ސުނާމީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވަސުސުނާމީ" މިލަފްޒަކީ، ޖަޕާން ބަހުން އުފެދިގެން އައިސްފައިވާ ލަފުޒެކެވެ. ޖަޕާންބަހުން، ބަނދަރުގައި ހިނގާ ރާޅަށް ނިސްބަތްކޮށް ބުނެއުޅޭ ލަފުޒެކެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ އެވެ.  އެއީ އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީއެކެވެ.

މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ.