Jump to content

ސިވލް އިންޖިނިއަރިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިވިލް އިންޖިނިއަރިންއަކީ، އިންޖިނިއަރިން ގޮފިތަކުގެ ތެރެއިން ވަރަށް ފާހަގަ ކޮއްލެވޭ ބައެކެވެ. މިގޮފީގެ މައިގަޑު ބޭނުންތަކުގެ ތެރޭގައި، އިމާރާތް ޑިޒައިން ކުރުމާއި، އިމާރާތް ބިނާކުރުމާއި، ގުދުރަތީގޮތުން އުފެދިފައިވާ އަދި އިންސާނުން ހަދާފަ ތަންތަން ހިމާޔަތް ކުރުމާއި، އަދިވެސް މަގު، ބްރިޖް، ކޯރު، ޑޭމް(ފެން ރައްކާކުރުމަށް ބިނާކުރާ ބިޔަ ފާރެއް)ފަދަތަންތަން ހިމެނެއެވެ. ސިވިލް އިންޖިނިއަރިން އަކީ އިންޖިނިއަރިންގެ ގޮފިތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއްގޮތްޕެވެ. (އެންމެ ދުވަސް ވެފައިވަނީ އަސްކަރީ އިންޖިނިއަރިންގްއެވެ.) ސިވިލް އިންޖިނިއަރިންއަކީ ވަރަށް ބިޔަ މާއްދާއަކަށް ވުމުން، މިގޮފި ވަނީ ވަރަށް ގިނަ ބައިބަޔައް ބެހިފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ އިންޖިނިއަރިން، ބިމުގެސަރަހައާއި ބެހޭ އިންޖިނިއަރިން، އިމާރާތުގެ ސްޓްރަކްޗާއާއި ބެހޭ އިންޖިނިއަރިން، ދަތުރުފަތުރު ކުރުމާއި ބެހޭ އިންޖިނިއަރިން، ފެނުގެ ވަސީލަތްތަކާބެހޭ އިންޖިނިއަރިން، ބަދަރުމަތި ނުވަތަ ކަޑުގެސަރަހައްދުގެ އިންޖިނިއަރިން އަދި މިނޫނަސް ވަރަށް ގިނަ ގޮފިތަކެއް ހިމެނެއެވެ.