ސިކުނޑީގެ ކެންސަރު
ސިކުނޑީ ކެންސަރު (އިނގިރޭސި ބަހުން: Brain Tumour) ނުވަތަ ސިކުނޑިއަށް ޖެހޭ ކެންސަރަށް އާންމު ގޮތެއްގައި ކިޔާ އުޅެނީ ބްރޭން ޓިއުމަރު ނުވަތަ ސިކުނޑީގައި ގަނޑު(ޓިއުމަރު) އުފެދުން އެވެ. ސިކުނޑީގެ ސެލްތައް ނުވަތަ ނިއުރޯން އަކީ އެއިން ސެލްއަކަށް ގެއްލުމެއް ލިބިއްޖެނަމަ، އޭގެ ބަދަލުގައި އިތުރު ސެލްއެއް އުފެއްދުމުގެ ފުރުޞަތު ލިބިފައިވާ ސެލްތަކެއް ނޫނެވެ. ނަމަވެސް މިސެލްތަކަށް ސަޕޯޓްދޭ ގްލައިއަލް ފައިބްރޯ ސައިޓް ފަދަ ސެލްތަކަކީ އޭގެތެރެއިން ހަލާކުވާ ސެލްތަކުގެ ބަދަލުގައި އެހެން ސެލްތައް އުފެދެމުންދާ ސެލްތަކެކެވެ. އެހެންކަމުން ސިކުނޑީގެ ކެންސަރު ޖެހެނީ މިބާވަތުގެ ސެލްތަކަށެވެ. ސިކުނޑީގެ ކެންސަރު އުފެދެން ގިނަފަހަރު ދިމާވަނީ ހަށިގަނޑުގެ އެހެން ކޮންމެވެސް ތަނެއްގައި ޓިއުމަރު އުފެދި، އެތަނުން ބޭރުވެގެންދާ ކެންސަރު ސެލްތައް ސިކުނޑިއަށް ދަތުރުކުރުމުންނެވެ.
ސަބަބު
[އުނިއިތުރު ގެންނަވާ]ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]- ބޮލުގައި ރިހުން
- ކާހިތްނުވުން
- ހޮނޑުލުން
- މޫޑު ބަދަލުވުމާއި މިޒާޖުބަދަލުވުން
- ފެނުމާއި، އިވުމާއި، ވަސްދުވުމަށް ބަދަލުއައުން
- ފިޓްޖެހުން ނުވަތަ ވާގިއެރުން
- ވާގިނެތުން
ފަރުވާ
[އުނިއިތުރު ގެންނަވާ]- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005