ޕެނަޑޯލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕެނަޑޯލް/ޕެރަސިޓަމޯލް

ޕެރަސެޓަމޯލް (އެސިޓަމިނޮފެން) ނުވަތަ ޕެނަޑޯލް އަކީ އާދައިގެ ހުން އާދައިގެ ބޮލުގައިރިހުން އަދި މިކަމާއިގުޅިގެން އުފެދޭ ގައިގައިރިއްސުމަށް ދެވޭ ފަރުވާއެކެވެ. އާދައިގެ ހުޅުހުޅުގައި ރިއްސުމާއި،ދަތުގައި ރިއްސުން، ކުޑަކޮށް ހުޅުދުޅަވުމުންވެސް ދުޅަ މަޑު ކުރުމާއި، ތަދުކެޑުވުމަށް މިބޭސްބޭނުންކުރެވެއެވެ.ސްޕަރމާޓްތަކާއި އާދައިގެ ފިހާރަތަކުންފަސޭހައިން ހެޔޮއަގުގައި ގަންނަން މިބޭސްލިބެންހުރެއެވެ.


1 ބޭސް ހުންނަ ވައްތަރުތަށް 2 ބޭހުގެ ބާރުމިން ބެހިފައިވާގޮތް 3 ބޭސްބޭނުންކުރުމުގެކުރިން ބަލަންޖެހޭ ކަންތައްތައް 4 ބޭސް ބޭނުން ކުރާނެގޮތް 5 ޙާއްސަ ސަމާލުކަން 6 އިންޒާރު


ބޭސް ހުންނަ ވައްތަރުތަށް[އުނިއިތުރު ގެންނަވާ]

  • 500 މގ ޕެނަޑޯލްގުޅަބޭހުގެ ގޮތަށް.
  • ކެޕްސޫލް ގޮތަށް.
  • ސަރުބަތު ގޮތަށް. (ކުޑަކުދިންނާއި މުސްކުޅިންނަށް)
  • ތިކިޖައްސާގޮތަށް. (ތުއްތު ކުދިންނަށް)
  • ފޫކޮޅަށްޖަހާ އުގުރިގޮތަށް(ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، ބޮޑުމީހުންނަށް)
  • ހަފައިގެންކާ މެޓާގޮތަށް. (ކުޑަކުދިންނަށް).
  • އިންޖެކްޝަންގެގޮތުގައި .

ބޭހުގެ ބާރުމިން ބެހިފައިވާގޮތް[އުނިއިތުރު ގެންނަވާ]

500 މިލްގްރާމް،375 މިލްގްރާމް އަދި 750 މިލްގްރާމްގެ ގުޅަ ނުވަތަ ކެޕްސޫލް ގަންނަން ލިބެންހުރެއެވެ. 120 މިލްގްރާމްގެ އޮރެންޖް ރަހަލާގޮތަށް ހަފައިގެންކާގޮތަށް ހުންނަ ގުޅަބޭ ލިބެންހުރެއެވެ. ދިޔާބޭހުގެގޮތުގައި 60އެމްއެލް،120އެމްއެލް ގެފުޅި ލިބެންހުރެއެވެ.ކޮންމެ 5އެމްއެލްގައި 120މިލްގްރާމް(އެސިޓަމިނޮފެން)ބޭހުގެ ގޮތުގައި ހުރެއެވެ. މަސްގަނޑަށްޖަހާ އިންޖެކްޝަންގެ ގޮތުގައި150މިލްގްރާމް/1އެމްލްގައި .

ބޭސްބޭނުންކުރުމުގެކުރިން ބަލަންޖެހޭ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ކުރިން މިބޭސްބޭނުންފުޅު ކުރުމުން ގައިގެ ހަމުގައި ބިހިނަގާ ކަހާގޮތްވޭތޯ؟.މިހެންވާނަމަ ބޭސް ކެއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯއްދަވާ! މާބަނޑު އަންހެނުން މިބޭސް ބޭނުންކުރުމުން މައިމީހާއަށާއި، ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއްވާކަމަށް އަދި މިހާތަނަށް ހޯދިފައެއްނުވެއެވެ. އެކަމަކު މާބަނޑު އަންހެނަކުނަމަ މިބޭސްބޭނުން ކުރުމުގެކުރިން ޑޮކްޓަރގެ ލަފާހޯއްދަވާ! ޅަދަރިފުޅަށް ކިރުދޭމައިން މިބޭސްބޭނުންކޮށްފައިވާނަމަ ކިރުގެ ތެރެއިގައި ބޭހުގެ އަސަރު ކުޑަކޮށްހުރެއެވެ. އެކަމަކު ދަރިފުޅަށް ކިރުދިނުމުން ދަރިފުޅަށް އެއްވެސް ގެއްލުމެއްވާކަމަށް އަދި ހޯދިފައެއްނުވެއެވެ. މިބޭހާއި އެކީގައި އެހެންބޭހެއް ބޭނުންފުޅު ކުރައްވައިފިނަމަ ބައެއްފަހަރަށް ގައިގައި ފިއްނަގާ ހިރުވާކަން ވަރަށްމަދުން މިބޭސް އުފެއްދިފަރާތަށް ރިޕޯޓްކުރެވިފައިވެއެވެ.

ބޭސް ބޭނުން ކުރާނެގޮތް[އުނިއިތުރު ގެންނަވާ]

  • ބޮޑުމީހުންނާއި އުމުރުފުރާ ޢުމުރުގެ ކުދިންނަށް ބޭނުންކުރާނީ ގުޅަބޭހާއި ކެޕްސޫލް އެވެ.ކޮންމެ 24 ގަޑިއިރަކު 4ފަހަރު 500 ނުވަތަ 750 މިލްގްރާމްގެ ގުޅައެއް 1ތަށި ފެނާއެކީ ދިރުވާލައްވާ.
  • 24 ގަޑިއިރުގެ ތެރޭގައި 4000 މިލްގްރާމް އަށްވުރެންއިތުރު ވެއްޖެނަމަ އޯވަރ ޑޯސްވާނެ.
  • ކުޑަކުދިންގެ ޢުމުރު 4އަހަރާ 10އަހަރާ ދޭތެރޭ ކޮންމެ 24 ގަޑިއިރަކު 4ފަހަރު 1ސައިސަމްސާ (5އެމްއެލް/20މިލްގްރާމް) ގެބޭސް ބޯންދެއްވާ.
  • ޅަކުދިން 1އަހަރާ 3އަހަރާ ދޭތެރެ ކޮންމެ 24 ގަޑިއިރަކު 4ފަހަރު 2/1ސައިސަމްސާ (2.5އެމްއެލް/60މިލްގްރާމް) ގެބޭސް ބޯންދެއްވާ.
  • ތުއްތު ކުދިން 3-1 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 4-6ކިލޯހުންނަނަމަ 0.6-0.9 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 3-6 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 6-8ކިލޯހުންނަނަމަ 0.9-1.2 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 6-12 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 8-10ކިލޯހުންނަނަމަ 1.5-1.8 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 3-6 މަހުގެ ކުދިންނަށް ކޮންމެ 24 ގަޑިއިރަކު 4ފަހަރު 1 އުގުރި ފުރަގަސްފަރާތަށް ޖައްސަވާ.
  • ކުޑަކުދިން ޢުމުރު 4-5 އަހަރުގެ ކުދިންނަށް ކޮންމެ 24 ގަޑިއިރަކު 4ފަހަރު 2 އުގުރި ފުރަގަސްފަރާތަށް ޖައްސަވާ.

ޙާއްސަ ސަމާލުކަން[އުނިއިތުރު ގެންނަވާ]

ފޫކޮޅަށްޖަހާ އުގުރި (ސަޕޯސިޓަރީ) ބޭނުންކުރަނީ ހުންއައިސް ހޮޑުލެވޭ ކުދިންނަށް އަގައިން ބޭސް ނުދެވޭނަމައެވެ. 6 މަހުންދަށުގެ ކުދިންނަށް ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ. ފުރަމޭ (ލިވަރ)ގެ ބައްޔެއް ހުރިނަމަ ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ. ގުރުދާ(ކިޑްނީ)ގެބަލީގެ މީހުން ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ. އަދި މިނޫނަސް މިބޭސް ބޭންބެއްލެވުމުން އާދަޔާ ޚިލާފު ގޮތްވާކަމަށް ތަޖުރިބާ ކުރެވިފައިވާ މީހުން މިބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރގެ ލަފާހޯއްދަވާ. ހުސްގޮހޮރާހުރެ މިބޭސް ބޭނުންފުޅު ނުކުރައްވާ.

އިންޒާރު[އުނިއިތުރު ގެންނަވާ]