރޭސި ބަހުން: Pallister Hall syndrome ) އަކީ އުފަންވާއިރު ވާރުތަވެފައި ހުންނަ ވަރަށް ނާދިރު ޢައިބެކެވެ. ބަލީގެ އަލާމާތްތަކާއި ނިޝާންތައް އެކަކު އަނެކަކާއި ވަރަށް ބޮޑަށް ތަފާތު ހުންނަކަން ވެސް ފާހަގަ ކުރެވެއެވެ.

ބައްޔަށްކިޔާ އެހެނިހެން ނަންތައް[އުނިއިތުރު ގެންނަވާ]

  • ހޯލް ޕެލިސްޓަރ ސިންޑްރޯމް
  • ކަންޖެނިޓަލް ހައިޕޯތަލަމިކް ހެމަރޓޯބްލާސްޓޯމާ ސިންޑްރޯމް
  • ސެރެބްރޯ-އެކްރޯ-ވިސެރަލް-ވިސެރަލް އާރލީ ލިތަލިޓީ

ޕެލިސްޓަރ ހޯލް ސިންޑްރޯމް އަކީ އުފަންވާއިރު ވާރުތަވެފައި ހުންނަ ވަރަށް ނާދިރު ޢައިބެކެވެ. ބަލީގެ އަލާމާތްތަކާއި ނިޝާންތައް އެކަކު އަނެކަކާއި ވަރަށް ބޮޑަށް ތަފާތު ހުންނަކަން ވެސް ފާހަގަ ކުރެވެއެވެ.

ޕެލިސްޓަރ ހޯލް ސިންޑްރޯމް ޖެހިފައި ހުންނަ މީހުންގެ ކިބައިން ފާހަގަކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ، ހައިޕޯތަލަމަސްް ރަގަޅަށް އުފެދިފައިނެތުން، ޕިޓޫއިޓަރީ ގްލޭންޑް ގެ މަސައްކަތް ދަށްވުން، އަތްފައިގައި އިތުރު އިގިލި ހުރުން، އެޕިގްލޮޓިސް ޣައިރު ޠަބީޢީ ގޮތެއްގައި ބައިވެފައިހުރުން، ފުރަގަސް ފަރާތު ދޮރު ރަގަޅަށް އުފެދިފައިނެތުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ޕެލިސްޓަރ ހޯލް ސިންޑްރޯމް ޖެހެނީ އޮޓޯސޯމަލް ޑޮމިނެންޓް ޓްރޭޓް އެއްގެ ގޮތުގައެވެ.