ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) (އިނގިރޭސި: People's National Congress) އަކީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީއެކެވެ. އަދި މިއީ މިހާރު ދިވެހިރާއްޖޭގައި ވެރިކަންކުރާ މައި ޕާޓީ ވެސް މެއެވެ. ޕީއެންސީގެ މިހާރުގެ ރައީސަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕާޓީގެ ޗެއަރޕާސަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި މިހާރު ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
މި ޕާޓީ އުފެދުނީއްސުރެ 2025ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލުމާ ހަމައަށް މަސައްކަތްކޮށްފައިވަނީ އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންނެވެ. 2019ވަނަ އަހަރު މި ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށްފައިވެއެވެ. އެ އިންތިޚާބުގައި ޕީއެންސީން ވަނީ 3 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ މާވަށު ދާއިރާގެ ގޮނޑިއާއި، މަޑުއްވަރީ ދާއިރާގެ ގޮނޑިއާއި، ފެލިދޫ ދާއިރާގެ ގޮނޑިއެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ އިންތިޚާބުގެ ދެ ބުރު ވެސް މި ޕާޓީން ކާމިޔާބުކޮށްފައިވެއެވެ. މީގެއިތުރުން 2024ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީއެންސީން ހޯދައިފައިވެއެވެ.
އިންތިޚާބުތަކުގެ ނަތީޖާ
[އުނިއިތުރު ގެންނަވާ]ރިޔާސީ އިންތިޚާބު
[އުނިއިތުރު ގެންނަވާ]| އިންތިޚާބު | ޕާޓީގެ ކެންޑިޑޭޓު | ރަނިންގ މޭޓު | ލިބުނު ވޯޓުގެ ޢަދަދު | % | ލިބުނު ވޯޓުގެ ޢަދަދު | % | ނަތީޖާ |
|---|---|---|---|---|---|---|---|
| ފުރަތަމަ ބުރު | ދެވަނަ ބުރު | ||||||
| 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު | ޑރ. މުޙައްމަދު މުޢިއްޒު | ޙުސައިން މުޙައްމަދު ލަޠީފް | 101,635 | 46.06% | 128,929 | 54.06% | ހޮވިފައި |
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
[އުނިއިތުރު ގެންނަވާ]| އަހަރު | ޕާޓީގެ ލީޑަރު | ލިބުނު ވޯޓުގެ ޢަދަދު | % | ކާމިޔާބުކުރި ގޮނޑީގެ އަދަދު | +/– |
|---|---|---|---|---|---|
| 2019 | ޢަބްދުއްރަޙީމް ޢަބްދުﷲ | 13,931 | 6.63 | 87 ގޮނޑީގެ ތެރެއިން 3 ގޮނޑި | ވާދަކުރީ އަލަށް |
| 2024 | ޑރ. މުޙައްމަދު މުޢިއްޒު | 101,120 | 48.06 | 93 ގޮނޑީގެ ތެރެއިން 66 ގޮނޑި |
ޕާޓީގެ ލީޑަރުން
[އުނިއިތުރު ގެންނަވާ]| ޕާޓީގެ ލީޑަރު | މުއްދަތު | މަޤާމު | ކުރީން ހުންނެވީ | ފަހުން ވަޑައިގަތީ | |
|---|---|---|---|---|---|
| ޢަބްދުއްރަޙީމް ޢަބްދުﷲ | 2019-2023 | ރައީސް | މަޤާމު އުފެދުން | ޑރ. މުޙައްމަދު މުޢިއްޒު | |
| ޑރ. މުޙައްމަދު މުޢިއްޒު | 2023އިން ފެށިގެން | ރައީސް | ޢަބްދުއްރަޙީމް ޢަބްދުﷲ | ||
| ޙުސައިން މުޙައްމަދު ލަޠީފް | 2023އިން ފެށިގެން | ނާއިބު ރައީސް | (މި ޕާޓީގައި އެއް ނާއިބު ރައީސުންނަށް ވުރެ ގިނަ ނާއިބު ރައީސުން ތިއްބަވައެވެ.) | ||
| ޢަބްދުއްރަޙީމް ޢަބްދުﷲ | 2023އިން ފެށިގެން | ޗެއަރޕާސަން | މަޤާމު އުފެދުން | ||